ރޭ ފަތިހު 4 ޖަހާކަށްހާއިރު މާފަންނުގައި ހުންނަ އޯކިޑް ޕްލާޒާގައި އަލިފާން ރޯވެއްޖެ އެވެ.
މީހުން ދިރިނޫޅޭތާ އަހަރުތަކެއް ވެފައިވާ އޯކިޑްޕްލާޒާގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާއިރު އަދިވެސް ދުމުގެ އަސަރު އެބަހުއްޓެވެ. އެތަނަކީ ކުރިން ކުރީގެ ގައުމީ ޝިޕިން ކުންފުނި، އެމްއެންއެސްއެލްއިން ބަލަހައްޓަމުންދިޔަ ތަނެކެވެ.
ފަހަކަށް އައިސް މަގުމަތީގައި އުޅޭ ޒުވާނުން ވަދެނުކުމެ ހަދާ މި އިމާރާތަކީ ބޭނުން ނުކުރުމުގެ ސަބަބުން ވަރަށް ބޮޑަށް ބާވެފައިހުރި އިމާރާތެކެވެ.


