ގަވާއިދާ ހިލާފަށް ކާބޯތަކެތީގެ ވިޔަފާރި ކުރަމުންދިޔަ 22 ބިދޭސީއަކު ހުޅުމާލޭގެ 3 ބުރީގެ އިމާރާތަކުން ހައްޔަރުކޮށްފި. މިމީހުންނަށް އިތުރު ފުރުސަތެއް ނުދީ ޑީޕޯޓް ކޮށްލާނެ
808 ދުވަސް ކުރިން - 04:02
ބޮޑު ދެޕާޓީން ކޮމިޓީއަށް ހާޒިރުކުރުމުން އެމްޑީޕީން ބުނީ އަދަދު މަދުކުރަންވެސް އަދި މިހާރު ހުރި ވަރަށްވުރެ އިތުރު ނުކުރުމަށްވެސް ތާއީދު ކަމަށް. ޝުޖާ ވިދާޅުވީ ގާނޫނަށް އިސްލާހު ހުށަހަޅަން ޖެހޭ ކަމަށް. ފުޅާ މަޝްވަރާއަކަށްފަހު، ރައީސް އޮފީހުގެ ޕޮލިސީ ކޮމިޓީއާ އިލެކްޝަން އޮފީސް އަދި ކަމާ ގުުޅުންހުރި ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށް ގޮތެއް ނިންމާނެ
808 ދުވަސް ކުރިން - 00:30
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، މ. މުރައިދޫގެއަށް ބަދަލުވެވަޑައިގެންފި
808 ދުވަސް ކުރިން - 21:13
ތޯރިޤް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީގެ ޕާލިމަންޓް ގްރޫޕްގެ ޑެޕިއުޓީ ލީޑަރުކަމުން އިސްތިއުފާ ދެއްވީ، މި ވަގުތު އަމިއްލަ ކަންކަން ހުރި ގޮތުން އެ މަސްއޫލިއްޔަތު އަދާކުރުމަށް ވަގުތު ދެވެން ނެތުމުގެ ސަބަބުން ކަމަށް. އޭނާ އެ މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ މިއަދު.
808 ދުވަސް ކުރިން - 20:53
މިއަދުން ފެށިގެން މި މަހު 30 އަށް ކުރިއަށް ގެންދަވާ މި ދަތުރުފުޅުގައި، ލ. އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އަދި އެ ރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާ ބައްދަލުކުރައްވާނެ ކަމަށް ފުލުހުން މަޢުލޫމާތުދޭ.
808 ދުވަސް ކުރިން - 20:38
މި ޖުލައި މަހުގެ 15 އިން 20 އަށް ބެންކޮކްގައި ކުރިއަށް ގެންދިޔަ މި ކޯހުގައި، ތްރެޓް ޑިޓެކްޝަން، ރިސްކް މެނޭޖްމަންޓް، އެތިކަލް ހެކިންގ، އަދި އިންސިޑެންޓް ރެސްޕޮންސް ފަދަ ސައިބަރއާ ގުޅުންހުރި ތީމުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދޭ.
808 ދުވަސް ކުރިން - 19:49
ރައީސް އޮފީހުގެ ކުރީގެ ސީޓީއޯ ހާމިދު ޝަފީޢު އަވަހާރަވީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ހެނދުނު އިންޑިއާގަ
808 ދުވަސް ކުރިން - 19:27
ޑިވެލޮޕްމަންޓް ބޭންކް އުފެއްދުމުގެ ލައިސަންސަށް އެދި މިއަދު ހުށަހަޅައިފި. އަންނަ މަހު މި ބޭންކުގެ ޚިދުމަތް ދެވޭވަރު ވާނެ.
808 ދުވަސް ކުރިން - 18:53
ގަސްޓް މަސް ނިމުމުގެ ކުރިން ދިވެހިރާއްޖެއަށް އިންޑިއާ ރުޕޭ ކާޑުން ޚިދުމަތް ދެވޭނެ. ވީޗެޓް ޕޭ ގެ ޚިދުމަތް މިހާރު ދިވެހިރާއްޖޭގައި ލިބޭ. ފައިދާހުރި ފުރުސަތުތައް ހޯދުމަށް ޓިކްޓޮކްގެ ސަރަހައްދީ އޮފީސްތަކާ އެކު މަޝްވަރާތައް ކުރެވޭ. ޕޭޕަލް ވެސް ލަސްތަކެއް ނުވެ ލިބޭނެ
808 ދުވަސް ކުރިން - 18:25
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުސަތު، އަންނަ އޮގަސްޓު 1 ވާ ބުރާސްފަތި ދުވަހުން ފެށިގެން މިއަހަރުގެ ސެޕްޓެންބަރު މަހުގެ 16 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް ހުޅުވާލުމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ހަމަޖައްސަވައިފި.
808 ދުވަސް ކުރިން - 15:44
ރާއްޖޭގައި އުފެއްދުންތެރިންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި. މީގެ ސަބަބުން ރާއްޖެއިން ބޭރުގެ މާކެޓުތަކަށް އެކްސްޕޯޓު ކުރެވޭނެ އުފެއްދުންތައް ދެނެގަނެ، ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކަށް ވަދެފައިވާ ޤައުމުތަކަށް އެ އުފެއްދުންތައް އެކްސްޕޯޓުކުރުމަށް ހުރި ފުރުޞަތުތަކުގެ ބޭނުން ހިފުމަށް މަގުފަހިވެގެންދާނެ.
808 ދުވަސް ކުރިން - 15:14
މުޒާހަރާތަކުގައި ބައިވެރިވެ ވިސާއާއި ޚިލާފަށް އުޅޭ ބިދޭސީން ޑީޕޯޓުކޮށްލާނެ ކަމުގެ އިންޒާރު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ވަނީ ދީފައި. މިކަމާ ގުޅޭ ގޮތުން އެޗްއާރުސީއެމް އިން ބުނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގަކީ އައިސީސީޕީއާރްގެ 21 ވަނަ މާއްދާގެ ދަށުން ހުރިހާ ފަރާތްތަކަކަށް ލިބިގެންވާ ހައްގެއް ކަމަށް.
808 ދުވަސް ކުރިން - 14:57