ގަވާއިދާ ހިލާފަށް ކާބޯތަކެތީގެ ވިޔަފާރި ކުރަމުންދިޔަ 22 ބިދޭސީއަކު ހުޅުމާލޭގެ 3 ބުރީގެ އިމާރާތަކުން ހައްޔަރުކޮށްފިއެވެ.
ސޯޝަލްމީޑިއާއިން އާންމުކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް އިމިގްރޭޝަން ވޮޗުން އެތަނަށް ގޮސް އެމީހުން ގާނޫނީ އިމުގެ ތެރެއިން ހައްޔަރުކުރިއިރު އެމީހުންނަށް އިތުރު ފުރުސަތެއް ނުދީ ރާއްޖެއިން ފޮނުވާލާނެއެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ހަރުކަށިކަމާއެކު ގަވާއިދުތައް ތަންފީޒު ކުރާއިރު މި ދެތިންމަސްތެރޭ ސަތޭކައަށްވުރެ ގިނަ މީހުން ޑީޕޯޓް ކޮށްފައި ވެއެވެ.
ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން އިމިގްރޭޝަނުން ފާހަގަކުރެއެވެ.
ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް "އިމިގްރޭޝަންވޮޗް" ގެނަމުގައި ހާއްސާ ޕްލެޓްފޯމެއް ވަނީ ތައްޔާރު ކޮށްފައެވެ.



