ރާއްޖޭގައި ޤާއިމްކުރާ ޑިވެލޮޕްމަންޓް ބޭންކުގެ ލައިސަންސް ހޯދުމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ އަށް ހުށައަޅައިފި ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމުގެ މަގްސަދުގައި މީގެ ދެމަސް ކުރިން ވަނީ މިކަށްޓަކައި ސަރުކާރުގެ 100 ޕަސަންޓް ހިއްސާވާ ކުންފުނި އުފައްދަވާފައެވެ.

ސައީދު ވިދާޅުވީ ބޭންކްގެ ބޯޑަށް ރާއްޖެއިން ބޭރުގެ ފަންނީ ބޮޑެތި ބޭންކްތައް ހިންގާފައި ތިއްބެވި ބޭފުޅުންގެ ތެރެއިން 2 ބޭފުޅުން މިހާރު ނަގާފައިވާކަމަށާއި ބޭންކް ހިންގާނެ އިމާރާތް ތައްޔާރުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.