ތައިލެންޑް ރޯޔަލް ޕޮލިސް ކެޑޭޓް އެކަޑަމީން ކުރިއަށް ގެންދިޔަ ސައިބަރ ސެކިއުރިޓީ އެންޑް ސައިބަރ އިންވެސްޓިގޭޝަން ޓްރޭނިންގ ކޯހުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުން ބައިވެރިވެއްޖެއެވެ.
މި ޖުލައި މަހުގެ 15 އިން 20 އަށް ބެންކޮކްގައި ކުރިއަށް ގެންދިޔަ މި ކޯހުގައި، ތްރެޓް ޑިޓެކްޝަން، ރިސްކް މެނޭޖްމަންޓް، އެތިކަލް ހެކިންގ، އަދި އިންސިޑެންޓް ރެސްޕޮންސް ފަދަ ސައިބަރއާ ގުޅުންހުރި ތީމުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ފުލުހުން ބުނީ މި ޓްރެއިނިންގ ކޯހުގައި ސެންޓްރަލް އިންވެސްޓިގޭޝަންސް ކޮމާންޑް، މާލެ ޕޮލިސް، ހުޅުމާލެ ޕޮލިސް، ފޮރެންސިކް ސާވިސަސް، ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސް އަދި ފަސް ރީޖަންގެ އިންވެސްޓިގޭޝަން އޮފިސަރުންނާއި ޓެކްނިކަލް އޮފިސަރުން ހިމެނޭހެން 15 މުވައްޒަފަކު ބައިވެރިވެފައިވާ ކަމަށެވެ.
ރޯޔަލް ޕޮލިސް ކެޑޭޓް އެކަޑަމީން ދަނީ ދިވެހި ފުލުހުންނަށް ތަފާތު އެކި ކޯސްތަކާއި ތަމްރީން ޕްރޮގްރާމުތައް ހިންގަމުންނެވެ.



