ރައީސް އޮފީހުގެ ކުރީގެ ސީޓީއޯ ހާމިދު ޝަފީޢު އަވަހާރަވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ހާމިދު ޝަފީއު އަވަހާރަވީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ހެނދުނު އިންޑިއާގައެވެ.
ރައީސް އޮފީހުގެ ސީޓީއޯގެ މަގާމަށް ހާމިދު ޝަފީއު އައްޔަން ކުރެއްވީ 2019 ގައެވެ. އޭގެކުރިން 1998 އިން ފެށިގެން 2007ގެ ނިޔަލަށް ރައީސް އޮފީހުގެ އިންފޮމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމެންޓްގެ މެނޭޖާ ޓެކްނިލިކަން ސާވިސެސް ޔުނިިޓުގައި މަސައްކަތް ކުރެއްވިއެވެ.
ހާމިދު ޝަފީއު އަވަހާރަވުމާއި ގުޅިގެން ގިނަބަޔަކު ދަނީ ހަމްދަރުދީގެ މެސެޖުތައް ފޮނުވަމުންކަން ފާހަގަ ކުރެވެއެވެ.



