ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، މ. މުރައިދޫގެއަށް ބަދަލުވެވަޑައިގެންފި އެވެ.
މިދިޔަ މެއި މަހު 20 ވަނަ މަޖިލީހުގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތް، އަބްދުއްރަހީމް މީގެ ކުރިން ދިރިއުޅުއްވަމުން ގެންދެވީ އޭނާގެ އަމިއްލަ ގެކޮޅުގަ އެވެ.
މުރައިދޫގެއަކީ ދައުލަތުގެ ތިންބާރުގެ ވެރިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް 2021 ވަނަ އަހަރު މަޖިލީހުން ކަނޑައަޅާފައިވާ ގެކޮޅެވެ.


