ރައީސް މުޢިއްޒުގެ ވެރިކަމުގައި ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަދަދު ވަނީ ތާރީޚުގައި ނުދެކޭފަދަ މިންވަރަކަށް އިތުރުވެފަ.
771 ދުވަސް ކުރިން - 14:04
ރާއްޖޭގެ އެންމެ ބޮޑު ދަނޑުވެރިކަމުގެ މަޝްރޫޢު ހިންގާނީ ޗައިނާގެ ކުންފުންޏަކާ ގުޅިގެން، 250 މިލިއަން އެމެރިކާ ޑޮލަރުގެ މި މަޝްރޫޢުގެ ސަބަބުން ދިވެހި ދަނޑުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ސަރުކާރުން ބުނޭ.
771 ދުވަސް ކުރިން - 12:15
ބޮޑު ކަންނެލި މަސްވެރިކަން ރާއްޖޭގައި ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ސިޔާސަތަކީ އެކަމުގައި މަސައްކަތްކުރާ މަސްވެރިންގެ އަޑު އަހައިގެން ކުރިއަށް ދިއުން ކަމަށް ރައިީސް ވިދާޅުވި. ގެދޮރުވެރިކަމުގެ ދާއިރާގައި ސަރުކާރުން މިހާރު ކުރިއަށްގެންދާ އަދި ކުރިއަށް އޮތް ތަނުގައި ރާވާފައިވާ ކަންތައްތަކާ ގުޅޭގޮތުން އެ ޔޫނިއަންތަކުގެ ޚިޔާލާއި މަޝްވަރާ ހޯދާނެ.
771 ދުވަސް ކުރިން - 11:55
ރާއްޖެއާއި ތުރުކީއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓެއް (އެފްޓީއޭ) އެކުލަވާލައިފި. މި މަޢުލޫމާތު ހާމަކުރެއްވީ މިނިސްޓަރ އޮފް އެކެނޮމިކް ޑެވެލޮޕްމެންޓްގެ ވަޒީރު މުހައްމަދު ސައީދު. އެއްބަސްވުން ތުރުކީގެ މަޖިލީހުން ފާސްވުމަށްފަހު، 2025 ޖެނުއަރީގައި އަމަލުކުރަން ފެށޭނެ ކަމަށް ބެލެވޭ.
771 ދުވަސް ކުރިން - 23:47
ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ޖަލްސާގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވާހަކަފުޅު ދައްކަވަމުން، މާފަންނުގައި ހިނގި ރަހީނު ހާދިސާއެއްގައި ފުލުހެއްގެ އަތަށް އަނިޔާވި މައްސަލައަށް އިޝާރާތްކުރެއްވި. މި ޖަލްސާގައި ކޮމިޝަނަރު ފުލުހުންގެ މަސައްކަތުގެ ނުރައްކާތެރިކަމާއި، ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރެއްވި
771 ދުވަސް ކުރިން - 23:46
އިނާ މޯލްޑިވްސްގެ ތިން އޮފީހަކަށް މީގެ ދެދުވަސްކުރިނަ ގެއްލުން ދީ ވައްކަން ކުރި މައްސަލައިގައި ރ. މީދޫ މީހަކު ފުލުހުންހައްޔަރުކޮށްފި. ހައްޔަރުކުރެވުނު މީހާއަކީ 40 އަހަރުގެ އަޒްމީލް މުހައްމަދު.
771 ދުވަސް ކުރިން - 23:44
އިޞްލާޙުގެ ދަށުން، ރާއްޖެއަށް ގެނެވޭ ބިދޭސީ މަސައްކަތްތެރިންގެ އަދަދު ކަނޑައެޅުމުގެ ބާރު ކަމާބެހޭ ވުޒާރާއަކަށް ލިބިގެންދާނެ. ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ކަނޑައަޅާނީ ވަކި ޤަވާޢިދެއްގެ ދަށުން.
771 ދުވަސް ކުރިން - 23:36
މި ޕްރޮގްރާމު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު. މި ޕްރޮގްރާމުގެ ދަށުން ރާއްޖެއަށް އިންވެސްޓްކުރާ ފަރާތްތަކަށް ރާއްޖޭގައި ދިރިއުޅުމުގެ ހުއްދަ ލިބޭނެ
771 ދުވަސް ކުރިން - 23:29
ސާހިލްގެ މައްޗަށް 5 ދައުވާއެއް އުފުލާފައިވާއިރު، މައްސަލައިގެ ޝަރީއަތް ކުރިއަށްދަނީ ސިއްރުކޮށް.
771 ދުވަސް ކުރިން - 23:27
މިކަން ހިނގިގޮތް ތަހުޤީގުކޮށް އިހުމާލެއް ވެވިފައިވާނަމަ އެމީހަކަށް ނުވަތަ ބަޔަކަށް އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެ ކަމަށް ހޯމް މިނިސްޓަރ ވިދާޅުވޭ.
771 ދުވަސް ކުރިން - 23:18
އަތުހަރު ހައްޔަރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޭނާގެ ލޯބިވެރިޔާ ރަހީނުކޮށް ވަޅިން ބިރުދެއްކި މައްސަލައެއްގަ. ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް އަންހެން މީހާ ސަލާމަތްކޮށް އަތުހަރު ހައްޔަރުކޮށްފަ. ދޫނިދޫ ޖަލުގައި އަމިއްލައަށް މަރުވާން އުޅުމުގެ ތެރޭގައި އޭނާ ސަލާމަތްކޮށް މިވަގުތު އޮތީ ވެންޓިލޭޓަރުގައި
771 ދުވަސް ކުރިން - 22:37
ށ. މިލަންދޫ ހެޕީލޭންޑް އަޙްމަދު އަތުހަރު، މާފަންނުގައި އަންހެނަކު ރަހީނުކޮށް ވަޅިން ބިރުދެއްކުމުގެ މައްސަލައެއްގައި ހައްޔަރުކުރެވުނު ފަހުން، ދަންޖަހައިގެން މަރުވާން އުޅެފި.
771 ދުވަސް ކުރިން - 20:44