ރާއްޖެއާއި ތުރުކީއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އެއް އެކުލަވާލައިފިއެވެ. މިނިސްޓަރ ސައީދު މި މަޢުލޫމާތު ހާމަކުރެއްވީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. މި އެއްބަސްވުން ތުރުކީގެ ޤާނޫނު ހަދާ މަޖިލީހުން ފާސްވުމަށްފަހު، 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު އަމަލުކުރަން ފެށޭނެ ކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ. މި އެއްބަސްވުމުގެ މަޝްވަރާތައް ފެށިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ހުވާކުރެއްވުމަށްފަހު ތުރުކީއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައެވެ.
އެއްބަސްވުމުގެ ދަށުން، ރާއްޖެއިން ތުރުކީއަށް ބޭރުކުރާ 53 ބާވަތެއްގެ މުދަލަށް ޑިއުޓީގެ ލުއި ލިބޭނެއެވެ. އަދި ބައެއް ބާވަތްތަކުން ޑިއުޓީ އެއްކޮށް އުނިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް މުޢިއްޒު ވިދާޅުވީ މިއީ ފަރުދީ ފެންވަރުގައި ދިވެހި ކުންފުނިތަކަށް ލިބޭ ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެ، އިޤްތިޞާދީ ގޮތުން ގިނަ ފައިދާތަކެއް ލިބޭނެ ކަމަށް ބެލެވެއެވެ.


