އިނާ މޯލްޑިވްސްގެ އޮފީސްތަކަށް ގެއްލުން ދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ލުހުން މިއަދު ވިދާޅުވި ގޮތުގައި، އިނާ މޯލްޑިވްސްގެ އައިލެންޑް ޗޮއިސް، އޭސް ޓްރެވަލަސް އަދި ގަތަރު ކާގޯ އޮފީހަށް ގެއްލުންދީ ވައްކަން ކޮށްފައިވާ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ރ. މީދޫ، ބުލްބުލާގެ 40 އަހަރުގެ އަޒްމީލް މުހައްމަދު ކިޔާ މީހެކެވެ. އަޒްމީލް ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ.

އިނާ މޯލްޑިވްސްގެ އޮފީސްތަކަށް ގެއްލުން ދީފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ވައްކަން ކުރަން ވަދެ ބޭނުންތެރި އެއްޗެއް ނުފެނުމުން އެތާގެ އެތެރޭގައި ހުރި ތަކެތި ހަލާކޮށް ސުންނާފަތިކޮށްފައިވާ ކަމަށެވެ. ފިރާގު އިތުރަށް ވިދާޅުވެފައިވަނީ ޒުވާނުން އަމިއްލައަށް ރަނގަޅު މަސައްކަތެއްކޮށް ތެދުވެރިކަމާއެކު ދިރިއުޅެންޖެހޭ ކަމަށާއި، ވައްކަން ކުރުމަކީ ހައްލެއް ނޫން ކަމަށެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގު ދަނީ ކުރިއަށެވެ.