މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުން ކަމަށް ވެސް އެ ވުޒާރާއިން ބުނެފައި.
770 ދުވަސް ކުރިން - 00:34
ތަހުގީގު ބަންދުގެ ގޮޅީގައި ހުއްޓާ ދަންޖެހުނު ކަމަށް ބުނާ އަތުހަރުގެ އޮޓޮޕްސީ ހެދުމަށް ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވަން ވަނީ ތައްޔާރުވެފައި ކަމަށް ފުލުހުން ބުނޭ. މީގެ ކުރިން، އަންހެނަކު މަރާލުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ފައިސަލް އިސްމާޢީލް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ދަންޖެހި މަރުވެފަ.
770 ދުވަސް ކުރިން - 21:33
ޕާސްޕޯޓު ދޫކުރުމަށް ނަންބަރު ދޫކުރާނީ ހެނދުނު 8:30 އިން މެންދުރުފަހު 14:00 އަށް ކަމަށްވެސް އެ އިދާރާއިން ބުނެފައިވޭ. .
770 ދުވަސް ކުރިން - 20:45
އެމްކިޔުއޭ އިން ހާމަކުރި ގޮތުގައި، އޯލެވެލް އަދި އޭލެވެލްގެ ސައްޙަ ނޫން ސަނަދު ބޭނުންކުރާކަމުގެ ދެ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވޭ.ބައެއް ފަރާތްތަކުން ސަނަދުތަކުގެ ގްރޭޑު ބަދަލުކޮށް، ނަހަމަ ގޮތުގައި މަންފާ ހޯދަމުންދާކަން ފާހަގަކުރެވިފައިވާތީ، މަތީ ތަޢުލީމުދޭ މަރުކަޒުތަކަށް ސަނަދުތަކުގެ ސައްޙަކަން ކަށަވަރުކުރުމަށް އެމްކިޔުއޭއިން އިލްތިމާސްކޮށްފައިވޭ.
770 ދުވަސް ކުރިން - 20:40
މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ބިދޭސީންގެ ފީތަކާއި ޖޫރިމަނާތައް ނުދައްކާ ފަރާތްތަކަށް އެ ފައިސާ ދައްކަން ދިން މުއްދަތު ދެން ހަމަވާނީ މި މަހުގެ 16 އަށް ކަމަށާއި މި ކަމާއި ގުޅޭ އިތުރު މަޢުލޫމާތު އެކްސްޕެޓް ސިސްޓަމުން ލިބެން ލިބޭނެ.
770 ދުވަސް ކުރިން - 20:31
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ރަހީނުކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު އަތުހަރު، މިއަދު ހަވީރު މަރުވެއްޖެ. އޭނާ މަރުވީ އިއްޔެ ރޭ އަމިއްލައަށް މަރުވާން މަސައްކަތްކުރުމުގެ ސަބަބުން ޞިއްޙީ ހާލަތު ގޯސްވެ، ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުންދަނިކޮށް.
770 ދުވަސް ކުރިން - 20:29
ސެޕްޓެމްބަރު 5 ވަނަ ދުވަހު ބަންދުކަމުގައި ވިޔަސް ބޭންކުގެ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި، އިންޓަރނެޓް ބޭންކިންގ އަދި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ބޭންކިންގ މުޢާމަލާތްތައް ކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ބުނެފައިވޭ.
770 ދުވަސް ކުރިން - 20:28
ގެއްލިގެން ހޯދަމުންދާ ތަސްލީމް މުހައްމަދުގެ މައްސަލާގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން އެކަމާއި ގުޅޭ ޖިނާޢީ ތަހުޤީޤެއް ފަށާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެ. ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، ގެއްލުނު ސަރަޙައްދު ފުޅާ ދާއިރާއެއްގައި ބަލާ ފާސްކުރެވުނު ނަމަވެސް މިހާތަނަށް އެއްވެސް ހެއްކެއް ލިބިފައެއް ނުވާތީ ފުލުހުން ދަނީ ދަތުރުގައި ބައިވެރިވި ފަރާތްތަކުގެ ބަޔާން ނަގަމުން.
770 ދުވަސް ކުރިން - 20:27
ސަފީރު ވަނީ ދިވެހި ރާއްޖޭގެ ރައީސް ޑރ. މުހައްމުދު މުއިއްޒުގެ ހެޔޮއެދުންތައް ބަންގްލަދޭޝްގެ ރައީސްއަށް ފޯރުކޮށްދެއްވާފައި.
770 ދުވަސް ކުރިން - 19:58
މި ބައްދަލުވުމުގައި މަސްވެރިންނަށް ކުރިމަތިވެފައިވާ މައިގަނޑު ގޮންޖެހުންތަކުގެ ތެރޭގައި އާމްދަނީ ދަށްވުމާއި މާލޭ ފަޅުގެ ޖާގައިގެ ދަތިކަން ހިމެނޭކަމަށް ފާހަގަކޮށްފައިވޭ.
770 ދުވަސް ކުރިން - 19:45
ގެދޮރުވެރިކަމާބެހޭ ޖަމްޢިއްޔާތަކުން ބުނީ ރައީސްގެ ބައްދަލުކުރެއްވުމަކީ މިކަމަށް އަހައްމިއްޔަތުކަން ދެއްވާކަން ދޭހަވާކަމެއް ކަމަށް.
770 ދުވަސް ކުރިން - 19:37
ދެޤައުމުގެ ދެމެދުގައި އޮތް ތާރީޚީ ގުޅުން ފާހަގަކުރައްވައި، އިންޑޮނޭޝިއާގެ ސަރުކާރާއި ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުއްވާފައިވޭ. އަދި ކުރިއަށް އޮތް ތަނުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ އުންމީދު ފާޅުކުރައްވާފައިވޭ.
770 ދުވަސް ކުރިން - 17:45