Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބޮޑު ކަންނެލީގެ މަސްވެރިކަމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ބޮޑު ކަންނެލީގެ މަސްވެރިކަމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

އައިޝަތު ރުވާ ރިފްޢަތު
737 ދުވަސް ކުރިން - 2 ސެޕްޓެންބަރު 2024 19:45
ރައީސް ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަންއާއެކު
ރައީސް ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަންއާއެކު
ޚުލާސާ

މި ބައްދަލުވުމުގައި މަސްވެރިންނަށް ކުރިމަތިވެފައިވާ މައިގަނޑު ގޮންޖެހުންތަކުގެ ތެރޭގައި އާމްދަނީ ދަށްވުމާއި މާލޭ ފަޅުގެ ޖާގައިގެ ދަތިކަން ހިމެނޭކަމަށް ފާހަގަކޮށްފައިވޭ.

ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ދެއްވައިފިއެވެ. މި ޔަޤީންކަން ރައީސް ދެއްވީ މިއަދު ރައީސް އޮފީހުގައި ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަންއާއެކު ބޭއްވުނު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިފަދަ ބައްދަލުވުންތަކުގެ މަޤްޞަދަކީ ރައްޔިތުންގެ އެދުމާ އެއްގޮތަށް ސަރުކާރު ހިންގުން ކަމަށެވެ. އަދި މެނިފެސްޓޯގައިވާ ކަންކަން ފުރިހަމަކުރުމުން މަސްވެރިކަމުގެ ދާއިރާއަށް ހައްލު ލިބޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަންގެ ރައީސް، ޙުސައިން ނަޝީދު ވެސް ބަ މއްދަލުވުމުގައި ބައިވެރި ވިއެވެ. މި ބައްދަލުވުމުގައި މަސްވެރިންނަށް ކުރިމަތިވެފައިވާ މައިގަނޑު ގޮންޖެހުންތަކުގެ ތެރޭގައި އާމްދަނީ ދަށްވުމާއި މާލޭ ފަޅުގެ ޖާގައިގެ ދަތިކަން ހިމެނޭކަމަށް ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދަތިތައް ޙައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

"އެންމެ ބޮޑު ގޮންޖެހުމަކީ ކަންނެލި މަސްވެރިކަމުގައި ލިބޭ އާމްދަނީ ދަށްވެ އަގުގެ ދަތިކަން. ކަންނެލި އެއް އަގެއްގައި ހިފެހެއްޓިފައި ނެތުން. ސަރުކާރުން ކަނޑައަޅާފައި އޮތް ގޮތަށް ފްލޯ ޕްރައިޒް ކަނޑައެޅުމަށް އެދުނ.ިން" ހުސައިން ނަޝީދު ބުނުއްވިއެވެ.

Advertisement

Advertisement 1

ބޮޑުކަންނެލީގެ މަސްވެރިންނަށް ރައީސާއި މަސްވެރިކަމާބެހޭ ވަޒީރާ ބައްދަލުކުރެވުނު ފުރަތަމަ ފުރުސަތެވެ. ބައްދަލުވުމުގައި ޔޫނިއަންގެ މެންބަރުންނަށް އެމީހުންގެ ކަންބޮޑުވުންތައް ހިއްސާކުރުމުގެ ފުރުޞަތު ދެވުނެވެ. ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަޑުއައްސަވާނެކަމަށް ހާމަކުރައްވާފައިވެއެވެ.

ފޮޓޯ: ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަންއާއެކު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން

"ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އަޅުގަނޑުމެންނަށް ވަރަށް ޕޮޒިޓިވް ޖަވާބުތަކެއް ލިބުނީ. ވަރަށް ކައިރި މުސްތަޤްބަލުގައި އަޅުގަނޑުމެންގެ ކަނބޮޑުވުންތައް ހައްލު ކޮށްދެއްވަން މަސައްކަތް ކޮށްދެއްވައި އަދި އަޅުގަނޑުމެންނާއި ވަރަށް ކައިރިން މަސައްކަތް ކޮށް ވަރަށް އަވަސް މުސްތަޤްބަލުގައި މިކަންކަމަށް ހައްލު ލިބިގެންދާނެކަމަށް." ހުސައިން ނަޝީދު ވިދާޅުވިއެވެ.

މަސްވެރިކަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިސަރުކާރުން މިހާތަނަށް 99 ކަނދުފަތި އަޅައިފި

މިސަރުކާރުން މިހާތަނަށް 99 ކަނދުފަތި އަޅައިފި

2 ދުވަސް ކުރިން - 10:19

މަސްވެރިންގެ ތެލުގެ ސަބްސިޑީ ހަރުދަނާކުރުމަށް "ފަހިހަކަތަ" ޕޯޓަލް މެދުވެރިކޮށް ސްބްސިޑީ ދޫކުރުމަށް ނިންމައިފި

މަސްވެރިންގެ ތެލުގެ ސަބްސިޑީ ހަރުދަނާކުރުމަށް "ފަހިހަކަތަ" ޕޯޓަލް މެދުވެރިކޮށް ދޫކުރުމަށް ނިންމައިފި

3 ދުވަސް ކުރިން - 12:06

މަސްވެރިންނަށް މިހާތަނަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފި: ޝިޔާމް

މަސްވެރިންނަށް މިހާތަނަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފި: ޝިޔާމް

8 ދުވަސް ކުރިން - 13:19

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، އެއަށް ޢަމަލުކުރަން ފަށައިފި

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ތަޞްދީޤުކުރައްވައިފި

9 ދުވަސް ކުރިން - 17:01

ކަނޑުތަކުގެ ހޫނުމިން ރެކޯޑު މިންވަރަކަށް: ރާއްޖޭގެ ފަރުތަކާއި މަސްވެރިކަމަށް ބޮޑު ނުރައްކަލެއް

ކަނޑުތަކުގެ ހޫނުމިން ރެކޯޑު މިންވަރަކަށް މައްޗަށް؛ މިއީ ނުރައްކަލެއް

15 ދުވަސް ކުރިން - 14:38

މިފްކޯ އިން 25 އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

މިފްކޯ އިން 25އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

57 ދުވަސް ކުރިން - 16:41