Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިސަރުކާރުން މިހާތަނަށް 99 ކަނދުފަތި އަޅައިފި

މިސަރުކާރުން މިހާތަނަށް 99 ކަނދުފަތި އަޅައިފި

ހުސައިން އިސްމާއިލް
5 ގަޑިއިރު ކުރިން - 7 ސެޕްޓެންބަރު 2026 10:19
ބޮޑު ތިލަދުންމަތީ 3 ސަރަހައްދެއްގައި އަލުން ކަނދުފަތި އެޅުން. / ފޮޓޯ؛ މަސްވެރިކަމާބެހޭ ވުޒާރާ.
ބޮޑު ތިލަދުންމަތީ 3 ސަރަހައްދެއްގައި އަލުން ކަނދުފަތި އެޅުން. / ފޮޓޯ؛ މަސްވެރިކަމާބެހޭ ވުޒާރާ.
ޚުލާސާ

ކަނދުފަތި އެޅުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، މިހާރު ހުޅުމާލޭގައި ހުރި ކަނދުފަތި ސެންޓަރުގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައި 2 އައު ކަނދުފަތި ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން.

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 99 ކަނދުފަތި މިހާތަނަށް އަޅާފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސްވެރިކަމުގެ ދާއިރާއަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ މި މަޝްރޫއަކީ، ކަނޑުގެ ވަސީލަތްތަކުން ލިބޭ ނަފާ އިތުރުކޮށް، މަސްވެރިންނަށް މަސް ހޯދުމުގައި ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ފެށި މުހިންމު މަސައްކަތެކެވެ.

މިހާތަނަށް ގާއިމުކުރެވުނު ކަނދުފަތިތަކުގެ ތަފްސީލަށް ބަލާއިރު، މީގެ ތެރޭގައި ހިމެނެނީ ދޮށީގެ މަސްވެރިކަމަށް ޚާއްސަކޮށްގެން އެޅި 47 ދޮށީ ކަނދުފަތި އަދި ރާއްޖޭގެ ރަށްތަކާ ކައިރީގައި މަޖާލީ މަސްވެރިކަމާއި ރީފް ފިޝިންގް ކުރިއެރުވުމަށް އެޅި 52 ވަދޫ ކަނދުފަތި (ކޮމިއުނިޓީ ބޭސްޑް ފޭޑް) އެވެ.

Advertisement

Advertisement 1

މިގޮތަށް ދެ ބަޔަކަށް ބަހާލައިގެން ކަނދުފަތިތައް އެޅުމުގެ ސަބަބުން ބޮޑެތި މަސްދޯނިފަހަރުގެ އިތުރުން، އާންމު ދިރިއުޅުމުގެ ބޭނުންތަކަށާއި މުނިފޫހިފިލުވުމަށް މަސްވެރިކަން ކުރާ ފަރާތްތަކަށްވެސް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، ކަނދުފަތިތަކުގެ ނެޓްވޯކް ފުޅާވުމުން މަސްވެރިން މަސް ހޯދުމަށް ކުރަންޖެހޭ ދަތުރުތައް ކުރުވެ، އުޅަނދުފަތްތަކުގެ ތެލުގެ ޚަރަދު ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެއެވެ.

ކަނދުފަތި އެޅުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، މިހާރު ހުޅުމާލޭގައި ހުރި ކަނދުފަތި ސެންޓަރުގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައި 2 އައު ކަނދުފަތި ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. މީގެ ތެރެއިން އުތުރުގެ ސެންޓަރު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ށ. ފުނަދޫގައެވެ. މި ސެންޓަރުތައް ވުޖޫދަށް އައުމުން، ކަނދުފަތިތަކަށް ދިމާވާ މައްސަލަތައް އަވަހަށް ހައްލުކޮށް، މަރާމާތުގެ މަސައްކަތްތައް މަރުކަޒީ ނޫން ގޮތަކަށް، އަތޮޅުތަކާ ކައިރިން އަވަސް މިނެއްގައި ކުރިއަށް ގެންދިއުމުގެ މަގު ފަހިވެގެންދާނެ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މަސްވެރިކަންމިނިސްޓަރު އަހްމަދު ޝިޔާމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަސްވެރިންގެ ތެލުގެ ސަބްސިޑީ ހަރުދަނާކުރުމަށް "ފަހިހަކަތަ" ޕޯޓަލް މެދުވެރިކޮށް ސްބްސިޑީ ދޫކުރުމަށް ނިންމައިފި

މަސްވެރިންގެ ތެލުގެ ސަބްސިޑީ ހަރުދަނާކުރުމަށް "ފަހިހަކަތަ" ޕޯޓަލް މެދުވެރިކޮށް ދޫކުރުމަށް ނިންމައިފި

1 ދުވަސް ކުރިން - 12:06

މަސްވެރިންނަށް މިހާތަނަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފި: ޝިޔާމް

މަސްވެރިންނަށް މިހާތަނަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފި: ޝިޔާމް

6 ދުވަސް ކުރިން - 13:19

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، އެއަށް ޢަމަލުކުރަން ފަށައިފި

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ތަޞްދީޤުކުރައްވައިފި

6 ދުވަސް ކުރިން - 17:01

ރައީސް ޑރ. މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ: ޝިޔާމް

"ރައީސް މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ"

7 ދުވަސް ކުރިން - 20:10

ކަނޑުތަކުގެ ހޫނުމިން ރެކޯޑު މިންވަރަކަށް: ރާއްޖޭގެ ފަރުތަކާއި މަސްވެރިކަމަށް ބޮޑު ނުރައްކަލެއް

ކަނޑުތަކުގެ ހޫނުމިން ރެކޯޑު މިންވަރަކަށް މައްޗަށް؛ މިއީ ނުރައްކަލެއް

13 ދުވަސް ކުރިން - 14:38

ފުނައްޑޫ އާއި މާނާގަލާ މިއަހަރުގެ ނިޔަލަށް އޮޕަރޭޝަނަށް ގެންނަނީ

ފުނައްޑޫ އާއި މާނާގަލާ މިއަހަރުގެ ނިޔަލަށް އޮޕަރޭޝަނަށް ގެންނަނީ

25 ދުވަސް ކުރިން - 11:29