އަންހެނަކު ރަހީނުކޮށް، ވަޅިން ބިރުދެއްކުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު އަޙްމަދު އަހްތަރު، ފުލުހުންގެ ބަންދުގައި ހުއްޓައި ދަންޖެހި މަރުވުމާ ގުޅިގެން، މަރުގެ ސަބަބު ދެނެގަތުމަށްޓަކައި އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާއިރު އަތުހަރަކީ މި ދެއަހަރުތެރޭ ފުލުހުންގެ ތަހުގީގުގައި ހުއްޓާ އަމިއްލައަށް ދަންޖެހުމާއި ގުޅިގެން މަރުވި ދެވަނަ މީހާއެވެ.
އަތުހަރުގެ ޕޯސްޓްމޯޓަމް ހެދުމާއި ބެހޭގޮތުން ފުލުހުންގެ ބަޔާނެއްގައިވަނީ، އަތްހަރު ހައްޔަރުކުރެވުނު ފަހުން އަމިއްލައަށް ގެއްލުން ދިނުމަށް މަސައްކަތްކުރުމާ ގުޅިގެން، އޭނާގެ ޞިއްޙީ ހާލަތު ގޯސްވެ، ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރު ނިޔާވެފައިވާ ކަމަށާއި މިހާރު އޭނާގެ ހަށިގަނޑު ވަނީ ޕޯސްޓްމޯޓަމް ހެދުމަށް ތައްޔާރުކުރެވިފައެވެ.
ފާހަގަ ކޮށްލަންޖެހޭ ކަމަކީ މިއީ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި، އަންހެނަކަށް އަނިޔާކުރުމުގެ ތުހުމަތުގައި ހައްޔަރުކުރެވި، ބަންދުގައި ހުއްޓައި މަރުވި ދެވަނަ ޒުވާނާއެވެ.
މީގެ ކުރިން، 19 ޑިސެމްބަރު 2022 ގައި، އަނބިމީހާ މަރާލުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު އދ. ފެންފުށީ އަބޫބަކުރު ފައިޞަލް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަމިއްލައަށް ދަންޖެހިގެން މަރުވެފައެވެ.

އދ. ފެންފުށީ އަބޫބަކުރު ފައިޞަލް









