ރައީސް ވިދާޅުވީ ދިވެހި ޤައުމާއި ރައްޔިތުންނަށްޓަކައި، ރެޔާއި ދުވާލު ދިވެހި ފުލުހުން ދެއްވާ ޒިންމާދާރު ޚިދުމަތަށް ފަޚުރުވެރިވެ، ޝުކުރުއަދާކުރައްވާ ކަމަށް.އަދި ދިވެހި ފުލުހުންގެ ޤައުމީ ޚިދުމަތުގެ އަގު ޝުކުރުވެރިކަމާއެކު ވަޒަންކޮށް، ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކަށް އެމަނިކުފާނު ވަނީ މުބާރަކްބާދު އަރިސްކުރައްވާފައި.
772 ދުވަސް ކުރިން - 14:16
މި ތަމްރީނު ޕްރޮގްރާމުގައި ޖުމުލަ 20 ސްޕެޝަލް ކޮންސްޓެބުލަރީ ފުލުހުން ބައިވެރިވި. އޭގެ ތެރެއިން 16 ސްޕެޝަލް ކޮންސްޓެބުލަރީ ފުލުހުން ވަނީ ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފައި. ކޯހުން އެންމެ މޮޅު ނަތީޖާ ހޯދައި، އެއްވަނައަށް ހޯދާފައިވަނީ ސްޕެޝަލް ކޮންސްޓެބުލަރީ ކޮންސްޓަބަލް އަޙްމަދު ސަދާން.
772 ދުވަސް ކުރިން - 14:05
ހެލްތު މިނިސްޓްރީން ބުނީ ގްރޭޓަރ މާލެ ސަރަޙައްދުގައ4000 އަށްވުރެ ގިނަ ދަރިވަރުން ތެލެސީމިއާއަށް ސްކްރީންކޮށްފައިވާ ކަމަށް. އަދި އަތޮޅު ތެރޭގައި މިހާތަނަަށް 76 ދަރިވަރުން ތެލެސީމިއާއަށް ސްކްރީންކޮށްފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނި.
772 ދުވަސް ކުރިން - 13:57
މާމަ-ކާފައަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމާއި، ޅަކުދިންނާއި ޒުވާނުން މާމަ-ކާފައަށް އިޙްތިރާމްކުރުމާއި އަޅާލުން އިތުރުކުރުމުގެ މުހިއްމުކަން ވެސް ފާހަގަކުރެއްވި
772 ދުވަސް ކުރިން - 12:58
ފެންޑާ މައުރަޒަކީ ކޮންމެ އަހަރަކުވެސް ދިވެހި ބަގެ އެކެޑެމީއިން ހެޔޮ އަގުގައި ދިވެހި އަދަބީ ފޮތްތައް ލިބޭނެހެން ބާއްވާ މައުރަޒެއް.
772 ދުވަސް ކުރިން - 12:55
ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރ ހުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ސްޓެލްކޯގެ ނަމުގައި ބަޔަކު ސްކޭމް ކޯލް ކުރަމުން ގެންދާތީ ކަސްޓަމަރުން ސަމާލުވުމަށް އަންގާފަ. އަދި ސްޓެލްކޯއިން އެއްވެސް އާންމު މައުލޫމާތަކަށް ނުގުޅާނެކަމަށާއި އެއްވެސް ކަމެއް ޝައްކުވާ ނަމަ އެކަން ސާފުކުރުމަށް ސްޓެލްކޯއަށް ގުޅުމަށް ވަނީ އިލްތިމާސް ކޮށްފަ.
772 ދުވަސް ކުރިން - 12:27
މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުން، ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ފުލުހުންގެ އިތުރުން އާންމު މުވައްޒަފުން ބައިވެރިވެލެއްވި.
772 ދުވަސް ކުރިން - 12:10
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 51 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ދަންނަވައިފި.
772 ދުވަސް ކުރިން - 11:38
ރީޖަނަލް އެއަރޕޯޓްސް ކުންފުނި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށަށް ބަދަލުކޮށް، ފަހި ދިރިއުޅުން ކޯޕަރޭޝަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ދަށަށް ބަދަލުކުރުމަށް ވަނީ ނިންމާފަ.
772 ދުވަސް ކުރިން - 11:30
ބަންގްލަދޭޝްގެ ޗަޓޯގްރާމް މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައި މަސައްކަތްކުރާ ދިވެހި ދެ ޑޮކްޓަރަކަށް ހަމަލާދީފި. މި ހަމަލާ ދިނީ ޑޮކްޓަރުން ނުބައި އިންޖެކްޝަނެއް ދިންކަމަށް ހީކޮށް, ނިޔާވި މީހެއްގެ އާއިލާއިން.
772 ދުވަސް ކުރިން - 10:14
އެމްއޭސީއެލްއިން ކުރިއަށް އޮތް ފަތުރުވެރިކަމުގެ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން "ވިންޓާ ޕްރެޕް ކިކްއޮފް 2024" ނަމުގައި ޚާއްސަ އިވެންޓެއް ބާއްވައިފި. މި އިވެންޓުގައި ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ޕްލޭންތައް މެނޭޖްމަންޓާ ހިއްސާކުރެވި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޚިދުމަތްތައް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވުނު.
772 ދުވަސް ކުރިން - 00:13
ތަސްލީމް މޫދަށް ގެއްލުނުކަން ކަށަވަރު ނުވާތީ، މި މައްސަލައިގެ އޮޕަރޭޝަން ލީޑްކުރަނީ ދިވެހި ފުލުހުންގެ ޚިދުމަތުން.
772 ދުވަސް ކުރިން - 23:59