މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރިއަށް އޮތް ފަތުރުވެރިކަމުގެ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން "ވިންޓާ ޕްރެޕް ކިކްއޮފް 2024" ގެ ނަމުގައި ޚާއްސަ އިވެންޓެއް ބާއްވައިފިއެވެ. މި އިވެންޓް ބޭއްވީ އެމްއޭސީއެލްގެ ފެސިލިޓީސް މެނޭޖްމަންޓް އެންޑް ޔުޓިލިޓީސް ޑިވިޝަނުންނެވެ.
އެމްއޭސީއެލްއިން ބުނީ އިވެންޓުގެ މަޤްޞަދަކީ ކުރިއަށް އޮތް ފަތުރުވެރިކަމުގެ ސީޒަނަށް ތައްޔާރުވުމުގެ ޕްލޭންތައް މެނޭޖްމަންޓާ ހިއްސާކުރުމެވެ. އިވެންޓުގައި އެމްއޭސީއެލްގެ އިސް ވެރިން ބައިވެރިވިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަސިންޖަރުންނާއި އެއާލައިންތަކަށް ފަސޭހަ އަދި ރަނގަޅު ޚިދުމަތްތަކެއް ދިނުމަށް އަމާޒުކޮށް، ޓާމިނަލް ސަރަހައްދު ތަނަވަސްކޮށް، ކާރޫބާރު ކުޑަކޮށް، ފިނިހޫނުމިން ބެލެހެއްޓުމާއި ޓާމިނަލް ރީތިކުރުމުގެ މަސައްކަތް ފަށާފައިވެއެވެ.
އިވެންޓުގައި ޑިޕާޓްމަންޓްތަކުގެ މަސައްކަތްތަކާ ގުޅޭ ޕްރެޒެންޓޭޝަންތަކެއް ހުށަހެޅި، ގުޅިގެން ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް މަޝްވަރާކުރެވުނެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ އިތުރު މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ނިންމިއެވެ.މިފަދަ އިވެންޓްތަކުން އެއަރޕޯޓުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ފައިދާކުރާނެކަމަށް ބެލެވެއެވެ.



