ބަންގްލަދޭޝްގެ ޗަޓޯގްރާމް މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައި މަސައްކަތްކުރާ ދިވެހި ދެ ޑޮކްޓަރަކަށް ހަމަލާދީފި. މި ހަމަލާ ދިނީ ޑޮކްޓަރުން ނުބައި އިންޖެކްޝަނެއް ދިންކަމަށް ހީކޮށް, ނިޔާވި މީހެއްގެ އާއިލާއިން.
772 ދުވަސް ކުރިން - 10:14
އެމްއޭސީއެލްއިން ކުރިއަށް އޮތް ފަތުރުވެރިކަމުގެ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން "ވިންޓާ ޕްރެޕް ކިކްއޮފް 2024" ނަމުގައި ޚާއްސަ އިވެންޓެއް ބާއްވައިފި. މި އިވެންޓުގައި ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ޕްލޭންތައް މެނޭޖްމަންޓާ ހިއްސާކުރެވި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޚިދުމަތްތައް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވުނު.
772 ދުވަސް ކުރިން - 00:13
ތަސްލީމް މޫދަށް ގެއްލުނުކަން ކަށަވަރު ނުވާތީ، މި މައްސަލައިގެ އޮޕަރޭޝަން ލީޑްކުރަނީ ދިވެހި ފުލުހުންގެ ޚިދުމަތުން.
772 ދުވަސް ކުރިން - 23:59
ޔާންބެގެ ދެ ކިޑްނީ ފެއިލްވެފައި ވާކަން އެނގުނީ މި މަސް ފެށުނު ހިސާބުގަ. އަދި މި ފެށޭ ސެޕްޓެންބަރ މަހުގެ 9 އެއްގައި ފަރުވާ ހޯދުމަށް އިންޑިއާއަށް ދިއުމަށް އޭނާ އަންނަނީ ތައްޔާރުވަމުން. ކިޑްނީ އޮޕަރޭޝަންއަކީ ހަރަދު ބޮޑު ކަމަކަށް ވުމާއެކު ޔާންބެ ވަނީ އާންމުންގެ އެހީއަށް އެދިފަ.
772 ދުވަސް ކުރިން - 23:56
ފުލުހުން ކޯޓު އަމުރަކާއެކު ބަލައި ފާސްކުރުމުން 26.7591 ގްރާމް ކެނަބިސް މިނީބާގެ ތެރެއިން އަދި 0.1165 ގްރާމް ކެނަބިސް ލަގެޖުގެ ތެރެއިން ފެނިފައިވޭ. ކޯޓުން ނިންމި ގޮތުގައި ދަޢުވާތައް ސްކޮޓްގެ މައްޗަށް ސާބިތުވެފައިވާތީ، އޭނާ 1,000,000 ރުފިޔާއިން ޖޫރިމަނާކުރުމަށާއި، އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވޭ.
772 ދުވަސް ކުރިން - 23:51
ރައީސްގެ އިރުޝާދާއެކު 1000 ޚަޠީބުން އުފެއްދުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާއިރު، މި ޕްރޮގްރާމަކީ ރާއްޖޭގެ ދީނީ ދާއިރާ ހަރުދަނާކޮށް، އިސްލާމްދީނުގެ ޢިލްމު ފެތުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވޭ.
772 ދުވަސް ކުރިން - 23:49
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޒުވާން ހަތީބުން ޕްރޮގުރާމުގެ ދެވަނަ ބެޗުގައި ބައިވެރިވި 209 ޒުވާނުންނަށް ހަތީބުކަމުގެ ސަނަދު އަރުވައިފިއެވޭ. މިކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުނު.
772 ދުވަސް ކުރިން - 23:13
މާލޭގައި ގޭގެއިން މަސައްކަތްކުރަމުންދިޔަ ބިދޭސީ އަންހެނަކު ވައްކަންކޮށްގެން ފިލައިގެން އުޅޭތީ، އޭނާ ހޯދުމުގެ މަސައްކަތް ފަށައިފި. މާޔާ ނަމަކަށް ކިޔާ މި އަންހެން މީހާ ގެއިން ފިލާފައިވަނީ އިއްޔެ ރޭ 7:30 އާއި 8:00 އާ ދެމެދުގެ ވަގުތެއްގަ.
772 ދުވަސް ކުރިން - 23:05
ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް (ސީއެސްސީ)ގެ ޗާޓަރާއި ސެކްރެޓޭރިއެޓް ޤާއިމުކުރުމުގެ ފަހުމުނާމާގައި މެންބަރު ޤައުމުތަކުން ސޮއިކޮށްފި. ސްރީލަންކާގެ ކޮލަމްބޯގައި ބޭއްވުނު މި ރަސްމިއްޔާތުގައި އިންޑިއާ، ދިވެހިރާއްޖެ، މޮރިޝަސް އަދި ސްރީލަންކާގެ އިސް ވަފުދުތަކުން ބައިވެރިވި.
772 ދުވަސް ކުރިން - 23:01
މި ދެ ހޮސްޕިޓަލުން ކްރެޑިޓަށް ޚިދުމަތް ދިނުން ހުއްޓާލާފައިވާތީ، އެ ދެތަނަށް ބަލިމީހުން ފޮނުވުން ވަނީ ވަގުތީގޮތުން ހުއްޓާލާފަ. މިއީ އެ ދެ ތަނުން އެދިގެން އަޅާފައިވާ ފިޔަވަޅެއް.
772 ދުވަސް ކުރިން - 20:26
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯނުގެ ވެށި އިތުރަށް ރަނގަޅުކުރުމުގެ މަސައްކަތް ފަށައިފި. މި މަސައްކަތުގެ ދަށުން، އެ ސަރަހައްދުގައި ހުއްދަނެތި ބަހައްޓާފައިވާ ވެހިކަލްތަކާއި އެހެނިހެން ތަކެތި ނަގައި، އެ ސަރަހައްދު ހިތްފަސޭހަ ތަނަކަށް ބަދަލުކުރެވޭނެކަމަށް ބެލެވޭ.
773 ދުވަސް ކުރިން - 17:13
ރައީސް މުޢިއްޒު ފޮނުއްވި ތަހުނިޔާގައި، ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދުގައިވާ ރަޙްމަތްތެރިކަމާއި ގާތްގުޅުން ފާހަގަކުރައްވައި، މުސްތަޤްބަލުގައި މި ގުޅުން އިތުރަށް ބަދަހިވާނެކަމުގެ ޔަޤީންކަން ދެއްވާފައިވޭ.
773 ދުވަސް ކުރިން - 15:54