ރައީސްގެ އިރުޝާދާއެކު 1000 ޒުވާން ޚަޠީބުން މިދައުރުގައި އުފެއްދުމުގެ މަސައްކަތް ކުރަން އިސްލާމިކް މިނިސްޓްރީން އަޒުމް ކަނޑައަޅައިފިއެވެ.
މި ޕްރޮގްރާމުގެ ދަށުން ޒުވާން ޚަޠީބުންގެ ދެވަނަ ބެޗުގައި 209 ޚަޠީބުންނަށް މިހާރު ވަނީ ސަނަދު އަރުވާފައެވެ. އަދި ފުރަތަމަ ބެޗުން 100 އަށްވުރެ ގިނަ ޒުވާނުން ދަސްވެނިވެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަކީ ދިވެހިރާއްޖެ ދީނީ ކަންކަމުގައި ހާސިލުކުރާ ކާމިޔާބީތަކުގެ އެންމެ ބޮޑު ހިއްސާދާރެވެ.
މި ޕްރޮގްރާމުގެ މަޤްޞަދަކީ ރީތިކޮށް ޤުރުއާން ކިޔަވައި، ޚުޠުބާ ކިޔައި އަދި ބަންގި ގޮވާނެ ޒުވާން ޖީލެއް ބިނާކުރުމެވެ. މިއީ ރާއްޖޭގެ ތާރީޚުގައި މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ކަމެކެވެ. ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ އިސްލާމްދީނަށް ނަޞްރު ދިނުމުގައި ދެމިއޮންނާނެ ސަރުކާރެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މިހާރު ދީނީ ކަންކަމުގައި ހާސިލުކުރާ ކާމިޔާބީތަކުގެ އެންމެ ބޮޑު ހިއްސާދާރަކީވެސް ރައީސުލްޖުމްހޫރިއްޔާއެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގެ ދީނީ ކަންތައް ހަރުދަނާކޮށް، އިސްލާމްދީނުގެ ޢިލްމު ފެތުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެބ. މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ މިސްކިތްތަކަށް ބޭނުންވާ ޚަޠީބުންނާއި އިމާމުން އުފެއްދުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.



