ފިނޮޅަކަށް ދިޔަ ދަތުރެއްގައި ގެއްލިފައިވާ މ. އަސަރީހަނދާން، ތަސްލީމް މުހައްމަދު (43) ހޯދުމަށް އެމްއެންޑީއެފުން ކުރަމުންދާ މަސައްކަތްތަކުން އަދިވެސް އޭނާގެ އެއްވެސް ހިލަމެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ދިން މަޢުލޫމާތުގައިވާ ގޮތުން، ތަސްލީމް އެންމެ ފަހުން ފެނިފައިވަނީ އިއްޔެ ހެނދުނު 10:00 އާއި 11:00 އާ ދެމެދުގެ ވަގުތެއްގައެވެ. އޭނާ ހޯދުމަށްޓަކައި އެމްއެންޑީއެފުން ވަނީ ބޮޑު ސަރަހައްދެއް ބަލައި، 5,000 އަކަފޫޓުގެ ސަރަހައްދެއް ސްނޯކަލްކޮށް، އަދި 3,000 އަކަފޫޓުގެ ސަރަހައްދެއް ޑައިވްކޮށްފައެވެ.
ތަސްލީމް މޫދަށް ގެއްލުނުކަން ކަށަވަރު ނުވާތީ، މި މައްސަލައިގެ އޮޕަރޭޝަން ލީޑްކުރަނީ ދިވެހި ފުލުހުންގެ ޚިދުމަތުންނެވެ. އެމްއެންޑީއެފުން ވަނީ ތަސްލީމްއާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭނަމަ 9794639 ނަންބަރަށް ގުޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ސަލާމަތީ ޚިދުމަތްތަކުން ދަނީ އޭނާ ހޯދުމަށް ގަދައަޅައި މަސައްކަތްކުރަމުންނެވެ.
ތަސްލީމް ވީނުވީއެއް ނޭނގި ގެއްލިފައިވާތާ މިހާރު 24 ގަޑިއިރަށްވުރެ ގިނައިރު ވެއްޖެއެވެ.



