Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ޚަބަރު

ޕާޓީއާއި ޤައުމު ހިންގުމުގެ ތަޖުރިބާތައް ހިއްސާކުރުމަށް ސީޕީސީ އޮތީ ތައްޔާރަށް

ޕާޓީއާއި ޤައުމު ހިންގުމުގެ ތަޖުރިބާތައް ހިއްސާކުރުމަށް ސީޕީސީ އޮތީ ތައްޔާރަށް

މި އަހަރުގެ ޖަނަވަރީމަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާއާއި ރާއްޖޭގެ ގުޅުން ޝާމިލު އިސްތިރާޖީ ގުޅުމެއްގެ ދަރަޖައަށް ގެންދެވުމަށް ދެ ޤައުމުގެ ލީޑަރުން އެއްބަސްވެވަޑައިގެންފައިވާކަމަށް މިނިސްޓަރ ލިއު ޖިއަންޗޯއާ ފާހަގަކުރައްވާފައިވޭ.

751 ދުވަސް ކުރިން - 13:06

އިންޓަރނޭޝަނަލް ބަންކަރިންގެ ތަޞައްވަރަށް ނައިބު ރައީސްގެ ތައުރީފު ރައީސް ޑރ.މުޢިއްޒުއަށް

އިންޓަރނޭޝަނަލް ބަންކަރިންގެ ތަޞައްވަރަށް ނައިބު ރައީސްގެ ތައުރީފު ރައީސް ޑރ.މުޢިއްޒުއަށް

މިފެށޫނު ބަންކަރިން ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދުރުވިސްނޭ ސިޔާސަތު. ސަރަހައްދީ ބާރުވެރިކަން ރާއްޖެއަށް ހޯދުމަށް އެޅި ބުއްދިވެރި ފިޔަވަޅެއް. ގައުމުގެ އިގްތިސާދު ކުރިއަރާނެ މި ފިޔަވަޅަށް ނައިބުރައީސް ވަނީ ރައީސް ޑރ.މުއިއްޒުއަށް ތައުރީފް ކުރައްވާފަ.

751 ދުވަސް ކުރިން - 12:37

ބަންކަރިންގެ ދާއިރާއަށް ވަނުމަކީ ސަރުކާރުން ނިންމެވި ހިކުމަތްތެރި ނިންމެވުމެއް: ވިޓޯލް

ބަންކަރިންގެ ދާއިރާއަށް ވަނުމަކީ ސަރުކާރުން ނިންމެވި ހިކުމަތްތެރި ނިންމެވުމެއް: ވިޓޯލް

ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން ގިނަ ފައިދާތަކެއް ލިބުމުގެ ފުރުސަތު އެބައޮތް. އެސްޓީއޯގެ ތެލުގެ ވިޔަފާރި ފުޅާކޮށް ބަންކަރިންގެ ދާއިރާއަށް ވަނުމަކީ ދިވެހި ސަރުކާރާއި އެސްޓީއޯއިން ނިންމެވި ހިކުމަތްތެރި ނިންމެވުމެއް ކަމަށް ކެޕްޓަން ރިޝަބް ބެހެލް ބުނެފައިވޭ.

751 ދުވަސް ކުރިން - 12:30

އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލުު ދެއްކުމުގެ މުއްދަތު އިތުރުކޮށްދީފި

އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލުު ދެއްކުމުގެ މުއްދަތު އިތުރުކޮށްދީފި

މި 50 މިލިއަން ޑޮލަރަކީ ޓްރެޜަރީ ބިލުގެ މިއަހަރުގެ ދައްކަންޖެހޭ ދެވަނަ ބައި ކަމަށްވާއިރު، ފުރަތަމަ ބައި ވަނީ މިދިޔަ މެއި 13 ގައި ރޯލްއޯވާކޮށްފައި. މި ނިންމުން އައިސްފައިވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި.

751 ދުވަސް ކުރިން - 22:40

އެސްޓީއޯ އަމާޒުކުރަނީ ލަގްޒަރީ އުޅަނދުތަކަށް ބަންކަރިންގ ޚިދުމަތް ދިނުމަށް: ޝިމާދު

އެސްޓީއޯ އަމާޒުކުރަނީ ލަގްޒަރީ އުޅަނދުތަކަށް ބަންކަރިންގ ޚިދުމަތް ދިނުމަށް: ޝިމާދު

ޝިމާދު ވިދާޅުވީ، ވިޓޯލްއާއި އެސްޓީއޯއާ ގުޅިގެން ބޭނުންވަނީ ރާއްޖެ ސަރަހައްދުން ދަތުރުކުރާ ލަގްޒަރީ ބޯޓުފަހަރަށް ހިދުމަތް ދިނުން. ބޮޑެތި ފައިދާ ލިބޭނެ ބޯޓުފަހަރުތަކަށް ޓާގެޓްކޮށް އެ ބޯޓުތަކަށް ހިދުމަތް ދިނުން. ރާއްޖެ ސަރަހައްދުން ދަތުރުކުރާ ކޮންމެ ބޯޓަކަށް ހިދުމތް ދިނުމެއް ނޫން

752 ދުވަސް ކުރިން - 20:17

އެމްޕީއެލްގެ މެރިޓައިމް ޚިދުމަތްތަކަށް މިހާރުވެސް އެދެމުންދާކަމަށް ސީއީއޯ ވަޖީހު ވިދާޅުވެއްޖެ

އެމްޕީއެލްގެ މެރިޓައިމް ޚިދުމަތްތަކަށް މިހާރުވެސް އެދެމުންދާކަމަށް ސީއީއޯ ވަޖީހު ވިދާޅުވެއްޖެ

ވަޖީހު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ބަދަލުކުރުމަށްޓަކައި ރައީސް ފައްޓަވާފައިވާ މަސައްކަތުގެ ތެރެއިން އެންމެ މުހިންމު އެއް މަސައްކަތަކީ މެރިޓައިމްގެ ދާއިރާއިން ރާއްޖެއަށް ފައިދާ ހޯދާދިނުންކަމަށް. މެރިޓައިމް ޚިދުމަތުގައި ބޮޑު ބައެއް އަދާ ކުރާ ބަޔަކީ އެމްޕީއެލްކަން ފާހަގަކުރައްވައި، ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތާއެކު ގިނަ ފައިދާތަކެއް ލިބޭނެކަމަށް ވަޖީހު ވިދާޅުވެފައިވޭ.

752 ދުވަސް ކުރިން - 20:02

އިންވެސްޓަރުންގެ ހިތުގައި ސުވާލު އުފެއްދުމުގެ ޖާގައެއް ނުދޭނަން: ސައީދު

އިންވެސްޓަރުންގެ ހިތުގައި ސުވާލު އުފެއްދުމުގެ ޖާގައެއް ނުދޭނަން: ސައީދު

ކުރީގެ ސަރުކާރުތަކުން އިޤްތިޞާދު ކުރިއެރުވުމަށް ގިނަ ފިޔަވަޅުތަކެއް ޢިއުލާން ކުރި ނަމަވެސް، އޭގެ ގިނަ ކަންކަން ތަންފީޒީ މަރުހަލާއަށް ގޮސްފައި ނުވާ ކަމަށް ސައީދު ވިދާޅުވި. އަދި މި ސަރުކާރުން މި މަސައްކަތް ފެށުމާމެދު ސަރުކާރާމެދު ސުވާލު އުފެއްދި އެތައް ބަޔަކު ތިބިކަން އޭނާ ފާހަގަކުރެއްވި.

752 ދުވަސް ކުރިން - 19:59

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފަށައިފި

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފަށައިފި

އިހަވަންދިއްޕޮޅު ޒޯންގައި އޮފްޝޯ ބަންކަރިންގެ ޚިދުމަތް ދޭނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ގުޅިގެން. އަދި ބަންކަރިންގ ޚިިދުމަތުގެ ދަށުން ބޯޓްތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ ސީދާ އެސްޓީއޯއިން ކަމަށް އެ ކުންފުނިން ވަނީ ބުނެފައި. އޮފްޝޯ ޚިދުމަތެއްގެ ގޮތުގައި އިންޓަނޭޝަނަލް ބަންކަރިންގ މިއަދު ފެށިއިރު އެ ޚިދުމަތް ފޯރުކޮށްދިނުމަށް ފުރަތަމަ ބޭނުންކުރާނީ ދެ ބޯޓެއް ކަމަށް އެސްޓީއޯއިން ބުނި.

752 ދުވަސް ކުރިން - 18:55

މަތީ ތަޢުލީމަށް ކިޔަވާ ދަރިވަރުންގެ ލޯނަށް މިހާތަނަށް 473 މިލިޔަން ރުފިޔާ ދޫކޮށްފި

މަތީ ތަޢުލީމަށް ކިޔަވާ ދަރިވަރުންގެ ލޯނަށް މިހާތަނަށް 473 މިލިޔަން ރުފިޔާ ދޫކޮށްފި

އަހަރުގެ މިހާތަނަށް 473 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް ވަޒީރު މާރިޔާ ވިދާޅުވެފައި ވާއިރު މަތީ ތަޢުލީމަށް ކިޔެވުމަށް ދަރިވަރުންނަށް ދޫކޮށްފައިވާ ލޯނު ފައިސާ ދޫކުރުން ލަސްވަނީ އިދާރީ ގޮތުން ހުރި ދަތިތަކެއްގެ ސަބަބުން ކަމަށް ވަޒީރު ވިދާޅުވެފައިވޭ.

752 ދުވަސް ކުރިން - 18:12

ހެންވޭރު ދަނޑު ކައިރިން ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލި މީހަކު ހައްޔަރުކޮށްފި

ހެންވޭރު ދަނޑު ކައިރިން ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލި މީހަކު ހައްޔަރުކޮށްފި

މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި. އެ މައްސަލައިގައި އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ޅ. ކުރެންދޫއަށް ނިސްބަތްވާ އަލީ ސަމާހް މުހައްމަދު. އޭނާ 10 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ޢަމުރުކޮށްފައި.

752 ދުވަސް ކުރިން - 18:10

ހުޅުމާލޭގެ 20 ކިއޮސްކަށް 183 މީހުން ކުރިމަތިލި، ގުރުނެގުން އާދިއްތަ ދުވަހު ބާއްވަނީ

ހުޅުމާލޭގެ 20 ކިއޮސްކަށް 183 މީހުން ކުރިމަތިލި، ގުރުނެގުން އާދިއްތަ ދުވަހު ބާއްވަނީ

ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ގުރުނެގުން އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި އުމަރު ޒާހިރު ބިލްޑިންގްގެ ހަވަނަ ފަންގިފިލާގައި ކަމަށް އެޗްޑީސީން ބުނެފައިވޭ. އެއް އަހަރު ދުވަހުގެ މުއްދަތަށް ކިއޮސްކްތައް ދޫކުރާއިރު، ކުލީގެ ގޮތުގައި މަހަކު 3،500 ރުފިޔާ ދައްކަންޖެހޭއިރު، އެކުއިޒިޝަން ފީގެ ގޮތުގައި 5،000 ރުފިޔާ އަދި ލީސް ޑިޕޮސިޓްގެ ގޮތުގައި 10،500 ރުފިޔާ ދައްކަންޖެހޭނެ ކަމަށް އެޗްޑީސީން ބުނި.

752 ދުވަސް ކުރިން - 18:08

އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ވިލިނގިލީގައި ފަށައިފި

އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ވިލިނގިލީގައި ފަށައިފި

މި ޚިދުމަތް އަތޮޅުތަކަށް ފުޅާކުރުމަކީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ފާހަގަކުރި. މި މަސައްކަތުގެ ސަބަބުން ރައްޔިތުންނަށް ފަސޭހަކަމާއެކު ސަރުކާރުގެ ޚިދުމަތްތައް ލިބި، ވަގުތާއި ޚަރަދު ސަލާމަތްވެގެންދާނެކަމަށް އެ ވުޒާރާއިން ބުނެފައިވޭ.

752 ދުވަސް ކުރިން - 18:05

Previous12345Next