ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދަތުރުފުޅުގެ އެންމެ މުހިންމު ބޭނުމަކަށްވަނީ ރާއްޖޭގެ ވާހަކަތައް ކިޔައިދީ، ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ދާއިރާތަކާމެދު ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ސަމާލުކަމަށް ގެނައުންކަމަށް. އަދި ރާއްޖޭގެ ކަންކަމުގެ އިތުރުން، ބޭރުގެ މަޝްރަހުގައި ހިނގާ ކަންކަމާ ގުޅޭގޮތުންވެސް ރާއްޖޭގެ ބަސް އިއްވަންޖެހޭ ކަންކަމުގައި ބަސް އިއްވާނެކަމަށް އެމަނިކުފާނު ވިދާޅުވި.
751 ދުވަސް ކުރިން - 19:47
ރައީސުލްޖުމްހޫރިއްޔާ އާންމު މަޖިލީހުގައި ތަޤުރީރުކުރައްވާނީ ސެޕްޓެމްބަރު 24 ވާ އަންގާރަ ދުވަހު. މީގެ އިތުރުން، އެމަނިކުފާނު "ސަމިޓް އޮފް ދަ ފިއުޗަރ" ގައި ބައިވެރިވެވަޑައިގަންނަވައި، މުހިއްމު މަޝްވަރާތަކުގެ ރިޔާސަތު ބަލަހައްޓަވާނެ އަދި ހަވާސާގައި ކުރިއަށްދާ ހަރަކާތްތަކުގައިވެސް ބައިވެރިވެވަޑައިގަންނަވާނެ.
751 ދުވަސް ކުރިން - 19:43
ބިދޭސީއެއްގެ ފޯނު ފޭރުނު މީހަކު ހިފަހައްޓާފައިވާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސްފައި. އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް ހައްޔަރުކޮށް، ފޭރިގަތް ފޯނު އޭގެ ވެރިފަރާތާ ހަވާލުކޮށްފައި.
751 ދުވަސް ކުރިން - 19:00
މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ދެމީހުންނަކީ ސ. ހިތަދޫ، އަތިރީއާގެ، އަހުމަދު ސިވާތް (37އ) އާއި ސ. ހިތަދޫ، ޑިލައިޓްފޭސް، މުހައްމަދު ސާލިމް (37އ). މި ހާދިސާ ހިނގާފައިވަނީ އިއްޔެ ރޭ ރަސްފަންނު ސަރަހައްދުގައި. އެ ސަރަހައްދުގައި ތިބި ބިދޭސީންތަކަކަށް ވަޅިން ބިރުދައްކައި، ފައިސާ ނުދީފިނަމަ އިނގިލިތައް ބުރިކޮށްލާނެ ކަމަށް ބުނެ އިންޒާރުދީ، ދެ ބިދޭސީއެއްގެ ވޮލެޓްގައި ހުރި ފައިސާ މި ދެމީހުން ވަނީ ފޭރިގެންފައި ކަމަށް ފުލުހުން މައުލޫމާތު ދީފައިވޭ.
751 ދުވަސް ކުރިން - 18:58
އިހަވަންދޫގައި ތަރައްޤީކުރާ ޑޮކްޔާޑާއި ސްލިޕްވޭއަކީ އުތުރުގައި ދޭން ފަށާފައިވާ މެރިޓައިމް ޚިދުމަތްތަކުގެ މުހިންމު ބައެއް. އެމްޕީއްޕީއެލްގެ އަމާޒަކީ ވީހާވެސް އަވަހަކަށް ޑޮކްޔާޑާއި ސްލިޕްވޭގެ ޢަމަލީ މަސައްކަތް ފެށުން ކަމަށް އެމްޕީއެލްގެ ސީއީއޯ ވަޖީހް ވިދާޅުވި.
751 ދުވަސް ކުރިން - 18:55
މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ވޯލްޑް ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެ ދާއިރާތަކާ ބެހޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ ވޯލްޑް ބޭންކުގެ އިރުމަތީ އޭޝިޔާ އަދި ޕެސިފިކް ސަރަޙައްދުގެ ތިމާވެށި، ގުދުރަތީ ވަސީލަތްތައް އަދި ނޫ އިޤްތިޞާދުގެ ޕްރެކްޓިސް މެނޭޖަރ މިސް އޭން ޖީނެޓް ގްލޯބަރއާ މަޝްވަރާކުރައްވާފައި.
751 ދުވަސް ކުރިން - 18:44
މިދިޔަ އަހަރު އެންމެ ގިނައިން ޑޮކްޓަރަށް ދެއްކީ އޮބްސްޓެޓްރިކްސް އަދި ގައިނެކޮލޮޖީ ނުވަތަ އަންހެނުންގެ ބަލިތަކާ ގުޅިގެން. މި ދާއިރާއިން ފަރުވާ ހޯދި މީހުންގެ ތެރޭގައި ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާ ހޯދި އެއް އިންސައްތަ ފިރިހެނުން ވެސް ހިމެނޭ ކަމަށް ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ.
751 ދުވަސް ކުރިން - 18:40
އައިޑީ ކާޑާއި ޕާސްޕޯޓް ހެދުން ފަދަ، މާލޭގައި ދެމުންދާ ބައެއް ޚިދުމަތްތައް، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވާނެ ކަމަށް ރައީސް ވެވަޑައިގެންނެވި ވަޢުދު ގެންދަވަނީ ފުއްދަވަމުން ކަމަށް ވަޒީރު އާދަމް ޝަރީފް ވިދާޅުވި.
751 ދުވަސް ކުރިން - 18:38
މި މައްސަލައިގައި، ސެޓްފިކެޓު ދޫކުރި ކަމަށް ބުނާ ކޮލެޖު/ޔުނިވާސިޓީއަށް ބޭރުގެ ޔުނިވާސިޓީން ގުޅައި ސާފުކުރުމުން، އެއީ ފޯޖުކޮށްފައިވާ ސެޓްފިކެޓެއްކަން އެނގި، އެކަން އެމްކިއުއޭއަށް އަންގާފައިވޭ. ފިޒާނާ ވިދާޅުވި ގޮތުގައި މި މައްސަލަ އަންނަ ހަފުތާގައި ފުލުހުންނަށް ހުށަހެޅޭނެ.
751 ދުވަސް ކުރިން - 17:22
އދ. ސަލާމަތީ މަޖިލީހުގެ 79 ވަނަ ސެޝަނުގައި ރައީސް ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވާއިރު، މީގެ ކުރިން ރާއްޖޭގެ އެއްވެސް ރައީސަކަށް މިފަދަ ފުރުސަތެއް ލިބިވަޑައިގެންފައެއް ނުވޭ. ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު އެމެރިކާއަށް ވަޑައިގަންނަވާ ދަތުރުފުޅާއިބެހޭ އިތުރު މަޢުލޫމާތު ސަރުކާރުން އަދި ހާމަކުރައްވާނެ
751 ދުވަސް ކުރިން - 17:09
މޯލްޑިވްސް ޕޮލިޓެކްނިކުން ބޭއްވި ގްރެޖުއޭޝަން ރަސްމިއްޔާތުގައި މިނިސްޓަރ މުއްޠަލިބުގެ އިތުރުން ޑރ.މަރިޔަމް މާރިޔާ އާއި ޕޮލިޓެކްނިކްގެ ސީއީއޯ ޒުޝާން ކަމާލުއްދީން ވަނީ އެ މުއައްސަސާގެ ކުރިއެރުމާއި ކުރިއަށް އޮތްތަނުގައި ފުޅާކުރުމުގެ ޕްލޭންތަކަށް އަލިއަޅުވާލައްވާފަ.
751 ދުވަސް ކުރިން - 14:39
ހަމައެކަނި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ބެލިޔަސް، ކުދި ޖަޒީރާ އެހެން ގައުމުތަކަށް ވުރެ ރާއްޖެއިން ކުރިއެރުން ހޯދާފައިވާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވި
751 ދުވަސް ކުރިން - 14:13