ރާއްޖޭގެ ރައީސަކު ފުރަތަމަ ފަހަރަށް އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާގެ ސަލާމަތީ މަޖިލީހުގައި ތަޤްރީރު ކުރައްވަން ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއްޔެ މިކަން ސަރުކާރުން ހާމަކުރައްވަމުން ، ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ، އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ދަތުރުފުޅުގައި އ.ދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަގުރީރު ކުރައްވާއިރު، މީގެ ކުރިން އެއްވެސް ރައީސަކު ރާއްޖެއިން އދ. ގެ ސަލާމަތީ މަޖިލިސް ތެރެއިން ފެނިފައި ނުވާކަން ތަރުޖަމާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ މި ދަތުރުފުޅުގެ އިތުރު ތަފްސީލުތައް ވީހާވެސް އަވަހަށް އާންމު ކުރައްވާނެ ކަމަށް ހީނާ ވިދާޅުވި އެވެ. އަދި އ.ދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ހިނގަމުންދާ ސަމިޓް އޮފް ދަ ފިއުޗަރގައިވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި، ޕްރިންސްޓަން ޔުނިވަރސިޓީގެ ދަރިވަރުންނާވެސް ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އޯޕެން ބަހުސް ތާވަލު ކުރެވިފައިވަނީ ސެޕްޓެމްބަރު 24 އިން 28 އަށް އަދި ސެޕްޓެމްބަރު 30 ގައެވެ. އ.ދ. ގެ ސަލާމަތީ މަޖިލީހުގެ ހާއްސަ އޯޕެން ޑިބޭޓެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާއިރު
ފާހަގަ ކުރެވޭ ގޮތުގައި ރާއްޖެއިން އދ.ގެ ސެކިއުރިޓީ ކައުންސިލުގެ މެމްބަރަކަށް ވުމަށް ރައީސް ވަނީ މީގެ ކުރިން ޚިޔާލު ފާޅުކުރައްވަވާފައެވެ.









