Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ވޯލްޑް ބޭންކުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ފަށައިފި

މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ވޯލްޑް ބޭންކުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
665 ދުވަސް ކުރިން - 20 ސެޕްޓެންބަރު 2024 18:44
ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާ
ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާ
ޚުލާސާ

މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ވޯލްޑް ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެ ދާއިރާތަކާ ބެހޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ ވޯލްޑް ބޭންކުގެ އިރުމަތީ އޭޝިޔާ އަދި ޕެސިފިކް ސަރަޙައްދުގެ ތިމާވެށި، ގުދުރަތީ ވަސީލަތްތައް އަދި ނޫ އިޤްތިޞާދުގެ ޕްރެކްޓިސް މެނޭޖަރ މިސް އޭން ޖީނެޓް ގްލޯބަރއާ މަޝްވަރާކުރައްވާފައި.

މަސްވެރިކަމާ ގުޅުންހުރި ދެމެހެއްޓެނިވި މަސައްކަތްތަކަށް މާލީ އެހީ ހޯދުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވޯލްޑް ބޭންކާއެކު މަޝްވަރާތަކެއް ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން ޕްލޭނެއް އެކުލަވާލުމަށް މިއަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި ވޯލްޑް ބޭންކުގެ ޓީމެއް ރާއްޖެ އަންނާނެކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.

މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ވޯލްޑް ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެ ދާއިރާތަކާ ބެހޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ ވޯލްޑް ބޭންކުގެ އިރުމަތީ އޭޝިޔާ އަދި ޕެސިފިކް ސަރަޙައްދުގެ ތިމާވެށި، ގުދުރަތީ ވަސީލަތްތައް އަދި ނޫ އިޤްތިޞާދުގެ ޕްރެކްޓިސް މެނޭޖަރ މިސް އޭން ޖީނެޓް ގްލޯބަރއާ މަޝްވަރާކުރައްވާފައެވެ.

Advertisement

Advertisement 1

މި ބައްދަލުވުމުގައި ވަޒީރު ޝިޔާމް ވަނީ ވޯލްޑް ބޭންކުން ފަންޑުކޮށްގެން އެ ވުޒާރާއިން ކުރިއަށްގެންދާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.

ވަޒީރު ޝިޔާމް ވިދާޅުވެފައިވަނީ މިފްކޯއަށް ގަންނަ މަހުގެ 65 އިންސައްތައަކީ ރާއްޖެއިން އެކްސްޕޯޓް ކުރާ ރޯ މަސްކަމަށާއި، ސަރުކާރުގެ އަމާޒަކީ މަސް ޕްރޮސެސްކޮށް މި ޢަދަދު މަދުކުރުން ކަމަށެވެ. އަދި ރާއްޖޭގެ 3 ސަރަޙައްދެއްގައި މަސް ޕްރޮސެސްކުރާ ފެސިލިޓީތައް ޤާއިމުކުރުމަށް މިހާރު ވަނީ މަސައްކަތް ފަށާފައިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، ކުންފުނިތަކުގައި ބޭނުންކުރާ ތެލުގެ 35 އިންސައްތަ ޚަރަދު އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތެއްކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވޯލްޑް ބޭންކްއިން ތިމާވެށީގެ ދާއިރާއިންނާއި، އަންހެނުން ބާރުވެރިކުރުވުމާއި އަދި އެހެނިހެން ދާއިރާތަކުން ކުރާ މަސްވެރިކަމާ ގުޅުންހުރި ދެމެހެއްޓެނިވި މަސައްކަތްތަކަށް ފައިނޭންސް ލިބޭނެ ގޮތްތައް އެބަހުރިކަމަށް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑު) އާއެކުވެސް ބައްދަލުވުމެއް ބާއްވާފައިވާކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ މަސްވެރި ސިނާއަތް ތަރައްޤީކުރުމަށް އިފާޑުގެ އެހީތެރިކަން ބޭނުންވާ ދާއިރާތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ވަޒީރު ޝިޔާމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސްވެރިކަން ތަރައްޤީކުރުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން މެރިކަލްޗަރ ދާއިރާ ތަރައްޤީކުރުމަށް ގެންގުޅުއްވާ ވިސްނުންފުޅު ހިއްސާކުރައްވައި، މެރިކަލްޗަރ ތަރައްޤީކުރުމަށް އެ ވުޒާރާއިން ކުރަމުންދާ މަސައްކަތްތައްްވެސް އިފާޑުގެ ފަރާތްތަކާ ހިއްސާކުރައްވާފައެވެ.

އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ތެރެއިން މަސް ޕްރޮސެސްކުރުމުގައި އަންހެނުންގެ ދައުރު ފާހަގަކުރައްވައި، އެ ފަރާތްތަކަށް އެހީ ބޭނުންވާ ދާއިރާތައް އެ ވުޒާރާއިން ވަނީ އިފާޑުގެ ފަރާތްތަކާ ހިއްސާކުރައްވާފައެވެ.

މި މަޝްވަރާތަކަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށާއި، މަސްވެރިކަމާ ގުޅުންހުރި ދެމެހެއްޓެނިވި މަސައްކަތްތަކަށް މާލީ އެހީތެރިކަން ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ބެލެވެއެވެ. ޚާއްޞަކޮށް ވޯލްޑް ބޭންކުގެ ޓީމެއް މިއަހަރުގެ ނޮވެމްބަރު މަހު ރާއްޖެ އައުމަށް ހަމަޖެހިފައިވުމަކީ މި މަސައްކަތްތައް އިިތުރަށް ކުރިއަށް ގެންދިއުމަށް ލިބޭނެ ފުރުޞަތެއްކަމަށް ފާހަގަކުރެވެއެވެ.

މި މަސައްކަތްތަކުގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އައު ކުރިއެރުންތަކެއް ލިބި، މަސްވެރިންނާއި މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ފަރާތްތަކަށް އިތުރު ފައިދާތަކެއް ލިބިގެންދާނެކަމަށް އުންމީދު ކުރެވެއެވެ.

ވޯލްޑް ބޭންކް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މޯލްޑިވްސް ޑިޖިޓަލް ސަމިޓް މި މަހުގެ 27 ގައި ބާއްވަން ތައްޔާރުވެއްޖެ

މޯލްޑިވްސް ޑިޖިޓަލް ސަމިޓް މިމަހުގެ 27 ގައި

81 ދުވަސް ކުރިން - 08:52

ސޯލާ ޕްރޮޖެކްޓްތައް ކުރިއަށްދާ ގޮތް ބެލުމަށް ވޯލްޑް ބޭންކްގެ ވަފުދެއް ދެކުނުގައި

ސޯލާ މަޝްރޫއުތައް ބެލުމަށް ވޯލްޑް ބޭންކުން ދެކުނަށް

167 ދުވަސް ކުރިން - 13:31

ވޯލްޑްބޭންކަށް ރާއްޖޭގެ އިޤްތިޞާދާއި ދޭތެރޭ އިތުބާރު އެބައޮތް ކަމަށް ބުނެފި

ވޯލްޑްބޭންކަށް ރާއްޖެއާމެދު އިތުބާރު އެބައޮތް ކަމަށް ބުނެފި

446 ދުވަސް ކުރިން - 08:13

ޑިވެލޮޕްމަންޓް ބޭންކުގެ ސީއީއޯ ނޮއެލް ގްރެގަރ އިސްތިއުފާދެއްވައިފި

ޑިވެލޮޕްމަންޓް ބޭންކުގެ ސީއީއޯ އިސްތިއުފާދެއްވައިފި

481 ދުވަސް ކުރިން - 17:39

މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖޭގެ އިޤްތިޞާދަށް ނުރައްކާ: ވޯލްޑް ބޭންކް

މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖޭގެ އިޤްތިޞާދަށް ނުރައްކާ: ވޯލްޑް ބޭންކް

667 ދުވަސް ކުރިން - 23:45