Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އދ. ގެ ސަލާމަތީ މަޖިލީހާއި ބައިނަލްއަގުވާމީ މާލީ އިދާރާތައް ހިންގަނީ މާޒީވެގޮސްފައިވާ ނިޒާމެއްގެ މަތިން - ގުޓެރޭޒް

އދ. ގެ ސަލާމަތީ މަޖިލީހާއި ބައިނަލްއަގުވާމީ މާލީ އިދާރާތައް ހިންގަނީ މާޒީވެގޮސްފައިވާ ނިޒާމެއްގެ މަތިން - ގުޓެރޭޒް

ހުސައިން އިސްމާއިލް
21 ގަޑިއިރު ކުރިން - 23 ސެޕްޓެންބަރު 2026 05:40
އެންޓޯނިއޯ ގުޓެރޭޒް: އެފްރިކާ ބައްރަށް ސަލާމަތީ މަޖިލީހުގެ ދާއިމީ ގޮނޑިއެއް ނެތުމަކީ މިއަދު ބަލައިގަނެވޭނެ ކަމެއް ނޫނެ
އެންޓޯނިއޯ ގުޓެރޭޒް: އެފްރިކާ ބައްރަށް ސަލާމަތީ މަޖިލީހުގެ ދާއިމީ ގޮނޑިއެއް ނެތުމަކީ މިއަދު ބަލައިގަނެވޭނެ ކަމެއް ނޫނެ
ޚުލާސާ

ގުޓެރޭޒް ވިދާޅުވީ ވޯލްޑް ބޭންކުވެސް ހިންގަނީ ދެވަނަ ބޮޑުހަނގުރާމައިގެ ބާރުގެ ދުވަސްވަރާއި އެއްގޮތަށް ކަމަށާއި، މިއަދުގެ ދުނިޔޭގެ ޙަޤީޤަތްތައް ދައްކުވައިދޭނެ ފަދަ ބޮޑެތި އިޞްލާޙުތަކެއް އދ އަށް ވެސް ގެންނަން މަޖުބޫރުވެފައިވާ ކަމަށް.

އދ. ގެ ސަލާމަތީ މަޖިލީހާއި ބައިނަލްއަގުވާމީ މާލީ އިދާރާތައް ކަމަށްވާ ވޯލްޑް ބޭންކް ފަދަ ތަންތަން އަދިވެސް ހިންގަނީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރުގެ ބާރުގެ އޮނިގަނޑަށް ފެތޭގޮތަށް ކަމަށް، ނިއުޔޯކުގައި މިހާރު ކުރިޔަށްދާ އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި އެ ޖަމިއްޔާގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވެއްޖެއެވެ.

އެންޓޯނިއޯ ގުޓެރޭޒް ސިފަކުރެއްވި ގޮތުގައި، މިއީ މިއަދުގެ ދުނިޔޭގެ ޙަޤީޤީ މަސްރަޙާ އެއްވެސް ވަރަކަށް ނުގުޅޭ، މާޒީވެގޮސްފައިވާ ނިޒާމެކެވެ.

ގުޓެރޭޒް ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ބޮޑު އާބާދީއެއް ހިމެނޭ އެފްރިކާ ބައްރަށް ސަލާމަތީ މަޖިލީހުގެ ދާއިމީ ގޮނޑިއެއް ނެތުމަކީ މިއަދު ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ދުނިޔޭގެ މާލީ ނިޒާމުތައްވެސް ބައްޓަންކޮށްފައި ވަނީ ފަގީރު ގައުމުތަކަށް ބޭއިންސާފުވާ ގޮތަށް، ހަމައެކަނި މުއްސަނދި ގައުމުތަކުގެ މަސްލަހަތު ހިފެހެއްޓުމަށް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، މިއަދުގެ ދުނިޔޭގެ ޙަޤީޤަތްތައް ދައްކުވައިދޭނެ ފަދަ ބޮޑެތި އިޞްލާޙުތަކެއް މި މުއައްސަސާތަކަށް ގެންނަން މަޖުބޫރުވެފައިވާ ކަމަށް ވިދާޅުވިއެވެ.

Advertisement

Advertisement 1

ދުނިޔޭގެ ހަމަޖެހުމާއި އިންސާފު ގާއިމުކުރެވޭނީ މި ބަދަލުތައް ގެނެސްގެން ކަމަށް ވިދާޅުވެ، މުއައްސަސާތައް ޒަމާނާ އެއްގޮތަށް ބަދަލުކުރުމަށް ގައުމުތަކަށް ގޮވައިލެއްވިއެވެ.

ގުޓަރޭސްއދ. ގެ އާންމު މަޖިލިސްވޯލްޑް ބޭންކް
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ދެވަނަ ބޮޑުހަނގުރާމައިގެ ޒަމާންވީ މާލީ ނިޒާމު ބަދަލުކުރަން ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުތަކަށް އދ. ގެ ވެރިޔާ އެއްގަލަކަށް!

އދ. ރިފޯމްކުރުމަށް ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުތަކަށް އދ.ގެ ވެރިޔާ އެއްގަލަކަށް!

19 ގަޑިއިރު ކުރިން - 08:00

ދުނިޔޭގެ މައްސަލަތައް ޙައްލުކުރުމުގެ ބާރު ސުޕަޕަވަރުންގެ އަތަކު ނެތް: އދ. ގެ ސެކްރެޓަރީ ޖެނެރަލް

ދުނިޔޭގެ މައްސަލަތައް ޙައްލުކުރުމުގެ ބާރު ސުޕަޕަވަރުންގެ އަތަކު ނެތް: ގުޓެރޭޒް

21 ގަޑިއިރު ކުރިން - 06:00

ދުނިޔޭގެ މާލީ ނިޒާމުތައް ބައްޓަންކޮށްފައިވަނީ ފަގީރު ގައުމުތަކަށް ބޭއިންސާފުވާ ގޮތަށް، މުއްސަނދީންނަށް މޮޅުގޮތަށް: ގުޓެރޭޒް

ނިޒާމުތައް ބައްޓަންކޮށްފައިވަނީ ފަގީރު ގައުމުތަކަށް ބޭއިންސާފުވާ ގޮތަށް، މުއްސަނދީންނަށް މޮޅުގޮތަށް: ގުޓެރޭޒް

21 ގަޑިއިރު ކުރިން - 05:49

މޯލްޑިވްސް ޑިޖިޓަލް ސަމިޓް މި މަހުގެ 27 ގައި ބާއްވަން ތައްޔާރުވެއްޖެ

މޯލްޑިވްސް ޑިޖިޓަލް ސަމިޓް މިމަހުގެ 27 ގައި

149 ދުވަސް ކުރިން - 08:52

ސޯލާ ޕްރޮޖެކްޓްތައް ކުރިއަށްދާ ގޮތް ބެލުމަށް ވޯލްޑް ބޭންކްގެ ވަފުދެއް ދެކުނުގައި

ސޯލާ މަޝްރޫއުތައް ބެލުމަށް ވޯލްޑް ބޭންކުން ދެކުނަށް

235 ދުވަސް ކުރިން - 13:31

ވޯލްޑްބޭންކަށް ރާއްޖޭގެ އިޤްތިޞާދާއި ދޭތެރޭ އިތުބާރު އެބައޮތް ކަމަށް ބުނެފި

ވޯލްޑްބޭންކަށް ރާއްޖެއާމެދު އިތުބާރު އެބައޮތް ކަމަށް ބުނެފި

514 ދުވަސް ކުރިން - 08:13

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%