ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމުކުރެވުނު ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނެފައިވާ ގޮތުގައި، ނޮއެލް ގްރެގަރ އިސްތިއުފާ ހުށަހެޅުމާއި ގުޅިގެން އެ އިސްތިއުފާ ޤަބޫލުކޮށް، އޭނާ މަޤާމުން ވަކިކޮށްފައިވެއެވެ.
އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް ޑިވެލޮޕްމަންޓް ބޭންކުގެ ސީއީއޯގެ މަޤާމަށް އައްޔަންކުރެވުނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 26 ވަނަ ދުވަހުއެވެ.
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ ކުޑަ އިންޓަރެސްޓް ރޭޓެއްގައި ތަރައްޤީގެ މުހިންމު މަޝްރޫޢުތަކަށާއި އަމިއްލަ ބޮޑެތި އިންވެސްޓްމަންޓްތަކަށް ލޯނު ލިބޭނެ މަގު ތަނަވަސްކުރުމެވެ. މި ބޭންކު ރަސްމީކޮށް އިފްތިތާޙުކުރީ 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހުއެވެ.










