މި ރޯޑް ޝޯވ ކުރިއަށް ގެންގޮސްފައިވަނީ ހުކުރު ދުވަހުގެ ހަވީރު، ހުޅުމާލޭގައި އާންމުން ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކާއި މަގުތަކާއި މީހުން ގިނައިން ދިރިއުޅޭ ފުލެޓުތައް ހިމެނޭ ސަރަހައްދުތަކުގައި. މި ހަރަކާތުގައި ލައުޑް ސްޕީކަރު ބޭނުންކޮށްގެން، މަގުމަތީގެ އާންމު މިންގަނޑުތަކާއި ގާނޫނާއި ގަވާއިދުތަކަށް ހޭލުންތެރިކުރުމުގެ މެސެޖުތައް އިއްވާފައިވޭ.
750 ދުވަސް ކުރިން - 15:03
ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ގްރޫޕް ހަދައިގެން މާރާމާރީ ހިންގި މައްސަލާގައި ހައްޔަރުކުރެވުނީ މ. މަސްކޮތަންގޭ، މުހައްމަދު ސިބްޠް އަބްދުﷲ (19 އަހަރު). ކްރިމިނަލް ކޯޓުން އިއްޔެ ވަނީ މި މައްސަލައިގެ ތަހުގީގު މަރުހަލާ ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ.
750 ދުވަސް ކުރިން - 14:33
މިއަހަރުގެ މިހާތަނަށް އެކި މައްސަލަތަކުގައި 3300 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ކުރިން ވަނީ ހާމަކޮށްފައި. ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންވެސް ޤަވާއިދަށް ފެއްތުމަކީ އިމިގްރޭޝަންގެ ޤާނޫނުން ލާޒިމްކުރާ ކަމެއް. މިއަހަރުގެ މިހާތަނަށް އެކި މައްސަލަތަކުގައި 3300 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފި
750 ދުވަސް ކުރިން - 13:58
އީޖީއެމްގައި ބޯޑު ޑިރެކްޓަރުންގެ ގޮތުގައި އައްޔަންކޮށްފައިވަނީ އަޙްމަދު އަލީ ޙަބީބު ، އަލީ އިރުފާން އަދި މުޙައްމަދު ޝާހިދު. އީޖީއެމްއަށްފަހު ބޭއްވުނު ބޯޑު ބައްދަލުވުމުގައި އަޙްމަދު އަލީ ޙަބީބު ވަނީ ޗެއާޕާސަންގެ މަޤާމަށް އައްޔަންކޮށްފައި. އަޙްމަދު އަލީ ޙަބީބަކީ މީގެ ކުރިން ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީގެ މަޤާމުގައި ހުންނެވި ބޭފުޅެއް.
750 ދުވަސް ކުރިން - 13:49
މި ފަސް އަހަރުގެ ތެރޭ މަދުވެގެން 500 އިމާމުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަމްރީން ކުރާނެ ކަމަށާ އަދި މަދުވެގެން 1000 ޒުވާން ޚަތީބުން ނެރޭނެ ކަމަށް ވަޒީރު ވިދާޅުވި.
750 ދުވަސް ކުރިން - 13:35
މިތަކެތި ގެނެސްފައިވަނީ މިމަހުގެ 16ވަނަ ދުވަހާއި 18ވަނަ ދުވަހު. މިތަކެތި އަތުލައިގަނެފައިވަނީ ސެޕްޓެމްބަރު 18 ވަނަ ދުވަހު ރާއްޖެ އައި އެއަރކާގޯ ޝިޕްމަންޓަކާއި، ޕޯސްޓް ޕެކޭޖެއް އަދި ސެޕްޓެމްބަރު 16 ވަނަ ދުވަހު ރާއްޖެ އައި 65 އަހަރުގެ ދިވެހި ފިރިހެނަކު ބަލައި ފާސްކުރުމުގެ ތެރޭގަ
750 ދުވަސް ކުރިން - 07:02
ޓާސްކު ފޯސް އަށް ލިބިފައިވާ މަޢުލޫމާތަކާއި ގުޅިގެން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާގޮތަށް ބިދޭސީން ދިރިއުޅެމުން ދިއަ ތަނެއް ވަނީ ބަލައި ފާސްކޮށްފައި
750 ދުވަސް ކުރިން - 06:42
ތިނަދޫ ސިޓީގެ ރައްޔިތުން ބޭނުންވަނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރަން ކަމަށާއި އެ މަސައްކަތަކީ މުޅި ހުވަދު އަތޮޅުގެ ރައްޔިތުންނަށް ވެސް ފައިދާވާނެ މަސައްކަތެއް ކަމަށާ، އަދި ޓަރޝަރީ ހޮސްޕިޓަލް އަޅާނީ މިހާރުގެ ހޮސްޕިޓަލް ހުރި ބިމުގައި ކަމަށް ވަޒީރު ވިދާޅުވި.
750 ދުވަސް ކުރިން - 06:36
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި، އަނިޔާ ލިބުނު ފަރާތަކީ ދިވެހި ފިރިހެނެއް ކަމަށް. އަނިޔާ ލިބުނު ފަރާތަށް އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވޭ.
750 ދުވަސް ކުރިން - 06:28
މުދައްރިސުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމާ ގުޅޭ ގޮތުން މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ފަށާފައިވާ ކަމަށް ތައުލީމާ ބެހޭ ވުޒާރާއިން ބުނެފައިވޭ
750 ދުވަސް ކުރިން - 06:23
މިދިޔަ އަހަރު މާލޭގައި ހިންގި ނުރައްކާތެރި މާރާމާރީއަކާ ގުޅިގެން ފިލައިގެން އުޅުނު 3 މީހަކު ހައްޔަރުކޮށްފި.މި މީހުން ހައްޔަރުކޮށްފައިވަނީ ތައިލެންޑުން ޑިޕޯޓްކޮށްލުމާ ގުޅިގެން ރާއްޖެ އައުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން. މީގެ ތެރެއިން ދެ މީހަކު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، އެއް މީހަކު ބަންދުން ދޫކޮށްލަން އަމުރުކޮށްފައިވޭ
750 ދުވަސް ކުރިން - 06:12
މި ކެރޭނަކީ "ކޮބެލްކޯ" ބްރޭންޑްގެ 25 ޓަނުގެ ކެރޭނެއް. އަދި މިއީ އިހަވަންދޫ ކައުންސިލްގެ އެދުމަކަށް އެކުންފުނިން ހަދިޔާކުރި ކެރޭނެއްކަން ވެސް އެމްޕީއެލުން ފާހަގަކުރި.
751 ދުވަސް ކުރިން - 19:49