Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކޮންމެ އަހަރަކު 100 އިމާމުން ރާއްޖެއިން ބޭރުން ތަމްރީން ކުރާނެކަމަށް ޝަހީމް ވިދާޅުވެއްޖެ

ކޮންމެ އަހަރަކު 100 އިމާމުން ރާއްޖެއިން ބޭރުން ތަމްރީން ކުރާނެކަމަށް ޝަހީމް ވިދާޅުވެއްޖެ

އައިޝަތު ރުވާ ރިފްޢަތު
664 ދުވަސް ކުރިން - 21 ސެޕްޓެންބަރު 2024 13:35
ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

މި ފަސް އަހަރުގެ ތެރޭ މަދުވެގެން 500 އިމާމުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަމްރީން ކުރާނެ ކަމަށާ އަދި މަދުވެގެން 1000 ޒުވާން ޚަތީބުން ނެރޭނެ ކަމަށް ވަޒީރު ވިދާޅުވި.

ކޮންމެ އަހަރަކު 100 އިމާމުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަމްރީން ކުރާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ މިިއަދު ބޭއްވުނު އިމާމުންގެ މަހާސިންތާ 2024 ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއިން ބޭރަށް 500 އިމާމުން ތަމްރީން ކުރުމަށް ފޮނުވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި މިއަހަރުގެ މިހާތަނަށް އައު މަންހަޖުގެ ތެރެއިން 400 އިމާމުންނަށް ތަމްރީން ދީފައިވާ ކަމަށާއި، ރާއްޖެއިން ބޭރަށް 60 އިމާމުން ފޮނުވައިގެން ތަމްރީންކޮށްފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

"މި ފަސް އަހަރުގެ ތެރޭ މަދުވެގެން 500 އިމާމުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަމްރީން ކުރާނަން. އަދި މަދުވެގެން 1000 ޒުވާން ޚަތީބުން ނެރޭނަން," ވަޒީރު ވިދާޅުވިއެވެ.

Advertisement

Advertisement 1

މީގެ އިތުރުން، އިމާމުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ. އަދި މި މަހާސިންތާގައި މަޝްވަރާކޮށް ނިންމާ ކަންތައްތައް ތަންފީޒު ކުރައްވާނެ ކަމަށާއި، އިމާމުންގެ އައު އޮނިގަނޑު އެކުލަވާލާއިރު މި މަހާސިންތާގައި މަޝްވަރާކުރާ ކަންތައްތަކާއި ނިންމާ ކަންތައްތައް ހިމަނުއްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ މި މަހާސިންތާގައި 500 އަށްވުރެ ގިނަ އިމާމުން ބައިވެރިވެއެވެ. މީގެ ތެރޭގައި އޮންލައިންކޮށް 300 އިމާމުންނާއި ހާޒިރުވެގެން ބައިވެރިވާ 208 އިމާމުން ހިމެނެއެވެ. މި މަހާސިންތާގެ މަޤްޞަދަކީ ރާއްޖޭގެ އިމާމުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އުފެއްދުމާއި، އިމާމުންނަށް ދިމާވާ ދަތިތައް ދެނެގަނެ، އެފަދަ މައްސަލަތަކަށް ހައްލު ހޯދާނެ ގޮތް އުނގަންނައިދިނުން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީމިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެ އަހަރުން އެއް އަހަރު ބޭއްވުމަށް ނިންމައިފި

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެއަހަރުން އެއްއަހަރު ބޭއްވުމަށް ނިންމައިފި

7 ދުވަސް ކުރިން - 21:23

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

21 ދުވަސް ކުރިން - 20:02

މިއަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއި މިނިސްޓަރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

ހައްޖު މިޝަންގެ މެމްބަރުންނާއި ޑރ. ޝަހީމް ބައްދަލުކުރައްވައިފި

75 ދުވަސް ކުރިން - 15:01

ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބުރަށް އަރައިގަތުމުގެ ނިޒާމަކަށް ވެގެންނުވާނެ: މިނިސްޓަރު ޝަހީމް

"ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބުރަށް އަރައިގަތުމުގެ ނިޒާމަކަށް ވެގެންނުވާނެ"

80 ދުވަސް ކުރިން - 14:10

ހައްޖާއި އުމްރާ އާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

ހައްޖާއި އުމްރާއާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

86 ދުވަސް ކުރިން - 12:52

އެންވަޔަރަމަންޓް މިނިސްޓަރަކަށް އަލީ ޝަރީފް، އިސްލާމިކް މިނިސްޓަރަކަށް ޝަހީމް

އެންވަޔަރަމަންޓަށް އަލީ ޝަރީފް، އިސްލާމިކް މިނިސްޓަރުކަމަށް ޝަހީމް

94 ދުވަސް ކުރިން - 19:43