Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ތިނަދޫ ޓަރޝަރީ ހޮސްޕިޓަލުގެ މަސައްކަތް މިއަހަރު ނޫނީ އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ: ޚަލީލް

ތިނަދޫ ޓަރޝަރީ ހޮސްޕިޓަލުގެ މަސައްކަތް މިއަހަރު ނޫނީ އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ: ޚަލީލް

އައިޝަތު ރުވާ ރިފްޢަތު
623 ދުވަސް ކުރިން - 21 ސެޕްޓެންބަރު 2024 06:36
ސިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް / ފޮޓޯ: ރައީސް އޮފީސް
ސިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ތިނަދޫ ސިޓީގެ ރައްޔިތުން ބޭނުންވަނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރަން ކަމަށާއި އެ މަސައްކަތަކީ މުޅި ހުވަދު އަތޮޅުގެ ރައްޔިތުންނަށް ވެސް ފައިދާވާނެ މަސައްކަތެއް ކަމަށާ، އަދި ޓަރޝަރީ ހޮސްޕިޓަލް އަޅާނީ މިހާރުގެ ހޮސްޕިޓަލް ހުރި ބިމުގައި ކަމަށް ވަޒީރު ވިދާޅުވި.

ތިނަދޫ ޓަރޝަރީ ހޮސްޕިޓަލުގެ މަސައްކަތް މިއަހަރުތެރޭގައި ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް 55 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ ތިނަދޫ ސިޓީގެ ރައްޔިތުން ބޭނުންވަނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރަން ކަމަށާއި އެ މަސައްކަތަކީ މުޅި ހުވަދު އަތޮޅުގެ ރައްޔިތުންނަށް ވެސް ފައިދާވާނެ މަސައްކަތެކެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި ޓަރޝަރީ ހޮސްޕިޓަލް އަޅާނީ މިހާރުގެ ހޮސްޕިޓަލް ހުރި ބިމުގައި ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ ޕްލޭނުގެ ދަށުން އަލަށް އަޅާ އިމާރާތާއެކު އީއާރުގެ ޚިދުމަތް މިހާރަށްވުރެ ރަނގަޅު ފެންވަރުގައި، ޒަމާނީ ޓެކްނޮލޮޖީއާއެކު ފޯރުކޮށްދެވޭނެ ކަމަށާއި، ބައިނަލްއަގުވާމީ ފެންވަރުގެ ޓެކްނޮލޮޖީތަކާއެކު އޮޕަރޭޝަން ތިއޭޓަރުތަކެއް ތަރައްގީ ކުރެވިގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. މި މަޝްރޫޢަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރައްވަމުން ގެންދަވާކަން ވެސް ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

Advertisement

Advertisement 1

މީގެ އިތުރުން، ތިނަދޫގައި ވެލްނެސް ސެންޓަރެއް ހިމެނޭހެން އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރެއް ތަރައްގީ ކުރެވިގެންދާނެ ކަމަށާއި، އަންނަ އަހަރު ތެރޭގައި އެމްއާރުއައިގެ ޚިދުމަތްވެސް ފެށޭނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް، ޖާގައިގެ ދަތިކަމާއި ދައުލަތުގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ގޮންޖެހުންތަކެއް ހުރިކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

ވަޒީރުގެ މި ދަތުރުފުޅުގައި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އަލަށް ގާއިމުކުރި ރިޕްރޮޑަކްޓިވް ހެލްތު ސެންޓަރާއި ބްލަޑް ބޭންކުވެސް ހުޅުއްވައި ދެއްވިއެވެ. އަދި ބޭސް ނުލިބުމުގެ މައްސަލައަށް ވެސް ހައްލު ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ވަޒީރު ވަނީ ދެއްވާފައެވެ.

މި މަޝްރޫޢުގެ ސަބަބުން ތިނަދޫ ސިޓީއާއި މުޅި ހުވަދު އަތޮޅުގެ ސިއްޙީ ޚިދުމަތްތައް އިތުރަށް ތަރައްޤީވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ. ޚާއްޞަކޮށް ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ގާއިމުވުމުން، ގިނަ ބަލިތަކަށް ފަރުވާ ހޯދުމަށް މާލެއަށް ދަތުރުކުރަން ޖެހޭ މިންވަރު މަދުވެގެންދާނެއެވެ.

ހެލްތު މިނިސްޓްރީ(ކުރީގެ މިނިސްޓަރު) ޑރ. އަބްދުﷲ ހަލީލް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހަރަދުތައް ކުޑަކުރާނީ ރައްޔިތުންނަށް ދަތިނުވާނެ ގޮތަކަށް: ސަރުކާރު

ހަރަދުތައް ކުޑަކުރާނީ ރައްޔިތުންނަށް ދަތިނުވާނެ ގޮތަކަށް: ސަރުކާރު

76 ދުވަސް ކުރިން - 17:52

ރާއްޖެއަށް ބޭނުންވާ ތެޔޮ ހޯދުމަށް އިތުރު މާކެޓުތައް ދަނީ ހޯދަމުން: ހަލީލު

"ތެޔޮ ހޯދުމަށް އިތުރު މާކެޓުތައް ދަނީ ހޯދަމުން"

86 ދުވަސް ކުރިން - 17:27

ވޯލްޑް ގަވަމެންޓް ސަމިޓަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ފުރާ ވަޑައިގަނެފި

ވޯލްޑް ގަވަމެންޓް ސަމިޓަށް، ފޮރިންމިނިސްޓަރު ފުރާ ވަޑައިގަނެފި

123 ދުވަސް ކުރިން - 09:46

ސޯމާލީލޭންޑަކީ ވަކި ދައުލަތެއްގެ ގޮތުގައި އިޒުރޭލުން ބަލައިގަތީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް: ހަލީލް

ސޯމާލީލޭންޑަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުން ކުށްވެރިކޮށްފި

145 ދުވަސް ކުރިން - 19:32

ފޮރިން މިނިސްޓަރު ހަލީލް ރަސްމީ ދަތުރުފުޅެއްގައި މިސްރަށް ފުރާވަޑައިގެންފި

މިނިސްޓަރު ހަލީލް ރަސްމީ ދަތުރުފުޅެއްގައި މިސްރަށް ފުރާވަޑައިގެންފި

232 ދުވަސް ކުރިން - 12:55

އދ. ގެ އޮނިގަނޑު ބަދަލުކުރުމަށް ރާއްޖެ އިން ގޮވާލައިފި

އދ. ގެ އޮނިގަނޑު ބަދަލުކުރުމަށް ރާއްޖެއިން ގޮވާލައިފި

251 ދުވަސް ކުރިން - 17:17