Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވޯލްޑް ގަވަމެންޓް ސަމިޓަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ފުރާ ވަޑައިގަނެފި

ވޯލްޑް ގަވަމެންޓް ސަމިޓަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ފުރާ ވަޑައިގަނެފި

ހައްވާ މިރުފާ
214 ދުވަސް ކުރިން - 3 ފެބްރުއަރީ 2026 09:46
ވޯލްޑް ގަވާމެންޓް ސަމިޓް---ފޮޓޯ:ވޯލްޑް ގަވާމެންޓް ސަމިޓް އޮފިޝަލް ވެބްސައިޓް
ވޯލްޑް ގަވާމެންޓް ސަމިޓް---ފޮޓޯ:ވޯލްޑް ގަވާމެންޓް ސަމިޓް އޮފިޝަލް ވެބްސައިޓް
ޚުލާސާ

މިއީ ބައިނަލްއަގުވާމީ ފެންވަރުގައި ގުޅުން ބަދަހިކުރުމަށް ބޭއްވޭ މި ސަމިޓުގައި ބައިވެރި ވުމުން، ރާއްޖެ އާއި އެހެން ގައުމުތަކުގެ ގުޅުން އިތުރަށް ބަދަހި ވާނެ

2026ގެ ވޯލްޑް ގަވާމެންޓް ސަމިޓަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީ އަށް ރަސްމީ ދަތުރު ފުޅެއްގައި ފުރާވަޑައިގެންފި އެވެ. 

ފޮރިން މިނިސްޓްރީން ބުނެފައިވާގޮތުގައި ފޮރިން މިނިސްޓަރުގެ މިދަތުރުފުޅުގެ މައިގަނޑު މަގްސަދަކީ ވޯލްޑް ގަވަމެންޓްސް ސަމިޓްގައި ބައިވެރިވެ ވަޑައިގަތުން ކަމަށެވެ.

ވޯލްޑް ގަވަމެންޓްސް ސަމިޓަކީ ޔޫއޭއީ ގެ ނައިބު ރައީސް، ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ މުހައްމަދު ބިން ރާޝިދު އަލް މަކްތޫމް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ސަމިޓެކެވެ. މިއަހަރުގެ ސަމިޓަކީ "ޝޭޕިން ފިއުޗާ ގަވާމެންޓްސް" މި ޝިއާރުގެ ދަށުން ބާއްވާ ސަމިޓެކެވެ. މިއީ ބައިނަލްއަގުވާމީ ފެންވަރުގައި ގުޅުން ބަދަހިކޮށް، ޕާޓްނަޝިޕްތައް އިތުރަށް ހަރުދަނާ ކުރުމަށް މުހިންމު ޕްލެޓްފޯމެކެވެ.

Advertisement

Advertisement 1

މިއަހަރު ރާއްޖޭގެ ވަފުދުގައި ފޮރިން މިނިސްޓަރުގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ. އޭގެ އިތުރުން ވޯލްޑް ގަވާންމަންޓްސް ސަމިޓްގައި ރާއްޖެއިން ބައިވެރިވާ ވަފުދުގައި ހިމެނި ވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ދިވެހި ރާއްޖެ އަށް ޔޫއޭއީ އިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުހައްމަދު ހުސައިން ޝަރީފް ހިމެނެ އެވެ.

އަދި ދިވެހިރާއްޖެއިން ޔޫއޭއީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ނައިބު ހަސާން ވަހީދްގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެސިސްޓެންޓް ޑިރެކްޓަުރ އާއިޝަތު ލީން ފަޒީހް މި ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްދުބާއީ(ކުރީގެ މިނިސްޓަރު) ޑރ. އަބްދުﷲ ހަލީލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ނޭޕާލްގެ ކާރިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވާކަން ކަށަވަރުވެއްޖެ

ނޭޕާލްގެ ކާރިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވާކަން ކަށަވަރުވެއްޖެ

9 ދުވަސް ކުރިން - 20:12

ސައުދީ އަރަބިއްޔާއަށް ދިން މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

ސައުދީ އަރަބިއްޔާއަށް ދިން މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

53 ދުވަސް ކުރިން - 20:25

ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުން ޢައްޔަން ކުރައްވައިފި

ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުން ޢައްޔަން ކުރައްވައިފި

72 ދުވަސް ކުރިން - 13:00

ޔޫއޭއީ އާއި ގަތަރަށް ކަނޑައަޅާ ސަފީރުންގެ ގޮތުގައި ތޯރިގާއި އާދަމް ޝަރީފް އައްޔަންކުރަނީ

ސަފީރުންގެ ގޮތުގައި ތޯރިގާއި އާދަމް ޝަރީފް އައްޔަންކުރަނީ

114 ދުވަސް ކުރިން - 12:11

ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް މަޝްވަރާކޮށްފި

ރާއްޖެ-އިންޑިއާ މިނިވަން ވިޔަފާރީގެ މަޝްވަރާތައް އަވަސްކުރަނީ

114 ދުވަސް ކުރިން - 12:09

މިނިސްޓަރު އިރުތިޝާމް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގަންނަވައިފި

މިނިސްޓަރު އިރުތިޝާމް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް

116 ދުވަސް ކުރިން - 15:01