Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އދ. ގެ އޮނިގަނޑު ބަދަލުކުރުމަށް ރާއްޖެ އިން ގޮވާލައިފި

އދ. ގެ އޮނިގަނޑު ބަދަލުކުރުމަށް ރާއްޖެ އިން ގޮވާލައިފި

އައިޝަތު ރުވާ ރިފްޢަތު
251 ދުވަސް ކުރިން - 28 ސެޕްޓެންބަރު 2025 17:17
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޚަލީލް އެސްޓޯނިއާ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން: ބާރުގަދަ ޤައުމުތަކުގެ ސަބަބުން އދ. އާއި މެދު ޤައުމުތައް ދެކޭ ގޮތް ބަދަލުވެއްޖެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޚަލީލް އެސްޓޯނިއާ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން: ބާރުގަދަ ޤައުމުތަކުގެ ސަބަބުން އދ. އާއި މެދު ޤައުމުތައް ދެކޭ ގޮތް ބަދަލުވެއްޖެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ.
ޚުލާސާ

އދ. ގެ ސަލާމަތީ މަޖިލީހުގެ ވީޓޯ ބާރު ނައްތާލައި، އޮނިގަނޑަށް އިސްލާހީ ބަދަލުތަކެއް ގެނައުމަށް ރާއްޖެއިން ގޮވައިލައިފި.

ދުނިޔޭގެ އެންމެ ބާރުގަދަ ޖަމާޢަތް ކަމަށްވާ އދ. ގެ އެންމެ ބާރުގަދަ ގުނަވަން، ސަލާމަތީ މަޖިލީހުގައި ބައެއް ބާރުގަދަ ޤައުމުތަކަށް ލިބިފައިވާ ވީޓޯ ކުރުމުގެ ބާރު ނިމުމަކަށް ގެނެސް، އެ ޖަމާޢަތުގެ މުޅި އޮނިގަނޑު އިޞްލާޙުކުރަން ޖެހިފައިވާ ކަމަށް ރާއްޖެއިން އިއްޔެ އދ. ގައި ގޮވާލައިފިއެވެ. މިގޮތަށް ގޮވައިލީ، ބައިނަލްއަޤްވާމީ ޤާނޫނުތައް ހަމަހަމަ ކަމާއެކު ތަންފީޒް ނުކުރެވުމުގެ ސަބަބުން ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކާއި، ޚާއްޞަކޮށް ފަލަސްތީނުގެ ޣައްޒާގައި ހިނގަމުންދާ އިންސާނިއްޔަތާއި ޚިލާފު ޢަމަލުތަކަށް ޙައްލެއް ނުލިބުމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ނިމިދިޔަ ކުދި ޖަޒީރާ ޤައުމުތަކުގެ ނުވަތަ (ސިޑްސް)ގެ ބައްދަލުވުންތަކުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ތަކުރާރުކޮށް، މި ދެންނެވި ވީޓޯ ކުރުމުގެ ބާރު އުވައިލުމަށް ވަކާލާތުކުރައްވިކަން ފާހަގަ ކުރެވެއެވެ.

Advertisement

Advertisement 1

އދ. ގެ ޢާންމު މަޖިލީހުގެ މިހާރު ކުރިއަށްދާ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު ޚަލީލް ވިދާޅުވީ، ޤައުމުތަކުގެ މެދުގައި ހަމަހަމަކަމާއެކު ބައިނަލްއަޤްވާމީ ޤާނޫނުތައް ނުހިނގާތީ އެކަމުގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމަށެވެ. އެގޮތުން އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ޤާތުލުޢާންމަކީ މިފަދަ ޙާލަތެއްގެ ސާފު މިސާލެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ޚަލީލް ވިދާޅުވީ އިޒްރޭލުގެ ޖަރީމާތައް ހުއްޓުވަން ނުކުޅެދުމުގެ ސަބަބުން އެ އަނިޔާވެރިކަން ޤަޠަރާއި ސީރިއާ އާއި ޖޯޑަނާއި ޔަމަނު އަދި އީރާނާއި ހަމައަށް ވެސް ފޯރާފައިވާ ކަމަށެވެ. އެހެންކަމުން މިއީ އެއްވެސް ޤައުމެއްގެ ބޯޑަރަށް ސަލާމަތެއް ނެތްކަމް ދައްކުވައިދޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ،

މިކަމަށް ޙައްލެއް ހޯދުމަށް އދ. ގެ އޮނިގަނޑު އިޞްލާޙްކޮށް، ހަމަހަމަކަމާއި އިންޞާފު ޤާއިމުކުރުން އަވަސްކުރުމަށް މިނިސްޓަރު ވަނީ ގޮވާލައްވައިފައެވެ. އަދި އެންމެ މުހިންމު ކަމަކީ، ވީޓޯ ކުރުމުގެ ބާރަށް ނުސިހޭ ސަލާމަތީ މަޖިލީހެއް އެކުލަވައިލުން ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ. މިފަދަ އިޞްލާޙްތަކުގެ މައިގަނޑު ބޭނުމަކީ، އދ. އަށް ލިބިފައިވާ އިތުބާރުގެ އިތުރުން ބައިނަލްއަޤްވާމީ ނިޒާމަށް އޮތް އިތުބާރު އަލުން އިޢާދަކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސަލާމަތީ މަޖިލީހުގެ ނިންމުންތައް އެ މަޖިލީހުގެ ދާއިމީ ފަސް މެންބަރުން ކަމަށްވާ އެމެރިކާ، ރަޝިޔާ، އިނގިރޭސި ވިލާތް، ފްރާންސް އަދި ޗައިނާ އިން ކުރެ ކޮންމެ ޤާއުމަކުން ވެސް ބޭނުންވެއްޖެ ނަމަ ވީޓޯކޮށް ބާތިލްކޮށްލުމުގެ ބާރު އޮންނާތީ، އެކަމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެން ވިދާޅުވީ، ދުނިޔޭގެ ނިޒާމުގެ ތެރޭގައި އިތުބާރު ގެއްލި ޝައްކުތައް ގިނަވަމުންދާ އެންމެ ބޮޑު އެއް ސަބަބަކީ ސަލާމަތީ މަޖިލީހުގެ ނާގާބިލްކަމެވެ.

(ކުރީގެ މިނިސްޓަރު) ޑރ. އަބްދުﷲ ހަލީލްއދ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހަރަދުތައް ކުޑަކުރާނީ ރައްޔިތުންނަށް ދަތިނުވާނެ ގޮތަކަށް: ސަރުކާރު

ހަރަދުތައް ކުޑަކުރާނީ ރައްޔިތުންނަށް ދަތިނުވާނެ ގޮތަކަށް: ސަރުކާރު

76 ދުވަސް ކުރިން - 17:52

ރާއްޖެއަށް ބޭނުންވާ ތެޔޮ ހޯދުމަށް އިތުރު މާކެޓުތައް ދަނީ ހޯދަމުން: ހަލީލު

"ތެޔޮ ހޯދުމަށް އިތުރު މާކެޓުތައް ދަނީ ހޯދަމުން"

86 ދުވަސް ކުރިން - 17:27

ވޯލްޑް ގަވަމެންޓް ސަމިޓަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ފުރާ ވަޑައިގަނެފި

ވޯލްޑް ގަވަމެންޓް ސަމިޓަށް، ފޮރިންމިނިސްޓަރު ފުރާ ވަޑައިގަނެފި

123 ދުވަސް ކުރިން - 09:46

ސޯމާލީލޭންޑަކީ ވަކި ދައުލަތެއްގެ ގޮތުގައި އިޒުރޭލުން ބަލައިގަތީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް: ހަލީލް

ސޯމާލީލޭންޑަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުން ކުށްވެރިކޮށްފި

145 ދުވަސް ކުރިން - 19:32

ފޮރިން މިނިސްޓަރު ހަލީލް ރަސްމީ ދަތުރުފުޅެއްގައި މިސްރަށް ފުރާވަޑައިގެންފި

މިނިސްޓަރު ހަލީލް ރަސްމީ ދަތުރުފުޅެއްގައި މިސްރަށް ފުރާވަޑައިގެންފި

232 ދުވަސް ކުރިން - 12:55

ހާރިޖީ ވަޒީރު ހަލީލް ގަތަރަށް ފުރާވަޑައިގެންފި

ހާރިޖީ ވަޒީރު ހަލީލް ގަތަރަށް ފުރާވަޑައިގެންފި

265 ދުވަސް ކުރިން - 08:34