އދ ގައި ނަތަންޔާހޫ ތަގުރީރުކުރައްވަނިކޮށް ފަލަސްޠީނުގައި 60 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

ޢަބްދުﷲ ޖުނައިދު | 4 ދުވަސް ކުރިން - 27 ސެޕްޓެންބަރު 2025 09:28
އިސްރާއީލުން ފަލަސްޠީނަށް ބޮން އަޅަނީ / ފޮޓޯ: އަލްޖަޒީރާ
އިސްރާއީލުން ފަލަސްޠީނަށް ބޮން އަޅަނީ / ފޮޓޯ: އަލްޖަޒީރާ
ޚުލާސާ

އިސްރާއީލުގެ އަސްކަރިއްޔާއިން އިއްޔެ އާއި ރޭ ދިން ހަމަލާތަކުގައި ފަލަސްތީނުގެ 60 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން އިއްޔެ އާއި ރޭ ދިން ޙަމަލާތަކުގައި ފަލަސްޠީނުގެ 60 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފިއެވެ.

މީގެތެރެއިން ގިނަ މީހުން ޝަހީދު ކޮށްލާފައި ވަނީ ނިއުޔޯކުގައި ބޭއްވި އދ. ގެ ޢާންމު މަޖިލީހުގެ 80 ވަނަ ބައްދަލުވުމުގައި އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަދައްކާވަމުން ގެންދަވަނިކޮށެވެ.


ޚަބަރުތައް ބުނާ ގޮތުގައި އިސްރާއީލުން ގެންދަނީ ކޮންމެ އަށްމިނެޓުން ނުވަތަ ނުވަމިނެޓުން ޣައްޒާއަށް ބޮން އަޅަމުންނެވެ. އިއްޔެ ގިނަ މީ
ހުން ޝަހީދުކޮށްލާފައި ވަނީ ޣައްޒާ ސިޓީގައި ކަމަށާއި، މީގެ އިތުރުން އެމެރިކާގެ ކޮންޓުރޯލްގައިވާ އިންސާނީ އެހީދޭ ތަންތަނަށް ވާސިލްވުމަށް މަސައްކަތް ކުރަމުން ދަނިކޮށް އިތުރު 13 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ވެސް މަސްދަރުތަކުން ބުނެއެވެ.

ރޭ އދ. ގައި ނަތަންޔާހޫ ތަޤްރީރުކުރައްވާތީ އޭނާގެ އަޑު ނޭހުމަށް ހޯލުން ގިނަ ޢަދަދެއްގެ ޑިޕްލޮމެޓުން ބޭރަށް ނުކުމެވަޑައިގެންނެވިއިރު، ޓެރަރިސްޓް ކިއްލާގެ ބޮޑުވަޒީރު ވިދާޅުވީ ޣައްޒާގައި "ޖޮބް ނިންމާލާނެ" ކަމަށާއި ޙަމާސް ނައްތާލާނެ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%