
ފަލަސްތީނުގެ މެޑިކަލް އަދި ސަލާމަތީ ބާރުތަކުން މައުލޫމާތު ދޭގޮތުގައި، މި ނުރައްކާތެރި ހަމަލާގައި ގިނަ ބަޔަކު ޝަހީދު އިތުރުން މަދުވެގެން 15 މީހަކަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިފަ.
58 ދުވަސް ކުރިން - 19:36
އިސްރާއީލު ސިފައިން ޣައްޒާއިން ފޭބުމާއި ހަމާސްގެ ހަތިޔާރު ހަވާލުކުރުން އެއްވަގުތެއްގައި ކުރިއަށް ގެންދިއުމަށް އެއްބަސްވެފައިވާއިރު، މިއީ ހަމާސްގެ ބާރުތައް އެއްކޮށް ނައްތާނުލަނީސް އިޒުރޭލު ސިފައިން ފަހަތަށް ޖެހުން ކަމަށްވުމުން، މިއީ އިޒުރޭލުން ބަލި ގަބޫލުކުރުން ކަމަށް އެ ގައުމުގެ މީޑިއާއިން ބުނެފި.
70 ދުވަސް ކުރިން - 23:25
އާ ސަރުކާރަކީ އެމެރިކާގެ ބާރާއި ނުފޫޒު ވަރަށް ބޮޑަށް ހިނގާނެ ސަރުކާރެއް. މައިގަނޑު ބޭނުމަކީ އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން. އެމެރިކާއިން އެކުލަވާލި މި ރޭވުމުގެ ސަބަބުން، އުފެދޭ އާ ސަރުކާރަކީ އިސްރާއީލަށް ނުރައްކަލެއް ނުވާނެ، "ވަފާތެރި" ސަރުކާރަކަށް ހެދުމަށް ވަނީ މަގުފަހިވެފަ.
97 ދުވަސް ކުރިން - 11:26