ޙަމާސް އާއި ދެކޮޅަށް ހަނގުރާމަކޮށް އެންމެން ޝަހީދުކޮށްލަން ޓްރަމްޕް ވިސްނަން ފަށައިފި. އޭނާ ވިދާޅުވީ ޙަމާސް އާއި ހަނގުރާމަކުރަން އެމެރިކާއިން ޣައްޒާއަށް އަރަން ޖެހިދާނެ ކަމަށް.
359 ދުވަސް ކުރިން - 17:25
ޣައްޒާގައި އެކުލަވައިލާ އާސަރުކާރަށް ފަތަޙައާއި ގުޅިގެން ވަރަށް ސިއްރުން ޙަމާސްގެ 15 މީހުން ނަގާފައިވާއިރު ދެންތިބި މީހުން ނަގާފައިވަނީ މިޞްރު މެދުވެރިވެގެން ކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ތުހުމަތުކުރޭ.
359 ދުވަސް ކުރިން - 10:41
ކޮންމެ 15 މުސްލިމަކަށް ޔަހޫދީންގެ އެކެއްގެ ހަށިގަނޑު ބަދަލުކުރަމުންދާއިރު، މިހާތަނަށް 165 ޝަހީދުންގެ ހަށިގަނޑު ޔަހޫދީން ވަނީ ޣައްޒާ އަށް ވަނީ ގެނެސްފަ.
360 ދުވަސް ކުރިން - 20:05
ޣައްޒާގެ ޙާލަތު ބަޔާންކޮށްފައިވާ ޑޮކިއުމެންޓްރީ މައްސަލައިގައި ބީބީސީ ޖޫރިމަނާކުރީ ހަގީގަތްތައް ފޮރުވުމަށް. ޑޮކިއުމެންޓްރީވެސް ޑިލީޓްކޮށްފި.
363 ދުވަސް ކުރިން - 23:32
އަބޫ އުބައިދާ ޝަހީދު ނުވާ ކަމަށް ޚަބަރު ދިން މަސްދަރުން ބުނީ ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ކަމަށް. އޭނާ މިވަގުތު ހުންނެވި ތަނެއް ބުނެފައެއް ނުވޭ.
364 ދުވަސް ކުރިން - 13:26
ޙަމާސް އަށް އެހީތެރިވި ކަމަށް ބުނެ ޣައްޒާގެ ޑޮކަޓަރު ޙުސާމް އަބޫ ޞަފިއްޔާގެ މޭކަށިގަނޑުވެސް ބިންދާލާފައިވާއިރު، އޭނާ އަދިވެސް ހުރީ އިސްރާއީލުގެ ޖަލުގަ. ދޫކޮށްލާނެ ދުވަހެއްވެސް ނޭނގޭ.
365 ދުވަސް ކުރިން - 13:51
ދުވަސްކޮޅަކަށް ފަހު ހަތިޔާރު ދޫކޮށްލަން ޙަމާސްއިން އިންކާރުކުރާނަމަ އެމެރިކާގެ ސިފައިން ގޮސް ގަދަކަމުން ޙަމާސްގެ އަތުން ހަތިޔާރު އަތުލާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ.
366 ދުވަސް ކުރިން - 12:18
ރަހީނަކާބެހޭ މައުލޫމާތުދޭ ކޮންމެ މީހަކަށް ފަސްމިލިއަން ޑޮލަރު ދޭނަމޭ ނަތަންޔާހޫ ބުނުމުންވެސް، އިލާހީ ވަޙީގެ ބަސްފުޅުތަކުގައިވާ ނިޢުމަތާއި ބަގީޗާތައް ހޯދުމަށްޓަކައި ދުނިޔެ ވިއްކާލާނެބަޔަކަށް ޙަމާސް ނުވާނަމޭ ބުނިކަހަލަ.
367 ދުވަސް ކުރިން - 16:34
އިސްރާއީލުން ބޮޑު މުސާރަ އާއި ހަތިޔާރު ދީގެން ޣައްޒާގައި އޮޕަރޭޓްކުރާ ގޭންގުތަކުގެ 36 މީހުން ޙަމާސްއިން މަރާލައިފި.
367 ދުވަސް ކުރިން - 11:17
ޓްރަމްޕުގެ ޕްލޭނުގައި ޙަމާސްގެ ހަތިޔާރުތައް ނައްތައިލުމަށް ރާވާފައިވާއިރު، އަދި ދުވަސްކޮޅަކަށް ޙަމާސްއަށް ހަތިޔާރު ގެންގުޅުމުގެ ހުއްދަ ދީފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި.
368 ދުވަސް ކުރިން - 14:34
އިސްރާއީލާއި ޙަމާސް ޞުލްޙަކުރުމުގެ މަސައްކަތުގައި އީރާނުން ބައިވެރި ނުވާނެ ކަމަށާއި އިސްރާއީލަށް އެއްވެސް ވަރަކަށް އިތުބާރު ކުރާކަށް ހެޔޮނުވާނެ ކަމަށް އީރާނުން ބުނެފި.
368 ދުވަސް ކުރިން - 13:50
ޚާން ޔޫނިސް އިން އިސްރާއީލުގެ ހެލިކޮޕްޓަރުތަކުގައި ފުރަތަމަ ގެންގޮސްފައިވަނީ 7 އަސީރުން. ބާކީ ތިބި އަސީރުން ވެސް މިހާރު މިނިވަންކޮށްފި
368 ދުވަސް ކުރިން - 11:36