Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޔަހޫދީންނަށް ބޭނުން އެއްޗެއް ނެހެދޭނެތީވެ ޞުލްޙަ ފައުޖުގައި ތުރްކިޔޭ ނުހިމަނަން އިސްރާއީލުން އެދިއްޖެ

ޔަހޫދީންނަށް ބޭނުން އެއްޗެއް ނެހެދޭނެތީވެ ޞުލްޙަ ފައުޖުގައި ތުރްކިޔޭ ނުހިމަނަން އިސްރާއީލުން އެދިއްޖެ

ޢަބްދުﷲ ޖުނައިދު
307 ދުވަސް ކުރިން - 28 އޮކްޓޫބަރު 2025 21:18
ތުރްކީވިލާތުގެ ކުރިމަތީގައި  އިސްރާއީލަށް ވައްވަކަށް ނުޖެހޭނެކަން ތުރްކިޔޭއިން ބުނޭ.
ތުރްކީވިލާތުގެ ކުރިމަތީގައި އިސްރާއީލަށް ވައްވަކަށް ނުޖެހޭނެކަން ތުރްކިޔޭއިން ބުނޭ.
ޚުލާސާ

ޙަމާސް އާއި ޔަހޫދީންނާ ދެމެދު ހެދި އެއްބަސްވުން ތަންފީޛުކުރާކަން ކަށަވަރުކުރުމުގެ ގޮތުން އެ ސަހަރަށް ފޮނުވާ ބައިނަލްއަޤްވާމީ ފައުޖުގައި ތުރްކިޔޭ ހިމަނަން އެމެރިކާއިން ބުނުމުން ޔަހޫދީން ދެކޮޅުހަދައިފި.

ދެއަހަރުވަންދެން ޣައްޒާގައި ޒައެނިސްޓުން ހިންގި ޤަތުލުޢާންމު ހުއްޓާލުމަށްފަހު، އެ ސަރަޙައްދުގައި ޞުލްޙަ ޤާއިމް ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ޕްލޭނުގައިވާ ބައިނަލްއަޤްވާމީ ފައުޖުގައި ތުރްކީވިލާތުގެ ސިފައިން ނުހިމެނުމަށް އިސްރާއީލުން އެމެރިކާއަށް އަންގައިފިއެވެ.

ހުސްވިހަފްތާގައި ތުރްކިޔޭއިން ވަނީ ޙަމާސް އާއި ޔަހޫދީންނާ ދެމެދު ހެދި އެއްބަސްވުން ތަންފީޛުކުރާކަން ކަށަވަރުކުރުމުގެ ގޮތުން އެ ސަހަރަށް ފޮނުވާ ބައިނަލްއަޤްވާމީ ފައުޖުގައި އެ ޤައުމުން ބައިވެރިވާން ބޭނުންވާ ކަމަށް ބުނެފައެވެ. އަދި އެމެރިކާ އިން ވެސް ވަނީ ޣައްޒާ އާއި އިސްރާއީލާއި ދެމެދު ކަންކަން ހިނގާ ގޮތް މޮނިޓަރ ކުރުމަށް ޙަރަކާތްތެރިވާ ބައިނަލްއަޤްވާމީ ފައުޖުގައި ތުރްކިޔޭ ހިމެނޭނެ ކަމަށް އިސްރާއީލަށް އަންގާފައެވެ. އެހެންނަމަވެސް އިސްރާއީލުން އެކަމަށް ދެކޮޅުހެދުމުން ޓަރްމްޕް ވަނީ، “ބައިނަލްއަޤްވާމީ ޓީމުގައި އިސްރާއީލް ނުރުހޭ ބަޔަކު ނުތިބޭނެ” ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން އިސްރާއީލާއި ޙަމާސް އާއި ދެމެދު ކަންކަން ހިނގަނީ އެއްބަސްވެވިފައިވާ ގޮތަށް ތޯ މޮނިޓަރ ކުރުމަށް ތުރްކިޔޭގެ ސަރުކާރަށް ފުރުޞަތު ނުލިބިދާނެ ކަމަށް ބެލެވެއެވެ.

Advertisement

Advertisement 1

ތުރްކީވިލާތުން އިސްރާއީލަށް ގިނަ ޢަދަދަކަށް ދަގަނޑާއި ވެހިކަލްތައް ގެންދެއެވެ. ނަމަވެސް ޣައްޒާ ހަނގުރާމަ އާއި ގުޅިގެން ތުރްކިޔޭއިން ވަނީ އިސްރާއީލާއި ހުރިހާ ގޮތަކުން ވެސް ގުޅުން ކަނޑާލާފައެވެ. ތުރްކިޔޭއިން ބުނީ ޔަހޫދީންނަކަށް ތުރްކިޔޭ ސަރުކާރުގެ ކުރިމަތީގައި ވައްވަކެއް ނުޖެހޭނެ ކަމަށެވެ. އެއާއި އެކު ދެން ފެނިގެން ދިޔައީ އިސްރާއީލުގެ ކުންފުނިތަކާއި އެކު ހަދާފައިވާ ހުރިހާ އެއްބަސްވުންތައް އިތުރު ފުރުޞަތެއް ވެސް ނުދީ ތުރްކިޔޭއިން ވަގުތުން ބާޠިލްކޮށް، އިސްރާއީލުގެ ބޯޓުފަހަރަށް ވެސް ތުރްކިޔޭ އަށް ވަނުން މަނާނުރިތަނެވެ. އަދި ތުރްކިޔޭގެ މުދާތައް އިސްރާއީލަށް ވިއްކުން ވެސް މަނާކުރިއެވެ. ނަތީޖާ އަކީ އިސްރާއީލުގެ ބައެއް ކުންފުނިތައް ބޭންކްރަޕްޓް ވުމެވެ.

އިސްރާއީލްތުރްކިއޭޣައްޒާއެމެރިކާޙަމާސް
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވަޒަން އުފެއްދުމުގައި ތުރްކިޔޭން އެމެރިކާ ފަހަތަށް ޖައްސާލައި 1 ވަނައަށް

ވަޒަން އުފެއްދުމުގައި ތުރްކިޔޭން އެމެރިކާ ފަހަތަށް ޖައްސާލައި 1 ވަނައަށް

11 ގަޑިއިރު ކުރިން - 09:12

ޖަލުގައި ހުންނެވި މަދޫރޯގެ ފޮޓޯތަކެއް އާންމުވެފައިވާއިރު އޭނާގެ ޝަރީޢަތް 2027 އަށް ތާވަލުކޮށްފި

އެމެރިކާއިން ރަހީނުކުރި މަދޫރޯގެ ފޮޓޯތަކެއް އާންމު ކޮށްފި

1 ދުވަސް ކުރިން - 15:07

267 މީހުންނާއެކު ދަތުރުކުރި ސައިޕްރަސްގެ ފެރީއެއް ބަންޑުން ޖަހާލައި ގިނަބަޔަކު މަރުވެއްޖެ

267 މީހުންނާއެކު ދަތުރުކުރި ސައިޕްރަސްގެ ފެރީއެއް ބަންޑުން ޖަހާލައި ގިނަބަޔަކު މަރުވެއްޖެ

1 ދުވަސް ކުރިން - 09:01

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

2 ދުވަސް ކުރިން - 11:13

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

3 ދުވަސް ކުރިން - 23:23

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

3 ދުވަސް ކުރިން - 22:41