ޣައްޒާގެ ޖަރީމާތަކުގެ ޒައްރެއްގެ މިންވަރު ބޭޒާރުވި މައްސަލައިގައި ބީބީސީއަށް ފިޔަވަޅު އަޅައިފި

އައިޝަތު ރުވާ ރިފްޢަތު | 14 ގަޑިއިރު ކުރިން - 17 އޮކްޓޯބަރު 2025 23:32
ބީބީސީގެ ޑޮކިއުމްންޓްރީގައި އަބްދުﷲ ވާހަކަދައްކަނީ. ހަގީގަތް ފޮރުވުމަށްޓަކައި މި ޑޮކިއުމެންޓްރީ މިހާރު ވަނީ ބީބީސީން ފޮހެލާފަ.
ބީބީސީގެ ޑޮކިއުމްންޓްރީގައި އަބްދުﷲ ވާހަކަދައްކަނީ. ހަގީގަތް ފޮރުވުމަށްޓަކައި މި ޑޮކިއުމެންޓްރީ މިހާރު ވަނީ ބީބީސީން ފޮހެލާފަ.
ޚުލާސާ

ޣައްޒާގެ ޙާލަތު ބަޔާންކޮށްފައިވާ ޑޮކިއުމެންޓްރީ މައްސަލައިގައި ބީބީސީ ޖޫރިމަނާކުރީ ހަގީގަތްތައް ފޮރުވުމަށް. ޑޮކިއުމެންޓްރީވެސް ޑިލީޓްކޮށްފި.

‎‎މި އަހަރުގެ ފެބުުރުއަރީ 17 ވަނަ ދުވަހު ބީބީސީ އިން ދެއްކި ޑޮކިއުމެންޓްރީގައި ޣައްޒާގެ ހާލަތާއި ބެހޭ ގޮތުން އެ ސިޓީގެ 13 އަހަރުގެ ކުއްޖަކު އިސްރާއީލުން ހިންގާ ޖަރީމާތަކުގެ ވާހަކަތަކުގެ "ކުޑަ މިންވަރެއް" ކިޔައިދީ ޣައްޒާގެ ހަގީގަތް ހާމަކޮށް ދައްކާފައިވާ ވާހަކަތަކެއް ބްރޯޑްކާސްޓް ކުރި މައްސަލަ އާއި ގުޅިގެން އިނގިރޭސީވިލާތުގެ މީޑިއާތައް ރެގިއުލޭޓްކުރާ އޮފީސް އޮފް ކޮމިއުނިކޭޝަންސް (އޮފްކޮމް) އިން ބްރިޓިޝް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންސް (ބީބީސީ) އަށް ފިޔަވަޅު އަޅައިފި ކަމަށް މަސްދަރުތަކުން ބުނެފިއެވެ.

ބީބީސީން ވަނީ ޑޮކިއުމެންޓްރީ ގެނެސްދިންތާ ފަސް ވަނައަށްވީ ދުވަހު އެ ޑޮކިއުމެންޓްރީ ޑިލީޓްވެސް ކޮށްލާފައެވެ. ތިރީގައި މިވާ ޚުލާސާގެ ލިންކުން އެ ޑޮކިއުމެންޓްރީ ބަލައިލެވޭނެއެވެ. ޑޮކިއުމެންޓްރީ ފަށާއިރު، ވާހަކަދައްކަނީ ކާކުކަން އެނގޭނެއެވެ. އެއީ ބީބީސީން ގެނެސްދިން ވީޑިއޯގައި ނުހިމެނޭ ނޯޓެކެވެ.

https://tinyurl.com/4f3phn4h

އިނގިރޭސީވިލާތަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމޭ ކިޔައި އެންމެ ބޮޑަށް ވަކާލާތުކުރާ އެއް ޤައުމެވެ.

‎އެ ޑޮކިއުމެންޓްރީ އާއި ގުޅިގެން އިނގިރޭސީވިލާތުގެ މީޑިއާތައް ރެގިއުލޭޓްކުރާ އޮފްކޮމް އިން ބުނީ އެއީ ހަގީގަތް އޮޅޭ ގޮތަށް ގެނެސްދީފައިވާ ޑޮކިއުމެންޓްރީއެއް ކަމަށެވެ.

‎ޑޮކިއުމެންޓްރީގައި ޣައްޒާގެ އެގްރިކަލްޗަރު މިނިސްޓަރުގެ ދަރިކަލުން އަބްދުﷲ ވަނީ ޔަހޫދީން ޣައްޒާ އަށް ބޮން އަޅައި ހިންގާ ޖަރީމާތަކުގެ ކޮންމެވެސް މިންވަރެއް ސިފަކޮށްދީ ބީބީސީއަށް މަންޒަރުތައް ދައްކައިދީފައެވެ. ބޮން އެޅުމުގެ ސަބަބަުން އަބަދުވެސް އުޅެން ޖެހެނީ ބިރުވެރިކަމުގެ ތެރޭގައި ކަމަށާއި ކާނާ ހޯދަންވެސް ދަތިވެފައިވާއިރު ރައްޓެހިންތައް ގެއްލި، ގެދޮރު ހަލާކުވެ، ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ކުދިންނަށް ކުރިމަތިވި ގެއްލުންތަކާއި ބެހޭ ގޮތުން ވާހަކަ ދައްކާފައިވެއެވެ.

‎ޣައްޒާގެ ޖަރީމާތަކަކީ އޭރުވެސް މުޅި ދުނިޔެ ދަންނަ ކަމެކެވެ. ނަމަވެސް ބީބީސީން އެކަން ހާމަކުރުމުން، އިނގިރޭސި ސަރުކާރަށް އެ ކަން ހަޖަމެއް ނުކުރެވުނެވެ. އެހެންކަމުން ސީދާ ޑޮކިއުމެންޓްރީގައި ދެއްކި ހަގީގީ ވާހަކަތަކާއި މަންޒަރުތައް އެއްފަރާތްކުރުމަށްފަހު މައްސަލައަކަށް ހެދީ ޙަމާސްގެ މިނިސްޓަރެއްގެ ދަރިޔަކު ވާހަކަދެއްކިއިރު އެ ކުއްޖާގެ ބައްޕަ އަކީ ކާކުކަން ބީބީސީގެ ޑޮކިއިމެންޓްރީގައި ފާހަގަކޮށްފައި ނުވުމެވެ.

އެ ކުއްޖާ އަކީ ހަމާސްގެ މިނިސްޓަރެއްގެ ދަރިއެއްކަން ޑޮކިއުމެންޓްރީގައި ފާހަގަކުރި ނަމަ، އެ ޑޮކިއުމެންޓްރީ ބަލާ ބައެއް މީހުންނަށް އެ ކުއްޖާގެ ވާހަކަތަކައި މެދު ސުވާލު އުފެއްދުމުގެ ފުރުޞަތު އޮންނާނެތީ އެވެ.

ނަމަވެސް ޔަހޫދީންގެ ކަންކަން ފޮރުވުމަށް މަސައްކަތްކުރާ މި މައްސަލައިގައި އިނގިރޭސިވިލާތުން ބުނަނީ އެ ކުއްޖާގެ ބައްޕަ އަކީ ކާކުކަން ޑޮކިއުމެންޓްރީގައި ބުނެފައި ނުވުން އެއީ "އެކިއުރެސީ"ގެ ގައިޑްލައިންތަކާއި ހިލާފުވުމެވެ.

ބީބީސީން ބުނީ ޑޮކިއުމެންޓްރީ އާއި ގުޅިގެން އެތެރޭގެ ތަހުގީގެއް ވެސް ހިންގާފައިވާ ކަމަށާއި، އެއީ އެއްވެސް ފަރާތެއްގެ ނުފޫޒުން ކުރި ތަހުގީގެއް ނޫން ކަމަށެވެ. ނަމަވެސް ބެލެނެވެރި ފަރާތުން އެޅީ ކޮން ފިޔަވަޅެއް ކަމެއް ބީބީސީއަކުން ވެސް ސީދާ ބުނެފައެއް ނުވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%