Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޙަމާސް އިން ދިނީ ނުބައި ހަށިގަނޑުތައް ކަމަށް ބުނެ ޔަހޫދީ ސަރުކާރުން ހެދި ދޮގު ބޭޒާރުވެއްޖެ

ޙަމާސް އިން ދިނީ ނުބައި ހަށިގަނޑުތައް ކަމަށް ބުނެ ޔަހޫދީ ސަރުކާރުން ހެދި ދޮގު ބޭޒާރުވެއްޖެ

ޢަބްދުﷲ ޖުނައިދު
216 ދުވަސް ކުރިން - 6 ނޮވެންބަރު 2025 15:41
ޙަމާސް އިން ޙަވާލުކުރި ރަހީނެއްގެ ޖަނާޒާ ބޭއްވުމަށް ޒައެނިސްޓް ސިފައިން ޙަރަކާތްތެރިވަނީ.
ޙަމާސް އިން ޙަވާލުކުރި ރަހީނެއްގެ ޖަނާޒާ ބޭއްވުމަށް ޒައެނިސްޓް ސިފައިން ޙަރަކާތްތެރިވަނީ.
ޚުލާސާ

ޙަމާސް އިން ދިނީ ރަނގަޅު ހަށިގަނޑުތައް ކަން ކަށަވަރުވީ ފޮރިންސިކް އެކްސްޕާޓުން ލައްވާ ދަތްތަކުގެ ޑީއެންއޭ ހަދައި ބެލުމުން.

ރަހީނުންގެ ހަށިގަނޑުތަކޭ ކިޔައި ޙަމާސް އިން އިސްރާއީލަށް ދިނީ ނުބައި މީހުންގެ ހަށިގަނޑު ކަމަށް ބުނެ އިސްރާއީލުން ދޮގު ހަދައި ޣައްޒާ އަށް އިތުރު ޙަމަލާތަކެއް ދިން އިރު، ޙަމާސް އިން ދިނީ ރަނގަޅު ހަށިގަނޑުތަކެއް ކަމަށް ފޮރެންސިކް އެކްސްޕާޓުން ކަށަވަރު ކޮށްފިއެވެ.

ޙަމާސް އިން ރެޑް ކްރޮސް އާއި ޙަވާލު ކުރި ހުރިހާ ހަށިގަނޑުތަކަކީ ވެސް ރަހީނު ކޮށްފައި ހުއްޓާ އިސްރާއީލުން އެ މީހުން ތިބި ތަންތަނަށް ދިން ބޮމުގެ ޙަމަލާ ތަކުގައި މަރުވި މީހުންގެ ހަށިތައް ކަމަށް ޙަމާސް އިން ބުންޏެވެ.

ނަމަވެސް ޔަހޫދީ ސަރުކާރުން ވަނީ އޭގެތެރެއިން ބައެއް ހަށިތައް އެއީ 7 އޮކްޓޯބަރު 2023 ގައި ޙަމާސް އިން ރަހީނުކުރި މީހުންގެ ހަށިތަކެއް ނޫން ކަމަށް ބުނެ، ޙަމާސް އިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި އެއްގޮތަށް ރަހީނުން މިނިވަންކުރުމުގެ އެއްބަސްވުމަށް ޢަމަލު ނުކުރާ ކަމަށް ބުނެފައެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުން އިސްރާއީލުން ޣައްޒާއަށް ޙަމަލާދީ 200 އެއްހާ މީހުން ޝަހީދުކޮށްލިއެވެ.

Advertisement

Advertisement 1

ޔަހޫދީންގެ ވާހަކަތައް ދޮގުކޮށް ޙަމާސް އިން އިތުރަށް ޗެކުކުރުމަށް ރެޑްކްރޮސް މެދުވެރިކޮށް ޔަހޫދީ ސަރުކާރުގައި އެދުމުން، ފޮރިންސިކް އެކްސްޕާޓުން ވަނީ ރެޑްކްރޮސްގެ ބެލުމުގެ ދަށުން އަލުން އެ މީހުންގެ ދަތްތަކާއި އެ މީހުންގެ ޢާއިލާގެ މީހުންގެ ދަތްތަކުން ސާމްޕަލް ނަގައި ޑީއެންއޭ ޓެސްޓު ކޮށްފައެވެ. އެއާއި އެކު އެއީ ސީދާ އިސްރާއީލްގެ ރަށްވެހިން ކަމަށް ކަށަވަރުވެ، އަދި އެ މީހުންނަކީ 7 އޮކްޓޯބަރު 2023 ވަނަ އަހަރު ޙަމާސް އިން ރަހީނުކުރި ޔަހޫދީންގެ ހަށިތައް ކަމަށް ވެސް ކަށަވަރުވެ، ޔަހޫދީ ސަރުކާރު ބޭޒާރުވީއެވެ.

އިސްރާއީލްޙަމާސްޣައްޒާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިޒުރޭލަށް ޙަމަލާ ދިނުން އީރާނުން މިވަގުތަށް ހުއްޓާލައިފި

އިޒުރޭލަށް ޙަމަލާ ދިނުން އީރާނުން މިވަގުތަށް ހުއްޓާލައިފި

2 ދުވަސް ކުރިން - 17:27

އިސްރާއީލުން އީރާނަށް ހަމަލާދޭން ކެރުނީ 8 ގަޑިއިރު ފަހުން

އިސްރާއީލުން އީރާނަށް ހަމަލާދޭން ކެރުނީ 8 ގަޑިއިރު ފަހުން

2 ދުވަސް ކުރިން - 12:57

އީރާނުން އިޒުރޭލަށް ޙަމަލާ ދީފި، ޓްރަމްޕް ބޭނުމީ މަޝްވަރާ

އީރާނުން އިޒުރޭލަށް ޙަމަލާ ދީފި، ޓްރަމްޕް ބޭނުމީ މަޝްވަރާ

3 ދުވަސް ކުރިން - 02:45

އިސްރާއީލުން ލުބުނާނުގެ 3 ސިފައިންގެ ޝަހީދުކޮށްލައިފި

އިސްރާއީލުން ލުބުނާނުގެ 3 ސިފައިންގެ ޝަހީދުކޮށްލައިފި

4 ދުވަސް ކުރިން - 16:06

ހަނގުރާމަ ހުއްޓުމުގެ ދެވަނަ މަރުޙަލާ ފެށުމަށް ޙަމާސް އިން މިޞްރަށް ވަޑައިގެންފި

ހަނގުރާމަ ހުއްޓުމުގެ ދެވަނަ މަރުޙަލާ ފެށުމަށް ޙަމާސް އިން މިޞްރަށް ވަޑައިގެންފި

4 ދުވަސް ކުރިން - 16:01

އިޒުރޭލު “ނަރަކައަކަށް” ހަދާލަން ތައްޔާރު: އީރާން

އިޒުރޭލު “ނަރަކައަކަށް” ހަދާލަން ތައްޔާރު: އީރާން

4 ދުވަސް ކުރިން - 10:43