އަނެއްކާވެސް ޣައްޒާގައި ޤަތުލުޢާންމު ހިންގަން ފަށައިފި

ޢަބްދުﷲ ޖުނައިދު | 33 ދުވަސް ކުރިން - 29 އޮކްޓޯބަރު 2025 08:58
ކުއްލި ޚަބަރު: އަނެއްކާވެސް ޣައްޒާގައި ޤަތުލުޢާންމު ހިންގަން ފަށައިފި
ކުއްލި ޚަބަރު: އަނެއްކާވެސް ޣައްޒާގައި ޤަތުލުޢާންމު ހިންގަން ފަށައިފި
ޚުލާސާ

ޙަމާސް އިން އެއްބަސްވުމާއި ޚިލާފުވެއްޖެ ކަމަށް ބުނެ ޒައެނިސްޓުން ޢުދުވާން ހިންގައި ޝަހީދުކޮށްލި މީހުންގެ ޢަދަދު 67 އަށް އަރައިފި

ރޭ ދަންވަރުން ފެށިގެން ހައްދުފަހަނަ އަޅާފައިވާ ހަތިޔާރު އެޅި ޒައެނިސްޓުން ޣައްޒާއަށް ވަރުގަދަ ޙަމަލާތައް ދޭން ފަށައިފިއެވެ. ޙަމާސް އިން ރަހީނުން ޙަވާލުކުރުމުގައި ލަސްކުރަނީ ކަމަށާއި، އެއްބަސްވުމާއި ޙަމާސް އިން ޚިލާފުވީ ކަމަށް ބުނެ ރޭއްސުރެ ދެމުންދާ ޙަމަލާތަކުގައި ކުޑަކުދިން ހިމެނޭހެން ޝަހީދުވީ މީހުންގެ ޢަދަދު މަދުވެގެން 67 އަށް އަރައިފި ކަމަށް ޙަމާސް އާއި ގުޅުން ހުރި މަސްދަރުތައް ބުނެއެވެ. 

ޔަހޫދީ ޒައެނިސްޓުން މިހާރު ދެމުންގެންދާ ޙަމަލާތަކުގައި ޝަހީދުކޮށްލި މީހެއްގެ ކައިރީގައި ހުރެގެން މީހަކު ރޮނީ (ފޮޓޯ: އަލްޖަޒީރާ)

ޙަމާސް އިން ވަނީ ރޭ ވެސް ރަހީނެއްގެ ހަށިގަނޑެއް އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑްކްރޮސް އާއި ހަވާލުކޮށްފައެވެ. ނަމަވެސް އިސްރާއީލުގެ އޮފިޝަލުން ބުނާ ގޮތުގައި ޙަވާލުކުރި ހަށިގަނޑަކީ މާ ކުރީގެ ހަށިގަނޑެއް ކަމަށެވެ.

ޙަމާސް އަށް ރަހީނުންގެ ހަށިތައް ހޯދުމަށް ދަތިވެގެން އުޅެނީ ޔަހޫދީން އެޅި ބޮންތަކުގެ ސަބަބުން ތަންތަން ސުންނާފަތިވެފައިވާތީ ކަމަށް ޙަމާސް އިން ބުނެއެވެ.

އިސްރާއީލުގެ އެންގުމަށް އެމެރިކާގެ ޕްރެޝަރާއި އެކު މިޞްރުން ވެސް ދަނީ އިސްރާއީލުގެ މަރުވެފައިވާ މީހުން ހޯދުމަށް ޣައްޒާގައި ޙަރަކާތްތެރިވަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%