Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޙަމާސްއިމް އިސްރާއީލާއި ގުޅިންހުރި ގޭންގުގެ 36 މީހުން މަރާލައިފި

ޙަމާސްއިމް އިސްރާއީލާއި ގުޅިންހުރި ގޭންގުގެ 36 މީހުން މަރާލައިފި

ޢަބްދުﷲ ޖުނައިދު
284 ދުވަސް ކުރިން - 14 އޮކްޓޫބަރު 2025 11:17
ފޮޓޯ: ރޮއިޓާސް.
ފޮޓޯ: ރޮއިޓާސް.
ޚުލާސާ

އިސްރާއީލުން ބޮޑު މުސާރަ އާއި ހަތިޔާރު ދީގެން ޣައްޒާގައި އޮޕަރޭޓްކުރާ ގޭންގުތަކުގެ 36 މީހުން ޙަމާސްއިން މަރާލައިފި.

ހަނގުރާމަ ހުއްޓާލުމުގެ ފިޔަވަޅު އެޅުމަށް ފަހު، ޣައްޒާގައި ޙަރަކާތްތެރިވާ އިސްރާއީލާއި ގުޅުން އޮންނަ ގޭންގުތަކުގެ 36 މީހަކު ޙަމާސް އިން މަރައިލައިފި ކަމަށް މަސްދަރަކުން ބުނެފިއެވެ.

ޢަރަބި މަސްދަރުން ބުނީ ޙަމާސް އިން މަރައިލީ އިސްރާއީލުން ފައިސާ އާއި ހަތިޔާރު ދީގެން ޣައްޒާގައި ހަމަނުޖެހުން އުފެއްދުމަށް ގެންގުޅުނު ޕޮޕިއުލާ ގޭންގުގެ މެންބަރުންނާއި އެއާއި ގުޅިފައިވާ މިލިޝިއާގެ މީހުންނެވެ. އޭގެތެރޭގައި ދޮގްމޯޝް ދަރިކޮޅުގެ މެމްބަރުން ކަމަށް ރައްޔިތުންނާއި ހަމާސްގެ މަސްދަރުތަކުން ބުނެއެވެ.

ހަމާސް އާއި އިދިކޮޅު އެންމެ ފާހަގަކޮށްލެވޭ ލީޑަރަކީ ރަފަޙް ސަރަޙައްދުގައި ދިރިއުޅޭ ޔާސިރު އަބޫ ޝަބާބެވެ. އޭނާ އާއި އޭނާގެ ގޭންގުގެ ބައެއް އިސްވެރިން ހިމެނޭހެން ގިނަބަޔަކު ހަތިޔާރާއި އެކު ތިބި ކަމަށް ޝައްކު ކުރެވޭ ޢިމާރާތެއް ވަށާލައިގެން ޙަމާސްގެ މުޖާހިދުން އިއްޔެރޭ ތިބިކަން ފާހަގަ ކުރެވެއެވެ. ޙަމަސްއިން ޙަމަލަދީ މަރައިލީ އެތަނުގެ އެތެރޭގައި ތިބި ބައެކެވެ. ދެފަރާތުން ބަދަލުކުރި ޙަމަލާތަކުގައި ޙަމާސްގެ 4 ނުވަތަ 6 މުޖާހިދުންގެ ފުރާނަ ގެއްލުނު ކަމަށް މަސްދަރަކުން ބުންޏެވެ. މި ޙަމަލާތަކުގައި ޕޮޕިއުލާ ފޯސްގެ ލީޑަރު އަބޫ ޝަބާބުގެ “ނައިބު”އަމީރު ފުސައިޞް (ދަ-ހަންޓާ)ވެސް ވަނީ މަރާލާފައެވެ.

Advertisement

Advertisement 1

ޣައްޒާގެ ސަލާމަތާއި ބެހޭ އޮފިޝަލާއި ޙަވާލާދީ ބައިނަލްއަޤްވާމީ މަސްދަރަކުން ބުނީ ޣައްޒާ ސިޓީގައި ހިނގި ހަމަނުޖެހުންތަކުގައި ޙަމާސްގެ ސަލާމަތީ ބާރުތަކުން ވަނީ އަބޫ ޝަބާބުގެ "ކަނާތް" މަރާލާފައި ކަމަށާއި އަބޫ ޝަބާބު މަރާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިސްރާއީލުން ކޮންޓްރޯލްކުރަމުން ދިޔަ ހުރިހާ ސަރަހައްދުތަކެއްގައި ޚާއްޞަކޮށް ޚާން ޔޫނިސްގައި ޙަމާސް އާއި ދެކޮޅު ގިނަ ބަޔަކު އުޅޭކަން ވެސް ފާހަގަ ކުރެވެއެވެ. ޙަމާސް އިން ރަހީނުން ދޫކޮށްލުމާއި މެދު އެމީހުން ދެކޮޅުހަދައެވެ. އޭގެތެރޭގައި ހިމެނޭ ޖަމާޢަތެއްގެ ވެރިއެއް ކަމަށްވާ ހުސާމް އަލް އަސްތަލް އާދީއްތަ ދުވަހު ވީޑިއޯ މެސެޖެއްގައި ބުނީ، ރަހީނުން ޙަވާލުކޮށްފިނަމަ ޣައްޒާގައި ޙަމާސްގެ ދައުރު ވެސް އަދި ވެރިކަން ވެސް ނިމޭނެ ކަމަށެވެ.

ފަލަސްޠީނުގެ އެނަލިސްޓް ރަޙީމް އައުދާ ވިދާޅުވީ ޙަމާސްގެ މަޤްޞަދަކީ ހަނގުރާމައިގެ ދުވަސްވަރު އިސްރާއީލާއި ގުޅިގެން ޣައްޒާގއ އަމާންކަން ނަގައިލާ، އިސްރާއީލަށް އެހީތެރިވި ޖަމާޢަތްތައް ހުއްޓުވުން ކަމަށެވެ.

ޙަމާސްޣައްޒާފަލަސްތީން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޔަހޫދީ ސިފައިން ބުލްޑޯޒަރު ތަކުގައި ފަލަސްތީނުގެ ގެތައް ތަޅަނީ

ޔަހޫދީ ސިފައިން ފަލަސްތީނުގެ ގެތައް ތަޅަނީ

4 ދުވަސް ކުރިން - 13:45

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

6 ދުވަސް ކުރިން - 13:36

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

14 ދުވަސް ކުރިން - 11:26

ޣައްޒާ ހަނގުރާމަ އަށް 1000 ދުވަސް، އިޒުރޭލުގެ މަޤްޞަދު ޙާޞިލެއް ނުވި

ޣައްޒާ ހަނގުރާމަ އަށް 1000 ދުވަސް، އިޒުރޭލުގެ މަޤްޞަދު ޙާޞިލެއް ނުވި

21 ދުވަސް ކުރިން - 11:40

ފަލަސްތީނަށް އެހީވުމަށް މިއަހަރުވެސް 50,000 ޑޮލަރު ދިނުމަށް ދިވެހި ސަރުކާރުން ނިންމައިފި

ފަލަސްތީނަށް އެހީވުމަށް މިއަހަރުވެސް 50,000 ޑޮލަރު ދިނުމަށް ދިވެހި ސަރުކާރުން ނިންމައިފި

23 ދުވަސް ކުރިން - 13:06

ޖަބަލިޔާ މިސްކިތް ތަޅާލަން އުޅުނު މީހާގެ ބޮލަށް މުންނާރު ވެއްޓި މަރުވެއްޖެ

ޖަބަލިޔާ މިސްކިތް ތަޅާލަން އުޅުނު މީހާގެ ބޮލަށް މުންނާރު ވެއްޓި މަރުވެއްޖެ

29 ދުވަސް ކުރިން - 07:37