އަލަށް ހަދާ ސަރުކާރުގެ ދެބައިކުޅައެއްބައި އެމެރިކާއަށް ވެސް ސިއްރުން ޙަމާސް އިން ނަގައިފި

ޢަބްދުﷲ ޖުނައިދު | 39 ދުވަސް ކުރިން - 22 އޮކްޓޯބަރު 2025 10:41
ފަލަސްޠީނުގެ ފަތަޙަ ޖަމާޢަތުގެ ލީޑަރު މަޙްމޫދު ޢައްބާސް (ވ) ޙަމާސް އާއި އެކު ބޭއްވި މަޝްވަރާގެ ތެރެއިން (ފައިލް ފޮޓޯ 2011)
ފަލަސްޠީނުގެ ފަތަޙަ ޖަމާޢަތުގެ ލީޑަރު މަޙްމޫދު ޢައްބާސް (ވ) ޙަމާސް އާއި އެކު ބޭއްވި މަޝްވަރާގެ ތެރެއިން (ފައިލް ފޮޓޯ 2011)
ޚުލާސާ

ޣައްޒާގައި އެކުލަވައިލާ އާސަރުކާރަށް ފަތަޙައާއި ގުޅިގެން ވަރަށް ސިއްރުން ޙަމާސްގެ 15 މީހުން ނަގާފައިވާއިރު ދެންތިބި މީހުން ނަގާފައިވަނީ މިޞްރު މެދުވެރިވެގެން ކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ތުހުމަތުކުރޭ.

ޣައްޒާއިން ޙަމާސްގެ ބާރު މުޅީން ކަނޑުވާލައި، ޣައްޒާގައި ދެން އެކުލަވާލާ ސަރުކާރެއްގައި ވެސް ޙަމާސްގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް އިސްރާއީލާއި އެމެރިކާ އަދި ހުޅަނގުން ރާވައިގެން ތިއްބައި، ފަތަޙަ ޖަމާޢަތާއި ގުޅިގެން ސިއްރިޔާތުގައި ޙަމާސްއިން ޑީލުތައް ހަދައި އާސަރުކާރުގެ ކެބިނެޓުގެ ދެބައިކުޅައެއްބައި އަތުލައިފި ކަމަށް ބައިނަލްއަޤްވާމީ ބައެއް މީޑިއާތަކުން ބުނެފިއެވެ.

ޣައްޒާގައި ބާއްވަން އެމެރިކާ އާއި ހުޅަނގުން ބޭނުން ވަނީ އިސްރާއީލަށް އަމާންދޭ އަސި އިސްރާއީލާއި ވެސް ގުޅިގެން އުޅޭނެ ސަރުކާރެކެވެ. ޙަމާސް އަކީ ފަލަސްޠިނުގެ ބިމުން އެންމެ އިންޗިއެއް ވެސް ޔަހޫދީންނަށް ދިނުމަށް މިހާތަނަށް ދެކޮޅުހަދަމުން އަންނަ ޕާޓިއެކެވެ. އެހެންކަމުން އެމެރިކާގެ ރައީސް ޓްރަމްޕް އިސްވެ ހެދި ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމުގައި ވެސް ވަނީ ދެން ޣައްޒާގައި އޮންނާނީ ޙަމާސްގެ ދައުރެއް ނޯންނާނެ ސަރުކާރެއް ކަމަށާއި ޙަމާސްގެ މިލިޓަރީ ބާރެއްވެސް ދެނެއް ނޯންނާނެ ގޮތަށެވެ. މީގެ ތެރެއިން ހަތިޔާރު ނައްތާލުމުގެ ބައި ފިޔަވައި ދެންހުރި ހުރިހާ ކަމަކަށް ޙަމާސް އިން އޭރު އެއްބަސްވިއެވެ.

ޣައްޒާގައި އެކުލަވާލާ އާސަރުކާރު ހިންގާނީ ޕެންޓަގަންގައި ނަމަވެސް، އިނގިރޭސީވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީބްލެއަރުގެ އިރުޝާދުގެ ދަށުންނެވެ.

ދަ ގާޑިއަން އާއި އެސޯސިއޭޓެޑް ޕްރެސް އިން ބުނީ ޙަމާސް އިން ވަރަށް ސިއްރިޔާތުގައި ފަތަޙަ ޖަމާޢަތާއި ޑިލް ހަދާފައިވާ ކަމަށާއި އައުސަރުކާރުގެ ކެބިނެޓަށް 15 މީހުންގެ މައްޗަށް އެކުލެވޭ ލިސްޓެއް ފައިނަލްކޮށްފައިވާއިރު، ދެންތިބި މީހުން ފައިނަލްކޮށްފައި ވަނީ މިޞްރުން ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%