Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އަބޫއުބައިދާ ޝަހީދެއް ނުވޭ! ދުނިޔޭގައި އެބަހުންނެވި!

އަބޫއުބައިދާ ޝަހީދެއް ނުވޭ! ދުނިޔޭގައި އެބަހުންނެވި!

ޢަބްދުﷲ ޖުނައިދު
236 ދުވަސް ކުރިން - 17 އޮކްޓޫބަރު 2025 13:26
ކުއްލި ޚަބަރު: އަބޫއުބައިދާ ޝަހީދެއް ނުވޭ! ދުނިޔޭގައި އެބަހުންނެވި!
ކުއްލި ޚަބަރު: އަބޫއުބައިދާ ޝަހީދެއް ނުވޭ! ދުނިޔޭގައި އެބަހުންނެވި!
ޚުލާސާ

އަބޫ އުބައިދާ ޝަހީދު ނުވާ ކަމަށް ޚަބަރު ދިން މަސްދަރުން ބުނީ ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ކަމަށް. އޭނާ މިވަގުތު ހުންނެވި ތަނެއް ބުނެފައެއް ނުވޭ.

ޙަމާސްގެ އަސްކަރީ ވިންގުގެ ތަރުޖަމާނު އަބޫ އުބައިދާ ޝަހީދު ކޮށްލައިފި ކަމަށް ބުނެ އިސްރާއީލުންނާއި ބައިނަލްއަޤްވާމީ މީޑިއާތަކުން މިއަހަރުގެ އޮގަސްޓުމަހާއި ސެޕްޓެމްބަރުގެ ކުރީކޮޅު ފެތުރީ ދޮގު ޚަބަރުތަކެއް ކަމަށް މަސްދަރަކުން ބުނެފިއެވެ.

އަބޫ އުބައިދާ ޝަހީދުވި ކަމަށް ބައިނަލްއަޤްވާމީ ބައެއް މީޑިއާތަކުން އަދި އޭނާގެ ވިކިޕީޑިއާ ޕްރޮފައިލްގައިވެސް ލިޔެފައިވާތީ ޚުލާޞާއިން ވަކި ކަންތަކެއް ބެލުމަށްފަހު އޭރު ލިޔުނު ޚަބަރު ތިރީގައި މިވަނީއެވެ.

Advertisement

Advertisement 1

އަބޫ އުބައިދާ ޝަހީދު ނުވާ ކަމަށް ޚަބަރު ދިން މަސްދަރުން އޭނާ މިވަގުތު ހުންނެވި ތަނެއް ބުނެފައެއް ނުވެއެވެ. އެ މަސްދަރުން ބުނީ އޭނާގެ ވައަތް ވަރަށް ބޮޑަށް ޒަޚަމް ވެފައިވާ ކަމަށާއި ކަށިގަނޑުގެ ވާތްފަޅިވެސް ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ކަމަށެވެ.

އިސްރާއީލާއި ގުޅުން ހުރި ބައެއް މަސްދަރުތަކުން އަބޫ އުބައިދާގެ ޢާއިލާއަށް އޭނާގެ ޝަހީދު ވެފައިވާ ހަށިގަނޑު ފެނިފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ. ނަމަވެސް އެއިން އެއްވެސް ވާހަކައެއް ޙަމާސް އިން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އިސްރާއީލުން ހިންގާ ވިކިޕީޑިއާގައިވާ އުބައިދާގެ ބަޔޮގްރަފީގައިވެސް ވަނީ އޮގަސްޓް 30 ގައި އޭނާ ޝަހީދުކޮށްލާފައިވާ ކަމަށް ލިޔެފައެވެ.

ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ވަރަށް ޔަޤީންކަމާއި އެކު އޭރު ބުނީ އޮގަސްޓް 30ވަނަ ދުވަހު ރިމާލް އަވަށަށް އިސްރާއީލް ޑިފެންސް ފޯސް އިން ދިން ޙަމަލާތަކުގައި އަބޫ އުބައިދާ ޝަހީދުވެއްޖެ ކަމަށާއި އޭނާއާއި އެކު އިތުރު 11 މީހުން ޝަހީދުކޮށްލި ކަމަށެވެ. ނަމަވެސް މިކަމުގެ ސާފު އެއްވެސް ހެއްކެއް ޔަހޫދީ ސަރުކާރުން މިހާތަނަށް ހާމައެއް ނުކުރެއެވެ.

ކުއްލި ޚަބަރުޙަމާސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސެކިއުރިޓީ އާއި ކާރުގެ ޚަރަދެއް މަޖިިލީސް ނައިބުރައީސް ބޭނުންފުޅެއް ނުވޭ

ސެކިއުރިޓީ އާއި ކާރުގެ ޚަރަދެއް މަޖިިލީސް ނައިބުރައީސް ބޭނުންފުޅެއް ނުވޭ

1 ދުވަސް ކުރިން - 22:09

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް، 12 މީހުން މަރުވެއްޖެ

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް، 12 މީހުން މަރުވެއްޖެ

2 ދުވަސް ކުރިން - 11:06

އީރާނަށް ޙަމަލާދޭން އިޒުރޭލުން ޖެހިލުން ވެއްޖެ

އީރާނަށް ޙަމަލާދޭން އިޒުރޭލުން ޖެހިލުން ވެއްޖެ

3 ދުވަސް ކުރިން - 02:57

ހަނގުރާމަ ހުއްޓުމުގެ ދެވަނަ މަރުޙަލާ ފެށުމަށް ޙަމާސް އިން މިޞްރަށް ވަޑައިގެންފި

ހަނގުރާމަ ހުއްޓުމުގެ ދެވަނަ މަރުޙަލާ ފެށުމަށް ޙަމާސް އިން މިޞްރަށް ވަޑައިގެންފި

4 ދުވަސް ކުރިން - 16:01

ހަމާސް އަށް ބޭރުގެ ފަންޑު ހޯދައިދޭ އިސް ވެރިޔާ ޝަހީދުކޮށްލައިފި

ހަމާސް އަށް ބޭރުގެ ފަންޑު ހޯދައިދޭ އިސް ވެރިޔާ ޝަހީދުކޮށްލައިފި

12 ދުވަސް ކުރިން - 13:24

ހަމާސްގެ ލީޑަރު  އޭނާގެ އާއިލާއާއި އެކު ޝަހީދުކޮށްލައިފި

ހަމާސްގެ ލީޑަރާއި އޭނާގެ އާއިލާ ޝަހީދުކޮށްލައިފި

14 ދުވަސް ކުރިން - 00:41