ޙަމާސްގެ ބެލުމުގެ ދަށުގައި ދިރިތިބި އިސްރާއީލުގެ 20 އަސީރުން މިއަދު މިނިވަން ކުރާނެ. ނަންތައް ވެސް މިހާރު އިޢުލާން ކޮށްފި.
368 ދުވަސް ކުރިން - 09:55
ޔަހޫދީންގެ މަދަދާއި އެކު ޣައްޒާގައި ޙަރަކާތްތެރިވާ “ޕޮޕިއުލާ ފޯސް”ގެ ލީޑަރު ޔާސިރު އަބޫ ޝަބާބުގެ “ނައިބު” އަމީރު ފުސައިޞް (ދަ-ހަންޓާ) މަރާލައިފި.
368 ދުވަސް ކުރިން - 02:53
އިސްރާއީލުން ފައިސާ އާއި ހަތިޔާރު ދީގެން ޣައްޒާގައި މުސްލިމުން ޝަހީދުކުރަމުންދާ ޔާސިރު އަބޫ ޝަބާބާއި ގުޅުންހުރި ފަސްދޮޅަހަކަށް މީހުން ހަމާސްއިން ހައްޔަރުކޮށްފި.
368 ދުވަސް ކުރިން - 01:35
އެމެރިކާ އިސްވެ އޮވެ، ރަހީނުން ދޫކޮށްލައި ނިމުމާއެކު ދެން ފެށޭ މަރުހަލާ އަކީ ހަމާސްގެ ސިފައިން ނައްތާލައި ޓަނަލްތައްވެސް ފުނޑައިލުން ކަމަށް އިސްރާއީލުގެ ޑިފެންސް މިނިސްޓްރީން ބުނެފި.
369 ދުވަސް ކުރިން - 16:04
ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ ޕްލޭނުގެ ފުރަތަމަ މަރުޙަލާއަށް ދެފަރާތުން އެއްބަސްވެ، މި ހަފްތާ ބަންދުގައި ރަހީނުންނާއި ގައިދީން ބަދަލުކުރުމަށް އެއްބަސްވެއްޖެ. ހަނގުރާމަ މުޅީން ހުއްޓައިލާނެ ތާރީޚެއް ކަނޑައެއްނާޅާ.
372 ދުވަސް ކުރިން - 14:01
ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ ގޮތުން ޓްރަމްޕްގެ ޕްލާން ކުރިޔަށް ގެންދިޔުމަށް ޤާހިރާގައި މިހާރު ފަށާފައިވާ މަޝްވަރާގައި ހަމާސް ތަމްސީލު ކުރައްވަނީ އިސް ލީޑަރު ޚަލީލް އަލް-ހައްޔާ.
375 ދުވަސް ކުރިން - 11:30
ޓްރަމްޕްގެ ޕްލޭނަށް ޙަމާސް އިން އެއްބަސްވުމާއި އެކު ހަނގުރާމަ ނިމޭނެތީވެ މިޞްރާއި ޤަޠަރުން މަރްޙަބާކިޔަމުން ބުނީ މަޝްވަރާތައް ކޮށްގެން ކަންކަން ހައްލުވާނެ ކަމަށް.
377 ދުވަސް ކުރިން - 17:21
ފަލަސްޠީނުގެ ބިން ޔަހޫދީންނަށް ހޯދައިދިނުމަށް 1917 ވަނަ އަހަރު އިނގިރޭސީން ވަޢުދުވެފައިވޭ. ދެން ޣައްޒާގެ ވެރިކަންހިންގާ ބޯޑުގެ ޗެއާމަނަކަށް އިނގިރޭސިވިލާތުގެ ބްލެއާ އައްޔަންކޮށްފާނެ.
377 ދުވަސް ކުރިން - 16:26
ޙަމާސްއިން ހަތިޔާރުތައް ނައްތާލައި، ރަހީނުކޮށްފައިވާ ހުރިހާ މީހުން ސަލާމަތްކޮށް، އިސްރާއީލުން ޣައްޒާ ދޫކޮށްފައި ދާނެ ގޮތަކާއި އަދި އެކަމުގެ ޔަޤީންކަމެއް ވެސް އަދި ރޯޑްމެޕެއް ވެސް ޓްރަމްޕް
377 ދުވަސް ކުރިން - 11:26
ޣައްޒާގެ ދިފާޢުގައި އިޓަލީ ރައްޔިތުން މުޒާހަރާ އަށް ނުކުތުމުން އެ ޤައުމުގެ އެއްގަމާއި ވައިގެ ދަތުރުފަތުރަށް ބުރޫ އަރައި މަދަނީ ޚިދުމަތްތައްވެސް ހުއްޓިއްޖެ.
377 ދުވަސް ކުރިން - 10:32
ޓްރަމްޕް ހުށަހެޅި ޕްލޭނަށް އެއްބަސްވުމުގެ ގޮތުން އިސްރާއީލުގެ އަސީރުން މިނިވަންކުރަން ޙަމާސް އިން އެއްބަސްވެއްޖެ. ހުރިހާ ހަތިޔާރެއް ދޫކޮށްލަން އަދި ދެކޮޅު. ވެރިކަމުގެ ބާރުތައް ބަހައިލަންވެސް އެއްބަސް.
377 ދުވަސް ކުރިން - 02:09
އަމިއްލަ ޚަރަދުގައި ޑީޕޯޓްވާން ދެކޮޅުހަދާނަމަ ތަޙްޤީޤް ނިމި ކޯޓު މަރުޙަލާ ނިމެންދެން ފްލޮޓިއްލާގެ ބައިވެރިން ދިގުމުއްދަތަކަށް އިސްރާއީލުގެ ޖަލުގައި ތިބެން ޖެހިދާނެ ކަމަށް ޔަހޫދީ ސަރުކާރުން ބުނެފި.
378 ދުވަސް ކުރިން - 14:22