މުރުތައްދު ޔާސިރު އަބޫ ޝަބާބުގެ “ނައިބު” އަމީރު ފުސައިޞް މަރާލައިފި

ޢަބްދުﷲ ޖުނައިދު | 5 ދުވަސް ކުރިން - 12 އޮކްޓޯބަރު 2025 02:53
ކުއްލި ޚަބަރު: މުރުތައްދު ޔާސިރު އަބޫ ޝަބާބުގެ “ނައިބު” އަމީރު ފުސައިޞް މަރާލައިފި
ކުއްލި ޚަބަރު: މުރުތައްދު ޔާސިރު އަބޫ ޝަބާބުގެ “ނައިބު” އަމީރު ފުސައިޞް މަރާލައިފި
ޚުލާސާ

ޔަހޫދީންގެ މަދަދާއި އެކު ޣައްޒާގައި ޙަރަކާތްތެރިވާ “ޕޮޕިއުލާ ފޯސް”ގެ ލީޑަރު ޔާސިރު އަބޫ ޝަބާބުގެ “ނައިބު” އަމީރު ފުސައިޞް (ދަ-ހަންޓާ) މަރާލައިފި.



މުރުތައްދު ޔާސިރު އަބޫ ޝަބާބު އަދި އޭނާގެ “ނައިބު” އަމީރު ފުސައިޞް (ދަ-ހަންޓާ): މިރޭ ދިން ޙަމަލާތަކެއްގައި ފުސައިޞް މަރުވެއްޖެ.

ޔަހޫދީންގެ ތައްޕާހުގައި ޣައްޒާގައި ޙަރަކާތްތެރިވާ “ޕޮޕިއުލާ ފޯސް”ގެ ލީޑަރު ޔާސިރު އަބޫ ޝަބާބުގެ “ނައިބު” އަދި މިލިޝިއާތައް އޮޕަރޭޓް ކުރުމުގައި އުޅޭ އަމީރު ފުސައިޞް (ދަ-ހަންޓާ) މަރާލައިފިއެވެ. އޭނާ މަރައިލީ ޙަމާސް އިން ކަމަށް ވެއެވެ.

"ދަ ހަންޓާ" ގެ ނަމުން މަޝްހޫރު އަމީރް ފުސައިޞް އަކީ ޣައްޒާގެ ދެކުނުގައި ޙަރަކާތްތެރިވާ ނުރައްކާތެރި މިލިޝިއާތައް ކޮންޓުރޯލްކުރާ މީހެކެވެ. މީނާގެ ޖަމާޢަތަކީ އެ ސަރަޙައްދުގައި ޙަމާސް އަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ.

ފްސައިޞް އަކީ ޔާސިރު އަބޫ ޝަބާބު ފަދައިން މުރުތައްދުވެފައިވާ މީހެއް ކަމަށް ޙަމާސް އިން ބުނެއެވެ. މީނާ އަކީ އިސްރާއީލުގެ ސިފައިންނާއި ގުޅިގެން މަސައްކަތް ކުރާ މީހެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%