Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ޓްރަމްޕްގެ ޕްލޭނަށް ޙަމާސް އެއްބަސްވުމުން ޤަޠަރާއި މިޞްރުން މަރްޙަބާ ކިޔައިފި

ޢަބްދުﷲ ޖުނައިދު
405 ދުވަސް ކުރިން - 4 އޮކްޓޫބަރު 2025 17:21
ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލި މާޔޫސްވެފައިވާ ޣައްޒާގެ ރައްޔިތަކު ވެހިކަލަކަށް ސާމާނު ބަރުކޮށްގެން: ޣައްޒާއިން ހިޖުރަކުރަން ބޭނުންވާ މީހުންނަށް ރައްކާތެރިކަން ދޭނެ ކަމަށް ޓްރަމްޕް ބުނެފައިވޭ.
ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލި މާޔޫސްވެފައިވާ ޣައްޒާގެ ރައްޔިތަކު ވެހިކަލަކަށް ސާމާނު ބަރުކޮށްގެން: ޣައްޒާއިން ހިޖުރަކުރަން ބޭނުންވާ މީހުންނަށް ރައްކާތެރިކަން ދޭނެ ކަމަށް ޓްރަމްޕް ބުނެފައިވޭ.
ޚުލާސާ

ޓްރަމްޕްގެ ޕްލޭނަށް ޙަމާސް އިން އެއްބަސްވުމާއި އެކު ހަނގުރާމަ ނިމޭނެތީވެ މިޞްރާއި ޤަޠަރުން މަރްޙަބާކިޔަމުން ބުނީ މަޝްވަރާތައް ކޮށްގެން ކަންކަން ހައްލުވާނެ ކަމަށް.

ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހަނގުރާމަ ހުއްޓާލުމުގެ ޕްލޭނަށް ޙަމާސް ދިނީ ހެޔޮ ޖަވާބުއް ކަމަށާއި އެ ކަމުގެ އަގު ވަޒަންކުރާ ކަމަށާއި، އެކަން ތަންފީޛު ކުރުމަށް ވަރަށް އަވަހަށް ތަފްޞީލީ މަޝްވަރާތައް ފެށޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ބުނެ ޤަޠަރާއި މިޞްރުން ޙަމާސް އަށް މަރުޙަބާ ކިޔައިފިއެވެ.

ޤަޠަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މަޖީދު އަލް އަންޞާރީ ނެރުނު ބަޔާނެއްގައި ވިދާޅުވީ ޤަޠަރުން ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުމާއި “ޕްލޭންގައި ބަޔާންކޮށްފައިވާ އޮނިގަނޑުގެ ތެރެއިން ހުރިހާ ރަހީނުން ދޫކޮށްލަން ތައްޔާރަށް އޮތްކަން ޙަމާސްއިން އިޢުލާން ކުރުމުން” މަރްޙަބާ ކިޔާ ކަމަށެވެ.

Advertisement

Advertisement 1

އަންޞާރީ ވިދާޅުވީ ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ ޔަހޫދީން ރައްކާތެރިކަމާއެކު އަވަހަށް ދޫކޮށްލުމަށާއި ޣައްޒާގައި ފަލަސްޠީނުގެ އަޚުންގެ ލޭއޮހޮރުވުން ހުއްޓުވުމަށްޓަކައި ވަގުތުންވަގުތަށް ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ކަމަށާއި، ޓްރަމްޕްގެ ހުށަހެޅުންތަކަށް ތާޢީދުކުރާ ކަމަށެވެ.

ޙަމާސްގެ ޖަވާބަށް މަރްޙަބާ ކިޔައި މިޞްރުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޙަމާސްގެ ޖަވާބަކީ ފަލަސްޠީނުގެ މައުޞޫމް ރައްޔިތުންގެ ލޭ ސަލާމަތްވާނެ ކަމެއް ކަމަށާއި، އަދި މެދުއިރުމަތީގެ “އަނދިރި ދުވަސްވަރެއް ނިންމާލުމަށް ޝައުގުވެރިކަން އޮތްކަން ދައްކުވައިދޭ ޖަވާބެއް” ކަމަށެވެ.

މިޞްރުގެ މަސްދަރަކާއި ޙަވާލާދީ އެ ޤައުމުގެ ޤައުމީ ޓީވީން ބުނީ “ގައިދީންނާއި އަސީރުން ބަދަލުކުރުމުގެ މަޝްވަރާ ކުރުމުގެ ތައްޔާރީތައް މިހާރު ދަނީ ކުރަމުންނެވެ. އަދި ޣައްޒާގެ މުސްތަޤްބަލާއި ބެހޭ ގޮތުން ފަލަސްޡީނުގެ ހުރިހާ އެންމެން ހިމެނޭ މަޝްވަރާއެއް އިންތިޒާމް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް މިޞްރުގެ ޓީވީން ބުންޏެވެ.

ޓެލް އަވީވް އިން ލަފާކުރާ ގޮތުގައި ޣައްޒާގައި އިސްރާއީލުގެ 48 އަސީރުން ތިބިއިރު، އޭގެ ތެރޭގައި 20 މީހުން ސުނިޔޭގައި އެބަތިއްބެވެ. އިސްރާއީލުގެ ޖަލުތަކުގައި ފަލަސްޠީނުގެ 11،100 އެއްހާ އަސީރުން ތިބިއިރު، އޭގެ ތެރެއިން ގިނަ މީހުންނަށް ވަނީ ޞިއްޙީ މައްސަލަތަކާއި ކުރިމަތިލާން ޖެހިފައެވެ.

ވައިޓް ހައުސްގައި ޓްރަމްޕާއި އެކު ބޭއްވި ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ އެ ޓްރަމްޕްމހުށަހެޅި ޕްލޭނަކީ "އިސްރާއީލުގެ ހަނގުރާމައިގެ މަޤްޞަދުތައް ޙާޞިލްކުރާ" ޕްލޭނެއް ކަމަށެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގައި ފަލަސްޠީނުން ޝަހީދުވި އަސްލު ޢަދަދެއް ނުވެސް އެނގެއެވެ. ހުޅަނގުން ބުނަނީ ޣައްޒާއިން ފުރާނަ ގެއްލުނީ 66،300 އާ ގާތްކުރާ އަދަދެކެވެ. ނަމަވެސް ޙަމާސް އިން ބުނަނީ 100،000 އަށްވުރެ މައްޗަށް އެ ޢަދަދު އަރާފައިވާ ކަމަށެވެ. ޝަހީދުވި މީހުން ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި ކުޑަކުދިންނެވެ.

ޑޮނަލްޑް ޓްރަމްޕުޙަމާސްގަތަރުމިޞްރު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

އިޒްރޭލް މީހުންގެ މެދުގައި އެންމެ މަގުބޫލުކަން ބޮޑީ އަހަރެން: ޓްރަމްޕު

އިޒްރޭލް މީހުންގެ މެދުގައި އެންމެ މަގުބޫލުކަން ބޮޑީ އަހަރެން: ޓްރަމްޕު

16 ގަޑިއިރު ކުރިން - 16:29

އެމެރިކާގެ އޮފިޝަލަކަށް ހަމަލާ ދީފިނަމަ އީރާން ފުނޑާލާނެ ކަމުގެ އިންޒާރު

އެމެރިކާގެ އޮފިޝަލަކަށް ހަމަލާ ދީފިނަމަ އީރާން ފުނޑާލާނެ ކަމުގެ އިންޒާރު

16 ގަޑިއިރު ކުރިން - 16:12

އީރާނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތާ މެދު ޓްރަމްޕާއި ނަތަންޔާހޫ ހޫނު ޒުވާބެއް!

އީރާނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތާ މެދު ޓްރަމްޕާއި ނަތަންޔާހޫ ހޫނު ޒުވާބެއް!

1 ދުވަސް ކުރިން - 20:24

ހަނގުރާމަ "ނިމިއްޖެ" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ހަނގުރާމަ "ނިމިއްޖެ" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

3 ދުވަސް ކުރިން - 14:18

ޣައްޒާގައި ފޭލިގެތަކެއްގެ މައްޗަށް ވެލިގަނޑު ކަނޑައިގެން ގޮސް 5 މީހުން މަރު

ޣައްޒާގައި ފޭލިގެތަކެއްގެ މައްޗަށް ވެލިގަނޑު ކަނޑައިގެން ގޮސް 5 މީހުން މަރު

5 ދުވަސް ކުރިން - 05:31

އީރާނާއި އެމެރިކާ އެއްބަޔަކުއަނެއްބަޔަކަށް ދޫދީގެން އެއްބަސްވުމަކަށް އައުމަށް ޤަޠަރުން ގޮވާލައިފި

އީރާނާއި އެމެރިކާ އެއްބަޔަކުއަނެއްބަޔަކަށް ދޫދީގެން އެއްބަސްވުމަކަށް އައުމަށް ޤަޠަރުން ގޮވާލައިފި

6 ދުވަސް ކުރިން - 12:55