ޣައްޒާ ޞުލްޙައިގެ ޕްލޭނަކީ މަކަރެއް! އިތުބާރެއް ނުކުރާނަން: އީރާން

ޢަބްދުﷲ ޖުނައިދު | 5 ދުވަސް ކުރިން - 13 އޮކްޓޯބަރު 2025 13:50
އީރާނުގެ ސުޕްރީމް ލީޑަރު ޚާމަނާއީ: ޚާމަނާއީގެ ފޮރިން މިނިސްޓްރީން ބުނީ އިސްރާއީލަށް އިތުބާރު ނުކުރާނެ ކަމަށާއި “ޣައްޒާ ޕީސް އެގްރީމެންޓް”މޮނިޓަރ ކުރަން ބޭނުންވެސް ނޫން ކަމަށް.
އީރާނުގެ ސުޕްރީމް ލީޑަރު ޚާމަނާއީ: ޚާމަނާއީގެ ފޮރިން މިނިސްޓްރީން ބުނީ އިސްރާއީލަށް އިތުބާރު ނުކުރާނެ ކަމަށާއި “ޣައްޒާ ޕީސް އެގްރީމެންޓް”މޮނިޓަރ ކުރަން ބޭނުންވެސް ނޫން ކަމަށް.
ޚުލާސާ

އިސްރާއީލާއި ޙަމާސް ޞުލްޙަކުރުމުގެ މަސައްކަތުގައި އީރާނުން ބައިވެރި ނުވާނެ ކަމަށާއި އިސްރާއީލަށް އެއްވެސް ވަރަކަށް އިތުބާރު ކުރާކަށް ހެޔޮނުވާނެ ކަމަށް އީރާނުން ބުނެފި.

އިސްރާއީލާއި ޙަމާސް އާއި ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ބައިވެރި ނުވާނެ ކަމަށާއި އަދި އެ ކަންކަން މޮނިޓަރ ވެސް ނުކުރާނެ ކަމަށް އީރާނުން ރަސްމީކޮށް އިޢުލާންކޮށްފި އެވެ. އީރާނުގެ އޮފިޝަލުން ހާމަކުރެއްވި ގޮތުގައި އިސްރާއީލަކީ ހަނގުރާމަ ހުއްޓާލުމުގެ ޝަރުތުތަކާއި ޚިލާފުވުމުގެ ދިގު ރެކޯޑެއް އޮތް ޝައިޠާނުންތަކެއް އުޅޭ ޤައުމެކެވެ. ވީމާ އެފަދަ ނުބައި ބަޔަކާއި އެކު އެމީހުންގެ އިންތިޒާމެއްގައި އެއްވެސް ދައުރެއް އަދާކުރުމަކީ "މާނައެއް ނެތް އަދި އިތުބާރު ނުކުރެވޭ" ކަމެއް ކަމަށް ވެސް އީރާނުން ބުންޏެވެ.

އީރާނުން ބުނީ އެމެރިކާ އާއި ގުޅިގެން އަބްރަހަމް އެގްރީމެންޓުގެ ނަމުގައި އިސްރާއީލާއި ޢަރަބިން ހަދާފައިވާ ވިޔަފާރިއާއި ސިޔާސީ އެއްބަސްވުމަކީ ވެސް ވަރަށް ބޮޑު ޚިޔާނާތެއް ކަމަށާއި، އިސްރާއީލާއި އެކު އެފަދަ އެއްބަސްވުމަކުން ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހްރެއިން، މޮރޮކޯ، އަދި ސޫދާން ފަދަ ޢަރަބި ޤައުމުތައް ޑީލް ހަދަމުން ގެންދިޔުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ.

2020 ވަނަ އަހަރު ސޮއިކުރި މި އެއްބަސްވުންތަކުގެ ސަބަބުން މިޤައުމުތަކާއި އިސްރާއީލަކީ ގުޅިގެން މަސައްކަތްކުރާ ޤައުމުތަކެވެ. އޭގެތެރޭގައި މިއިން ޤައުމެއްގެ ސަރަޙައްދަކުން އިސްރާއީލަށް އަންނަ ނުރައްކަލަކުން އިސްރާއީލް ސަލާމަތްކުރުމަކީ އެ ޤައުމުތަކުގެ ވާޖިބެކެވެ. މީގެ އިތުރުން މިއެއްބަސްވުމުގެ ތެރެއިން ވިޔަފާރިއާއި އެނޫންވެސް ކަންކަމުގައި އިސްރާއީލާއި އެކު މި ޤައުމުތައް ބައިވެރިވެއެވެ. މިކަމާއި ގުޅިގެން އީރާނުން ބުނަނީ އަބްރަހަމް އެއްބަސްވުމަކީ ފަލަސްޠީނަށް ޚިޔާނާތްތެރިވުން ކަމަށާއި، އެ ސަރަޙައްދުގައި އިސްރާއީލުގެ ނުފޫޒު ވަރުގަދަ ކުރާ ފިޔަވަޅެއް ކަމަށެވެ.

ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ނާސިރު ކަނާނީ ވިދާޅުވީ އިސްރާއީލުން މީގެ ކުރިން ވެސް އެތައް ފަހަރަކު ހަނގުރާމައިގެ އެއްބަސްވުންތަކާއި ޚިލާފުވެފައިވާ ކަމަށެވެ. އެހެންކަމުން ޞުލްޙަވެރިވުމަށޭ ކިޔައި އިސްރާއީލުން ވަޢުދުވާ އެއްވެސް ކަމަކަށް ތެހެރާނުން އިތުބާރު ނުކުރާ ކަމަށް ވިދާޅުވިއެވެ.

ހުޅަނގުގެ ބާރުތަކުން ވެސް ގެންގުޅެނީ "ދެފުށްދެގޮތް ސިޔާސަތު" ކަމަށް ވިދާޅުވެ އީރާނުގެ ތަރުޖަމާނު ވިދާޅުވީ، އިސްރާއީލުން ތެދުވެރި ނިޔަތެއްގައި ކަމެއް ކޮށްފާނެ ކަމަށް އުންމީދުކުރާނީ ވެސް މޮޔައިންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

6 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%