ޙަމާސް އިން މިނިވަންކުރި ރަހީނުން އިސްރާއީލަށް ގެންގޮސްފި

ޢަބްދުﷲ ޖުނައިދު | 5 ދުވަސް ކުރިން - 13 އޮކްޓޯބަރު 2025 11:36
ޙަމާސް އިން މިއަދު (13 އޮކްޓޯބަރު 2025) މިނިވަންކުރާ އަސީރުން ގެންދިޔުމަށް އިސްރާއީލް އެއާފޯސްގެ ހެލިކޮޕްޓަރުތައް އިންތިޒާރުގައި.
ޙަމާސް އިން މިއަދު (13 އޮކްޓޯބަރު 2025) މިނިވަންކުރާ އަސީރުން ގެންދިޔުމަށް އިސްރާއީލް އެއާފޯސްގެ ހެލިކޮޕްޓަރުތައް އިންތިޒާރުގައި.
ޚުލާސާ

ޚާން ޔޫނިސް އިން އިސްރާއީލުގެ ހެލިކޮޕްޓަރުތަކުގައި ފުރަތަމަ ގެންގޮސްފައިވަނީ 7 އަސީރުން. ބާކީ ތިބި އަސީރުން ވެސް މިހާރު މިނިވަންކޮށްފި



އަސީރުން ގޮވައިގެން އިސްރައީލުގެ ހެލިކޮޕްޓަރުތައް ނައްޓާލަނީ / ފޮޓޯ: ސޯބަލްމީޑިއާ

ޙަމާސް އިން މިއަދު ދޫކޮށްލާނެ ކަމަށް އިޢުލާންކުރި އަސީރުންގެތެރެއިން 7 އަސީރުން ޚާންޔޫނިސްއިން އިސްރާއީލަށް ގެންދިޔުމަށްފަހު ބާކީ ތިބި އަސީރުންވެސް ދޫކޮށްލައިފިއެވެ.

ހައްދުފަހަނައެޅި އިސްރާއީލު ރައްޔިތުންގެ ތެރެއިން ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި 20 އަސީރެއްގެ ނަން އިޢުލާން ކުރުމަށްފަހު އެމީހުން މިއަދު ދޫކޮށްލާނެ ކަމަށް ޙަމާސް އިން މީގެ ކުރިން ވަނީ ބުނެފައެވެ. އެއާއި އެކު ޙަމާސް އިން ވަނީ އެގޮތަށް ޢަމަލު ކޮށްފައެވެ.

މިއީ ރައީސް ޓްރަމްޕްގެ ހަނގުރާމަ ހުއްޓައިލުމުގެ ޕްލޭނުގެ ފުރަތަމަ މަރުޙަލާއެވެ.

ޢިއްޒުއްދީން އަލްޤައްސާމް ބްރިގޭޑްސް ބެލުމުގެ ދަށުގައި ދިރިތިބި 20 އަސީރުން ޙަމާސް އިން ދޫކޮށްލުމުން އެމީހުން އިސްރާއީލަށް ގެންގޮސްފައި ވަނީ އިސްރާއީލުގެ އަސްކަރީ ހެލިކޮޕްޓަރުތަކުގައެވެ.

ޙަމާސް އިން މިއަދު ދޫކޮށްލި 20 އަސީރުންގެ ނަންތައް:

1- ބާ އަވްރަހަމް ކުޕަރސްޓައިން

2- އޭވިއަޓަރ ޑޭވިޑް

3- ޔޫސުފް ހައިމް އޮހާނާ

4- ސެގޭވް ކަލްފޮން

5- އަވިނަޓަން އޯރ

6- އެލްކާނާ ބޮހްބޮޓް

7- މެކްސިމް ހަރކިން

8- ނިމްރޫދު ކޯހެން

9- މަޓަން ޒަންގައުކަރ

10- ޑޭވިޑް ކޮނިއޯ

11- އައިޓަން ހޯރން

12- މަޓަން އެންގްރިސްޓް

13- އެއިޓަން މޯރ

14- ގަލީ ބެރްމަން

15- ޒިވް ބާމަން

16- އޮމްރީ މިރާން

17- އަލޯން އޮހެލް

18- ގައި ގިލްބޯއާ-ޑައްލާލް

19- ރޮމް ބްރަސްލާވްސްކީ

20- އެރިއެލް ކޮނިއޯ

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%