އިސްރާއީލާއި ގުޅުންހުރި 60 ޚާއިނުން ހަމާސްއިން ހައްޔަރުކޮށްފި

ޢަބްދުﷲ ޖުނައިދު | 5 ދުވަސް ކުރިން - 12 އޮކްޓޯބަރު 2025 01:35
ކުއްލި ޚަބަރު: އިސްރާއީލާއި ގުޅުންހުރި 60 ޚާއިނުން ހަމާސްއިން ހައްޔަރުކޮށްފި
ކުއްލި ޚަބަރު: އިސްރާއީލާއި ގުޅުންހުރި 60 ޚާއިނުން ހަމާސްއިން ހައްޔަރުކޮށްފި
ޚުލާސާ

އިސްރާއީލުން ފައިސާ އާއި ހަތިޔާރު ދީގެން ޣައްޒާގައި މުސްލިމުން ޝަހީދުކުރަމުންދާ ޔާސިރު އަބޫ ޝަބާބާއި ގުޅުންހުރި ފަސްދޮޅަހަކަށް މީހުން ހަމާސްއިން ހައްޔަރުކޮށްފި.



ޔާސިރު އަބޫ ޝަބާބު: މީނާ އަކީ މުސްލިމެއްގެ ގޮތުގައި ހުރެ، އިސްރާއީލުން ފައިސާ އާއި ހަތިޔާރު ހޯދައިގެން ޣައްޒާގެ މުސްލިމުން ޝަހީދުކޮށްލުމުގައި ޙަރަކާތްތެރިވާ މުރުތައްދުވެފައިވާ ޚާއިނެއް، ޣައްދާރެއް.

ޣައްޒާގެ މުސްލިމުން ޝަހީދުކޮށް، މުދާތައް ފޭރިގަނެ، ޖަރީމާ ހިންގުމުގައި އިސްރާއީލުގެ ސިފައިންނާއި ގުޅިގެން ޣައްޒާގައި މަސައްކަތްކުރި ކަމަށް ތުހުމަތު ކުރެވޭ މިލިޝިއާއިންނާއި ދެކޮޅަށް ޙަމާސްގެ ސިފައިން ވަރަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައި އޭގެތެރެއިން 60 މީހުން ހައްޔަރުކޮށްފިއެވެ.

ޙަމާސް އާއި ގުޅުންހުރި ކަމަށް ބެލެވޭ ތުރްކިޔޭގެ ނުރަސްމީ މަސްދަރުތަކުން ބުނާ ގޮތުގައި މުރުތައްދުވެފައިވާ ޔާސިރު އަބޫ ޝަބާބު ހަތިޔާރާއި އެކު ފިލައިގެން ހުރި ކަމަށް ބެލެވޭ ޢިމާރާތް ވެސް މުޖާހިދުން ވަނީ ޙިޞާރުކޮށްފައެވެ، އަދި އޭނާގެ ގްރޫޕްގެ ފަސްދޮޅަހަކަށް މީހުން މިރޭ ހައްޔަރުކޮށްފި ކަމަށާއި، މުރުތައްދު ޔާސިރު އަބޫ ޝަބާބު ހައްޔަރުކުރިކަން އަދި ސީދާ ކަށަވަރެއް ނުވާ ކަމަށް އެ މަސްދަރުން ބުންޏެވެ.

ޙަމާސް އިން ވަނީ އިސްރާއީލުން ފައިސާ ހޯދައިގެން ޣައްޒާގެ މުސްލިމުންނާއި ދެކޮޅަށް ޙަމަލާދޭ މުރުތައްދުވެފައިވާ މިލިޝިއާތަކަށް ހަތިޔާރުތައް ބަހައްޓައި އަމާން ދިނުމަށް 24 ގަޑިއިރުގެ މުހުލަތެއް ދީފައެވެ. ނަމަވެސް މިލިޝިއާއިން ވަނީ ޙަމާސްގެ އޯޑަރަށް ދެކޮޅުހަދައި ކުރިމަތިލުމަކަށް ގޮސްފައެވެ.

ޔާސިރު އަބޫ ޝަބާބުގެ ގުރޫޕުން ވަނީ ޣައްޒާ އަށް އެނބުރި އަންނަ ގެދޮރު ގެއްލިފައިވާ ރައްޔިތުންނަށް ވެސް ޙަމަލާ ދެމުންނެވެ. ޙަމާސްގެ ސިފައިން މިވަގުތު ދަނީ ސީދާ ޔާސިރު އަބޫ ޝަބާބާއި ކުރިމަތިލުމަށް މަސައްކަތް ކުރަމުން ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

2 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%