ދުވަސްކޮޅަކަށް ޙަމާސް އަށް ހަތިޔާރު ގެންގުޅުމުގެ ހުއްދަ ދީފިން: ޓްރަމްޕް

ޢަބްދުﷲ ޖުނައިދު | 5 ދުވަސް ކުރިން - 13 އޮކްޓޯބަރު 2025 14:34
ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ޣައްޒާގެ ޙަމާސް ޖަމާޢަތަށް ދުވަސްކޮޅަކު ހަތިޔާރު ގެންގުޅުމަށް ހުއްދަ ދީފައިވާ ކަމަށް / ފޮޓޯ: އޭޕީ
ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ޣައްޒާގެ ޙަމާސް ޖަމާޢަތަށް ދުވަސްކޮޅަކު ހަތިޔާރު ގެންގުޅުމަށް ހުއްދަ ދީފައިވާ ކަމަށް / ފޮޓޯ: އޭޕީ
ޚުލާސާ

ޓްރަމްޕުގެ ޕްލޭނުގައި ޙަމާސްގެ ހަތިޔާރުތައް ނައްތައިލުމަށް ރާވާފައިވާއިރު، އަދި ދުވަސްކޮޅަކަށް ޙަމާސްއަށް ހަތިޔާރު ގެންގުޅުމުގެ ހުއްދަ ދީފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި.

ޣައްޒާގައި ޙަމާސް އިން އަލުން ހަތިޔާރު ގެންގުޅެ، އޮޕަރޭޝަންތައް ހިންގާކަން އެނގޭ ކަމަށާއި، އެ ޖަމާޢަތަށް އެކަން ކުރުމަށް އެމެރިކާގެ ވަގުތީ ހުއްދައެއް ދީފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

'ހަމާސް އިން "އަލުން ހަތިޔާރު އެއްކޮށް" ފަލަސްތީނުގައި ފުލުހުންގެ ބާރެއްގެ ގޮތުގައި ޤާއިމް ކުރަމުންދާ ކަމަށް މަޢުލޫމާތު ލިބޭ ކަމަށް ބުނެ ރިޕޯޓަރަކު ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، ހަނގުރާމައަށް ފަހު ހަމަޖެހުން ޤާއިމް ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ޙަމާސް އަށް ހަތިޔާރު ގެންގުޅުމުގެ ހުއްދަ އެމެރިކާއިން ދިނީ އެމީހުން އެކަމާ މެދު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަ ދައްކާފައި ވާތީވެ މަޝްވަރާގެތެރެއިން ދުވަސްކޮޅަކަށެވެ. ނަމަވެސް އެއީ ކިތައް މަސްދުވަހަށް ކަމެއް ޓްރަމްޕް ވިދާޅެއް ނުވެއެވެ.

“އެމީހުންނަށް ގެއްލިއްޖެ ކަމަށް ބެލެވޭ 60،000 މީހުން. އެއީ ވަރަށް ބޮޑު ބަދަލު ހިފުމެއް… އެހެންވީމާ އަލުން މީހުން އެނބުރި އަންނައިރުގައި ނުބައި ކަންތައްތަކެއް ދިމާވެދާނެ” ޓްރަމްޕާއި ޙަވާލާދީ މަސްދަރަކުން ބުންޏެވެ.

ޙަމާސް އިން ބުނާ ގޮތުގައި 'އިސްރާއީލުގެ' ޙަމަލާތަކުގައި ލައްކައެއްހާ މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި 20،000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.

ހަމާސްއިން ހަތިޔާރު ނައްތާލުމަށް ޓްރަމްޕުގެ ޕްލޭނުގައި ވެއެވެ. ނަމަބެސް ޙަމާސް އިން އަދިވެސް ދަނީ އެކަމާއި މެދުގައި މަޝްވަރާ ކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%