Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޣައްޒާގެ ވެރިކަން ހިންގާނީ އިނގިރޭސިވިލާތުގެ ޓޯނީ ބްލެއާގެ ބެލުމުގެ ދަށުން: ޓްރަމްޕް

ޣައްޒާގެ ވެރިކަން ހިންގާނީ އިނގިރޭސިވިލާތުގެ ޓޯނީ ބްލެއާގެ ބެލުމުގެ ދަށުން: ޓްރަމްޕް

ޢަބްދުﷲ ޖުނައިދު
294 ދުވަސް ކުރިން - 4 އޮކްޓޫބަރު 2025 16:26
ޣައްޒާގެ ވެރިކަން ހިންގާނެ ކަމަށް ބެލެވޭ “ހިޔަނި ރައީސް” ޓޯނީ ބްލެއާ އަކީ ޓްރަމްޕް ބުނާ ގޮތުގައި ސަރަޙައްދަށް ހަމަޖެހުން ގެނެސްދޭނެ މީހެއް.
ޣައްޒާގެ ވެރިކަން ހިންގާނެ ކަމަށް ބެލެވޭ “ހިޔަނި ރައީސް” ޓޯނީ ބްލެއާ އަކީ ޓްރަމްޕް ބުނާ ގޮތުގައި ސަރަޙައްދަށް ހަމަޖެހުން ގެނެސްދޭނެ މީހެއް.
ޚުލާސާ

ފަލަސްޠީނުގެ ބިން ޔަހޫދީންނަށް ހޯދައިދިނުމަށް 1917 ވަނަ އަހަރު އިނގިރޭސީން ވަޢުދުވެފައިވޭ. ދެން ޣައްޒާގެ ވެރިކަންހިންގާ ބޯޑުގެ ޗެއާމަނަކަށް އިނގިރޭސިވިލާތުގެ ބްލެއާ އައްޔަންކޮށްފާނެ.

ޙަމާސްގެ އަތުން ޣައްޒާގެ ވެރިކަން ހިންގުމުގެ ބާރުތައް ނިގުޅައިގަނެ، އިންތިޤާލީ މަރުޙަލާގައި ޣައްޒާގައި ވެރިކަން ކުރާނީ އިނގިރޭސިވިލާތުގެ ނުފޫޒާއި އެކުގައި ކަމަށް ރިޕޯޓުތައް ބުނެފިއެވެ. އެހެންކަމުން، ޞުލްޙައިގެ ޕްލޭނޭ ކިޔައި މުޅިން ތަފާތު ވެރިކަމެއް ފަލަސްޠީނުގެ ބިމުގައި ހިންގުމަށް ޓްރަމްޕް ނިންމާފައިވާއިރު، މިކަމުގެ އަޑީގައި އޮތީ އިނގިރޭސިވިލާތް ކަމުގައި ބެލެވޭނެ ހެކި އެބަހުއްޓެވެ. ޓްރަމްޕް ނިންމާފައި ވަނީ ޣައްޒާގެ ވެރިކަން ބައިނަލްއަޤްވާމީ ބޯޑެއްގެ ދަށުން ހިންގުމަށެވެ. އެ ބޯޑުގައި އިސްކޮށް ހުންނަވާނީ އިނގިރޭސީވިލާތުގެ ކުރީގެ ބޮޑުވަޒީރުކަން ކޮށްފައިވާ ޓޯނީ ބްލޭއާ އެވެ. މި ބޯޑަކީ “ބޯޑް އޮފް ޕީސް” ނުވަތަ ޣައްޒާ އިންޓަނޭޝަނަލް ޓްރާންސިޝަނަލް އޮތޯރިޓީ (ޖީއައިޓީއޭ) ގެ ނަމުން ހުޅަނގުން ނަންދެވިފައިވާ ބޯޑެކެވެ. 

ޓްރަމްޕް ވަނީ ޓޯނީ ބްލެއާ އަކީ ވަރަށް ބަރާބަރު މީހެއް ކަމަށް ޢަރަބީންގެ ގާތު ބުނެފަ.

Advertisement

Advertisement 1

މި ދެންނެވި ބޯޑުގައި 7 އާއި 10 އާއި ދެމެދުގެ ޢަދަދަކަށް މީހުން ތިބޭނެ ކަމަށް ލަފާކުރާއިރު، ޣައްޒާ އާއި ބެހޭ ނިންމުންތައް ނިންމުމުގެ މައިގަނޑު ބާރު ލިބިގެންދާނީ މި ބޯޑަށެވެ، އިނގިރޭސީވިލާތާއި އެމެރިކާ އަދި އިސްރާއީލާއި ބައެއް ޢަރަބި “ގޮނޑިކޮއްކޮ” ޤައުމުތަކުގެވެސް ތާޢީދާއި އެކު ފަލަސްޠީނުގެ އިސްރާއީލަށް އިތުބާރުކުރެވޭ މަދު ޢަދަދެއްގެ ބަޔަކު ގުޅިގެން ކޮންމެ ދުވަހަކުވެސް ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ބެލެހެއްޓޭނީ އެ ބޯޑުގެ ބެލުމުގެ ދަށުން ފަލަސްޠީނުގެ ކުޑަ އެގްޒެކެޓިވް ބޮޑީއަކުންނެވެ. މާނައަކީ ޚާރިޖީ ގުޅުންތައް ވެސް އޮންނާނީ މި ބޯޑުގެ ބާރުގެ ދަށުގައެވެ. އެހެންކަމުން މިއީ ފަލަސްޠީނުގެ އިސްތިޤުލާލު ގެއްލިގެން ހިނގައިދާނެ ކަމެކެވެ.

ޓޯނީ ބްލެއަރަކީ ވަރަށް ނުބައި “ޝައިޠާނީ ވިސްނުން” ގެންގުޅޭ މީހެކެވެ. ޣިރާޤު ސުންނާފަތިކޮށްލުމުގެ އެއް މޭސްތިރިއާއެވެ. އެހެންކަމުން މިދެންނެވި ބޯޑުގެ ޗެއާމަންގެ ގޮތުގައި ބްލޭއާ ހުރެއްޖެނަމަ، އިސްރާއީލާއި މިޞްރާއި އަދި ޣައްޒާ އާއި އެނޫންވެސް ފަލަސްޠީނާއި ގުޅިފައިވާ ދެން ހުރި ބިންތަކާއި ގުޅޭ ކަންކަމުގައި ސެންޓްރަލް ކޯޑިނޭޓަރުގެ މަގާމު އަދާކުރާނީ އޭނާއެވެ. މިއީ ކުރިމަގުގައި އިސްރާއީލަށް މުޅި ޝާމްކަރަ ނަގައިދިނުމަށް ކުރަން އުޅޭ މަސައްކަތުގެ ބައެކެވެ. އެހެނީ 1917 ވަނަ އަހަރު ބަލްފޯރ ޑިކްލެރޭޝަން މެދުވެރިކޮށް ޔަހޫދީންނަށް ފަލަސްޠީނުގެ ބިން ހޯދައިދޭނެ ކަމަށް އިނގިރޭސިވިލާތުން ވަނީ ވަޢުދުވެފައެވެ.

ޙަމާސްއެމެރިކާއިނގިރޭސިވިލާތްމެދުއިރުމަތި
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

12 ގަޑިއިރު ކުރިން - 20:07

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

11 ދުވަސް ކުރިން - 17:03

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

12 ދުވަސް ކުރިން - 01:08

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

14 ދުވަސް ކުރިން - 11:26

ވޯލްޑް ކަޕް ފައިނަލްގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި، އެންމެ އަގުބޮޑު ޓިކެޓު 34,500 ޑޮލަރަށް!

ފައިނަލް މެޗުގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި

15 ދުވަސް ކުރިން - 01:27

އެމެރިކާގެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފި

އީރާނުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފި

16 ދުވަސް ކުރިން - 06:41