ޙަމާސް އަށް މިހާރު އޮތީ ބަރާބަރު ތިންދުވަސް ކަމަށާއި، ހަތިޔާރު ދޫކޮށްލައި ޣައްޒާގެ ބިން ޙަވާލުނުކޮށްފިނަމަ، ނިމުން ވަރަށް ހިތިވާނެ ކަމަށް ބުނެ އެމެރިކާގެ ރައީސް އިންޒާރުދީފި.
380 ދުވަސް ކުރިން - 12:54
ޓްރަމްޕު ބުނީ ޙަމާސްގެ ދައުލަތެއް ޤާއިމް ކުރުމަކީ އެއްވެސް ބަޔަކު ރުހޭ ކަމެއް ނޫން ކަމަށާއި، ޙަމާސްއިން އޭނާގެ ހުށަހެޅުންތަކަށް އިންކާރުކުރާނަމަ އިސްރާއީލުގެ ޢުދުވާނަށް އެމެރިކާ ތާޢީދުކުރާނެކަމަށް.
381 ދުވަސް ކުރިން - 11:58
މެދުއިރުމަތީގައި ޞުލްޙަ ޤާއިމްކުރުމަށް، އިސްރާއީލަށް މޮޅު ލިބޭހެން ޓްރަމްޕް ހުށަހެޅި 20 ނުކުތާގެ ޕްލޭނަށް ނަތަންޔާހޫ އެއްބަސްވެއްޖެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ.
381 ދުވަސް ކުރިން - 03:51
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް މިހާތަނަށް އެއްވެސް އައު ހުށަހެޅުމެއް ލިބިފައިނުވާ ކަމަށް ޙަމާސްއިން ވަނީ ކަށަވަރު ކޮށްފަ. ޔަހޫދީންގެ ޢަމަލުތަކާއި ހެދި މަޝްވަރާތައް ވަނީ ސަސްޕެންޑްކޮށްފަ.
383 ދުވަސް ކުރިން - 15:52
އިސްރާއީލުގެ އަސްކަރިއްޔާއިން އިއްޔެ އާއި ރޭ ދިން ހަމަލާތަކުގައި ފަލަސްތީނުގެ 60 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފިއެވެ.
384 ދުވަސް ކުރިން - 09:28
އިންތިޚާބު ކާމިޔާބުކުރީ ޙަމާސް. ނަމަވެސް އެއީ އިސްރާއީލަށް އޮތް ނުރައްކަލެއް ކަމަށް ވާތީ، ގިނަ ޤައުމުތަކުން ބޭނުންވަނީ އިސްރާއީލުގައި ޙަމާސް ނުހިމެނޭ ދައުލަތެއް ޤާއިމް ކުރުމަށް.
386 ދުވަސް ކުރިން - 12:12
ހަމާސްއިން ދޭ މެސެޖަކީ 1986 ގައި ލުބުނާނުން ގެއްލުވައިލި އިސްރާއީލުގެ ވައިގެ ސިފައިންގެ ކެޕްޓަން ރޮން އަރާދަށް ހެދިހެން 48 އަސީރުންނާއި ދޭތެރޭ ކަންތައް ކޮށްލާނެ ކަމަށް.
390 ދުވަސް ކުރިން - 10:41
މިދިޔަ 48ގަޑިއިރުތެރޭ ޣައްޒާގެ 202 މީހުން ޝަހީދުކޮށްލި ނަތަންޔާހޫ ވަނީ ހަމާސް ރޫޅާލައި މުޅި ޣައްޒާ އިސްރާއީލުގެ ކޮންޓްރޯލްގެ ދަށަށް ގެންނާނެ ކަމަށް މިއަދުވެސް ތަކުރާރުކޮށް ބުނެފަ
400 ދުވަސް ކުރިން - 17:52
އިސްރާއީލުގެ މޮސާޑާއި ޝިން ބެޓްގެ ޖާސޫސުން މަސައްކަތްކުރީ ޤަޠަރުގެ ދޯހާއިން ޙަމާސްގެ އެންމެ އިސް ލީޑަރުން ޝަހީދުކޮށްލަން. ނަމަވެސް އެމީހުންނަށް ޙަމާސްގެ ލީޑަރުން ތިބި ތަނެއް ނޭނގުނު.
401 ދުވަސް ކުރިން - 16:21
އެމެރިކާއިން ޤަޠަރުގެ ސެކިއުރިޓީ ބަލަހައްޓާއިރު އިޒުރޭލުގެ ޙަމަލާގެ މަޢުލޫމާތު އެމެރިކާއިން ޤަޠަރުގެ ސަރުކާރާއި ޙިއްސާކުރީ ޙަމަލާދިންތާ 10 މިނެޓް ފަހުން. އޭރު ޙަމާސްގެ ވަފުދު ޝަހީދުވެއްޖެ.
401 ދުވަސް ކުރިން - 10:22
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށަހެޅި ކަންކަމާއި މެދު ޙަމާސްއިން ޤަޠަރުގެ ދޯހާގައި މަޝްވަރާތައް ކުރަނިކޮށް އިޒްރޭލުން ޙަމަލާދީފި. މީހަކު ޝަހީދުވި ކަމެއް އަދި ޔަޤީނެއް ނުވޭ.
402 ދުވަސް ކުރިން - 18:54
އިސްރާއީލުން ބުނަނީ ޙަމާސްގެ ވަސް ފޮހެލާނެ ކަމަށް.
405 ދުވަސް ކުރިން - 22:14