ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ދިން ވައިގެ ޙަމަލާތަކުގައި ޣައްޒާއިން މަދުވެގެން 202 މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ. މިހާރަކަށް އައިސް އިސްރާއީލުން ޙަމަލާތައް އަމާޒުކުރަނީ މީހުން ދިރިއުޅޭ އުސް ޢިމާރާތްތަކާއި ގެދޮރު ގެއްލިފައިވާ މީހުން ހިޔާވަހިކަން ހޯދަމުންދާ ތަންތަނަށެވެ.
އިސްރާއީލުގެ ޙަމަލާތަކުގައި ޣައްޒާގެ ޢިމާރާތްތައް ފުނޑުފުނޑުވެފައިވާއިރު ޝަހީދުވެފައިވާ މީހުންނާއި ޒަޚަމް ވެފައި ތިބި މީހުން ހޯދުމަށް ޙަރަކާތްތެރިވަނީ / ފޮޓޯ: އޭޕީ
ހުޅަނގު ޣައްޒާގައި ހުންނަ 12 ބުރީގެ މީހުން ދިރިއުޅޭ ޢިމާރާތެއް ކަމަށްވާ މުޝްތަހާ ޓަވަރާއި ހަމަ އެ ޑިސްޓްރިކްޓްގައި ހުންނަ ހަރމޮނީ ޓަވަރުގެ އިތުރުން އަލްރޯޔާ އާއި ސޫސީ ޓަވަރު ވެސް އިސްރާއީލުން ވަނީ ބިމާއި ހަމަކޮށްފައެވެ.
ޙަމާސް އިން ބުނާގޮތުން ޣައްޒާގައި ހަނގުރާމަ ފެށުނު ފަހުން ޝަހީދުވި މީހުންގެ ޖުމްލަ ޢަދަދު 1 ލައްކަ އަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަމާސް ރޫޅާލައި މުޅި ޣައްޒާ އިސްރާއީލުގެ ކޮންޓްރޯލްގެ ދަށަށް ގެންނާނެ ކަމަށް މިއަދުވެސް ތަކުރާރުކޮށް ބުނެފައެވެ.